Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫރޯ 2024

އިޓަލީ: ގްރީސް އަށް ފަހު، ޔޫރޯގެ އެންމެ ބަލި ކަށި ދިފާއީ ޗެމްޕިއަނުން!

ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި މުބާރާތުގެ ފުރަތަމަ ބުރުން އިޓަލީ ކެޓުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2024 | ހޮނިހިރު 14:06
2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި އިޓަލީ

2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި އިޓަލީ

ޖަރުމަނުގައި މިހާރު ފެށިގެން ކުރިއަށްދާ، ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވާދަވެރި އިންގްލެންޑް، ފްރާންސް، ޖަރުމަނު، ކްރޮއޭޝިއާ، ސްޕެއިން އަދި ޕޯޗުގަލާ އެއް ފެންވަރެއްގައި މިހާތަނަށް އަދި އިޓަލީ ނެތްކަން، އެ ޓީމުގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ އަށް އެނގެ އެވެ. އެހެން ނަމަވެސް، އިޓަލީ އަށް މުބާރާތުގައި ރަނގަޅު ވާދައެއް ކުރެވިދާނެކަން ސްޕަލެޓީ ޤަބޫލު ކުރެ އެވެ. އެހެންވެ، ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ސްޕެލެޓީ ވަނީ، އިޓަލީގެ ކުޅުންތެރިން އަމަލު ކުރަން ޖެހޭ އުސޫލުތަކެއް ވެސް ކަނޑައަޅައިފަ އެވެ.

ނަތީޖާއެއްގެ ގޮތުން ސްޕެލެޓީ ބުނާ ގޮތުގައި މީގެ ތިން އަހަރު ކުރިން، އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި އިޓަލީން އެންމެން ހައިރާންކޮށްލުމަށްފަހު ޗެމްޕިއަންކަން ހޯދިއިރު، އެ ހުނަރު އެކުލެވިގެންވާ ކުޅުންތެރިން އޭނާގެ އަތުގައި އެބަ ހުއްޓެވެ. ސްޕަލެޓީ ބުނީ، އޭރު ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ކުޅެމުން އައި އިޓަލީ އަކީ، ކަރުދާހުން ފެންނަން އޮތް ގޮތުގައި އެންމެ މޮޅު ޓީމު ނޫން ކަމަށެވެ. އެހެންވެފައި އޮއްވާ، އިޓަލީން ޗެމްޕިއަންކަން ހޯދިއިރު، އެ މީހުން ވެގެން ދިޔައީ ޚާއްސަ ކުޅުންތެރިންގެ ޓީމަކަށް ކަމަށް ވެސް ސްޕަލެޓީ ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް، ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ދިފާއު ކުރަން އިޓަލީން ޔޫރޯ މުބާރާތަށް ނިކުންނައިރު، އެންމެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައި ނުވެ އެވެ. އެހެންވެ، މަންޗިނީގެ އިރުޝާދުގެ ދަށުން ކުޅެމުން އައި އިޓަލީގެ ޓީމާއި، ސްޕަލެޓީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިޓަލިއާ ދެމެދު ހުރި ފަރަގު ކިޔަން އަވަސް ކަމަށް ތަޖުރިބާކާރުން ޤަބޫލު ކުރެ އެވެ. އެ ދެ ޓީމުގެ ދެ މެދުގައި އެއް ގޮތް ކަމެއް ނުހުންނާނެ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

އެންމެ ފަހުން އިޓަލީން ވާދަކުރި ޔޫރޯ އަށް ބަލާއިރު، މުބާރާތުގެ ކުރިން އިޓަލީގެ ޙާލަތު އޮތީ ގޯސްކޮށެވެ. ޚާއްސަކޮށް މި ފާއިތުވި ތިން އަހަރަށް ބަލާއިރު، އިޓަލީ އޮތީ ހަލަބޮލި ކަމެއްގެ ތެރޭގައި ކަމަށް ވެސް ބައެއް މީހުން ޤަބޫލު ކުރެ އެވެ. އޭގެ ނަތީޖާ އަކީ، މިއަހަރުގެ މުބާރާތް އިޓަލީ އަށް ކާމިޔާބު ކުރެވިދާނެ ކަމަށް، އެ ޓީމަށް ސަޕޯޓު ކުރާ ގިނަ ސަޕޯޓަރުން ވެސް ޤަބޫލު ނުކުރުމެވެ. ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި މުބާރާތުގެ ފުރަތަމަ ބުރުން އިޓަލީ ކެޓުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ. ސަބަބަކީ، 2008 ވަނަ އަހަރު ގްރީސްގެ ފަހުން މިހާ ދަށް ޙާލަތެއްގައި ނުވަތަ "ނިކަމެތި" ޙާލަތެއްގައި ޔޫރޯގެ ޗެމްޕިއަން ޓީމަކުން ތަށި ދިފާއު ކުރުމަށް މުބާރާތާ ކުރިމަތިލާފައިވާތަން ފެންނަން ނެތީމަ އެވެ.

ވޯލްޑް ކަޕްގެ ހިތާމައިގައި ޔޫރޯގެ ޝަރަފު

1958 ވަނަ އަހަރަށް ފަހު، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއް ގައި ނުކުޅެވުމުގެ ހިތާމަ އާއި ހިތްދަތިކަމަށް ފަހު، މަންޗިނީގެ އިރުޝާދުގެ ދަށުން އިޓަލީ އަށް އުފާވެރިކަމެއް ލިބުނެވެ. އެއީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ. އިޓަލީގެ މި ކާމިޔާބަކީ ޝައްކެއް ވެސް ނެތް ގޮތުގައި ހައިރާން ކުރުވަނިވި ކާމިޔާބީ އެކެވެ. އިޓަލީން ވަނީ ފުޓުބޯޅައިގެ ހަރުދަނާ ބްރޭންޑެއް ކުޅެ، ފުޓުބޯޅައިގައި ގަދަ ބާރެއްގެ ގޮތުގައި ވެސް އޮވެފަ އެވެ.

ނަމަވެސް މިއީ ހަގީގަތުގައި ހަމަ އެކަނި ވާހަކައެއް ވެސް ނޫނެވެ. އިންގްލެންޑާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަށް ނިކުތްއިރު، މަންޗިނީ ތަފާތު ކަންތައްތަކެއް ކުރާނެކަން އެންމެނަށް ވެސް އޮތީ އެނގިފަ އެވެ. ޤައުމީ ޓީމުގެ ތެރޭގައި އޭނާ ވަނީ ކާމިޔާބުކަމާ އެކު ކުލަބް ރޫހެއް އުފައްދައި، ޔޫރޯ ފެށުނު އިރު 27 މެޗުން ބަލިނުވެ އޮތް ކަން ދައްކައިދީފަ އެވެ.

އިޓަލީ ބަލިނުވެ ޖެހި ޖެހިގެން ކުޅުނު މެޗުތަކުގައި ބައިނަލްއަގުވާމީ ރެކޯޑް މުގުރާލާނެ ކަމާއި، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ. ނަމަވެސް، އިޓަލީ އަށް ގަތަރުގައި އޮތް ވޯލްޑް ކަޕަށް ކޮލިފައިވެ ވެސް ނުވެވުނެވެ. ޖޯޖީނިއޯގެ ދެ ޕެނަލްޓީ ގެއްލުނު އިރު، ކޮލިފައިންގައި ސްވިޒަލޭންޑް އަތުން އިޓަލީ މޮޅުވި އެވެ. ޕްލޭއޮފްގައި ނޯތު މެސެޑޯނިއާ އަތުން އިޓަލީ ވަނީ ހައިރާން ކުރުވަނިވި ގޮތަކަށް ބަލިވެފަ އެވެ.

ވޯލްޑް ކަޕަށް އިޓަލީ ކޮލިފައި ނުވުމުގެ ނުތަނަވަސްކަމުގެ ތެރޭގައި އޮއްވާ، 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައި މަންޗީނީ އިސްތިއުފާ ދިނުންވީ އިޓަލީގެ ފުޓުބޯޅަ އަށް ލިބުނު ހައިރާން ކަމެކެވެ.

އޭގެ ފަހުން އިޓަލީގެ ކޯޗަކަށް ހަމަޖެއްސީ ސްޕަލެޓީ އެވެ. މިހާތަނަށް އޭނާގެ އިރުޝާދުގެ ދަށުން އިޓަލީން ވަނީ 10 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ހަ މެޗުން މޮޅުވެފައިވާއިރު، ތިން މެޗު ވަނީ އެއްވަރުވެފަ އެވެ. އިޓަލީ ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ ޔޫރޯ ކޮލިފިކޭޝަންގައި އިންގްލެންޑު އަތުން ވީ ބަލި އެކަންޏެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟

18 އެޕްރީލު 2017
ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟
03 އެޕްރީލު 2017

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް
16 މާރިޗު 2017

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!
12 މާރިޗު 2017

ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!

12 މާރިޗު 2017
ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
04 ފެބުރުއަރީ 2017

އިންތިހާބުގެ ކުރިން ބަލި ގަބޫލުކުރީއެވެ

04 ފެބުރުއަރީ 2017
އިންތިހާބުގެ ކުރިން  ބަލި ގަބޫލުކުރީއެވެ
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު