Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫރޯ 2024

ސްޕެއިން އިން "ޓިކި-ޓަކަ" ދޫކޮށްލުން، ޔޫރޯގެ ފުރުސަތު ބޮޑުތަ؟

ފުއެންޓޭ އެންމެ ފަހުން އެ ހަނގުރާމަތަކުން އަރައި ގަނެ، ކޯޗުކަމުއި ރަނގަޅު މަސައްކަތެއް ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޖޫން 2024 | ބުރާސްފަތި 03:22
ސްޕެއިންގެ ބައެއް ކުޅުންތެރިން

ސްޕެއިންގެ ބައެއް ކުޅުންތެރިން

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވާދަވެރި ކްރޮއޭޝިއާގެ މައްޗަށް ސްޕެއިނުން ވަނީ ތާރީޚީ ކާމިޔާބެއް ހޯދައިފަ އެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިނުން ވަނީ ފުރަތަމަ މެޗުގައި ވެސް އެމީހުންގެ ފެންވަރު ދައްކާލައިފަ އެވެ. އެ މެޗުގައި ސްޕެއިނުން ދެއްކި ކުޅުމަށް ބަލާއިރު، އެ ޓީމަށް މުބާރާތުގެ ތައްޓަށް ވާދަކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ޤަބޫލު ކުރެ އެވެ.

ޓެކްޓިކަލް މާނައިގައި ޒަމާނީ ފުޓުބޯޅަ އަކީ، ޓީމުގެ ތެރޭގައި ވަރަށް ބޮޑަށް އެއްބައިވަންތަކަން އިތުރުވަމުންދާ ފުޓުބޯޅައެއް ކަމަށް ގިނަ ފަހަރަށް ބުނެވެ އެވެ. އެހެން ނަމަވެސް ޚިޔާލުތައް ޙިއްޞާ ކުރެވޭނެ ލުއިފަސޭހަކަމުގެ ސަބަބުން ގިނަ ޓީމުތަކުގެ ކުޅުމުގެ ވައްޓަފާޅި ބަދަލުވެގެން ދިޔަކަން ހަގީގަތަކަށްވި ނަމަވެސް، މި އުސޫލަށް ބައެއް ބަދަލުތައް ވެސް ވަނީ އައިސްފަ އެވެ. ބައިނަލްއަގުވާމީ މެޗުގައި ސްޕެއިން އަށް ވެސް ކުރިމަތި ވަނީ އެކަހަލަ މައްސަލަތަކެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ބައިނަލްއަޤުވާމީ ފުޓުބޯޅައިގައި ކާމިޔާބީތަކެއް ހޯދުމަށް މަސައްކަތް ކުރަމުން އައި ސްޕެއިނުން ވަނީ 2000 ވަނަ އަހަރުގެ މެދު ތެރެއިން ފެށިގެން މަޝްހޫރުކަން ހޯދައި، 2008 ވަަނަ އަހަރާއި، 2012 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން ސްޕެއިނުން ވަނީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. ސްޕެއިންގެ އެ ބޮޑު ކާމިޔާބުގެ ސިއްރަކީ އެ ޓީމުން ކުޅެމުން އައި ވައްޓަފާޅި ކަމަށް ފުޓުބޯޅައިގެ ތަޖުރިބާކާރުން އަންނަނީ އަބަދު ވެސް ބުނަމުންނެވެ.

"ޓިކި-ޓަކަ" މަޝްހޫރުވެގެން އައީ ސްޕެއިންގެ ބާސެލޯނާގައި ޕެޕް ގާޑިއޯލާާ އިރުޝާދު ދެމުން އައި ދުވަސްވަރު އެވެ. އެކަމާ ބާސެލޯނާގެ ލެޖެންޑް ޔޯހަން ކްރައިފްއާ ގުޅުމެއް އޮތް ކަމަށް ބުނެވުނު ނަމަވެސް، ގިނަ ބަޔަކުގެ ނަޒަރުގައި އެކަމުގެ އެންމެ ބޮޑު "ޕްރޮފެސަރަކީ" ގާޑިއޯލާ އެވެ. ސްޕެއިންގެ އެންމެ ހިތްގައިމު ދުވަސްވަރު ގާޑިއޯލާ އިރުޝާދު ދެމުން އައީ ބާސެލޯނާ އަށެވެ. ބާސެލޯނާ އިން ދިޔައީ 2008 ވަނަ އަހަރާއި، 2012 ވަނަ އަހަރާ ދެމެދު އެ ޓީމުގެ ފެންވަރާއި، މޮޅުކަން ދައްކަމުންނެވެ. އެ މުއްދަތުގައި ބާސެލޯނާ އަށް 19 ތައްޓަކަށް ވާދަކޮށް ކާމިޔާބު ކުރެވެން އޮތްއިރު، އެ ޓީމުން ވަނީ 14 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

ތާރީޚީ ޓާނިން ޕޮއިންޓް

ޔޫރޯ 2024 ގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އަތުން 3-0 އިން ސްޕެއިން މޮޅުވި މެޗަކީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. މެޗަށް ފަހު އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ޔޫރޯ މުބާރާތުގެ ތާރީޚުގައި މިހާތަނަށް އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި ލަމިން ޔަމާލް އަށެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ޑެނީ ކަވަހާލް ޖެހީ ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

އެކަމަކު މިއީ ހަމައެކަނި އެ މެޗުން ފާހަގަކޮށްލެވުނު ކަމެއް ނޫނެވެ. ޔޫރޯ 2008 ގެ ފައިނަލުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ފުރަތަމަ ފަހަރަށް އިދިކޮޅު ޓީމަށްވުރެ ޕޮސިޝަންގެ ގޮތުން ސްޕެއިން ވަނީ ދަށްވެފަ އެވެ. އެ ޓީމުން ވަނީ އިދިކޮޅު ޓީމަށް ވުރެ ޕޮސިޝަންގެ ރަނގަޅަށް އޮވެ، 136 މެޗު ހަމަކޮށްފަ އެވެ. ކްރޮއޭޝިއާ މެޗާއެކު އެކަމަށް ވެސް ނިމުމެއް އައިސްފި އެވެ.

އެކަން ވެދާނެ ކަމުގެ އިޝާރާތެއް ލިބުނެވެ. މެޗުގެ ކުރިން ރޮޑްރީ ވަނީ ސްޕެއިންގެ ޕާސިން ގޭމު މަސައްކަތް ނުކުރާ ކަމާއި، ސްޕެއިން މޮޅުވާނެ އެހެން ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ބުނެފަ އެވެ. އޭނާ ބުނީ މޮޅުވާ ސްޓައިލާ އެކު ކުޅޭނެ ކަމަށެވެ. ރޮޑްރީ ބުނީ އޭނާ އަކީ އެއްވެސް ފަލްސަފާއެއްގެ ބެލެނިވެރިޔެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ބަދަލުތަކެއް އަންނަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ މެޗަށްފަހު ވާހަކަ ދައްކަމުން ބުނީ، ގިނަ ވަގުތު ބޯޅަ އޮވެގެން ވެސް މޮޅުވާ ފަހަރު އައިސްދާނެ ކަމަށެވެ. އަދި އޭނާ ބުނީ، މިހާރު ސްޕެއިން އަކީ އެ މެޗުގައި ވާދަވެރިން ހައިރާންކޮށްލި ގޮތަށް، އެހެން ޓީމުތައް ވެސް ހައިރާން ކޮށްލެވޭނެ ފެންވަރުގެ ޓީމެއް ކަމަށެވެ. މެޗާ މެދު ހިތްހަމަ ޖެހޭ ކަން ފާހަގަކުރަމުން އޭނާ ބުނީ، ސްޕެއިނުން ކުޅުނީ ރަނގަޅު ކުޅުމެއް ކަމަށެވެ.

އާ އައިޑެންޓިޓީއެއް ހޯދަން މަސައްކަތް ކުރަނީ

މީގެ ކުރިން، 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕުން ސްޕެއިން އަށް ލިބުނު މާޔޫސީ ނަތީޖާ އާއެކު، ކްރޮއޭޝިއާ މެޗުގެ ކާމިޔާބާ ހަމައަށް ފުއެންޓޭ ދަތުރު ކުރި މަގަކީ ފަސޭހަ މަގެއް ނޫންނެވެ. ސްޕެއިންގެ ކޯޗުކަމާ ހަވާލުވެ ކުޅުނު ފުރަތަމަ 10 މެޗުގައި އޭނާ ވަނީ ގިނަ ކުޅުންތެރިންތަކެއް ބޭނުންކޮށްފަ އެވެ. އޭނާގެ ކޯޗުކަމުގައި ސްޕެއިނުން ކުޅުނު ދެ ވަނަ މެޗުން ވެސް ލިބުނީ ހިތްދަތި ނާކާމިޔާބެކެވެ.

ދަނޑުން ބޭރުގައި ވެސް މައްސަލަތަކެއް އެބަހުއްޓެވެ. އަންހެނުންގެ ވޯލްޑް ކަޕް ފައިނަލަށް ފަހު ލުއިސް ރުބިއާލޭސްގެ މައްސަލައާ ގުޅިގެން، އާރްއެފްއީއެފްގެ ރައީސަށް ތައުރީފު ކުރަމުން ދިޔަ އިރު، އޭނާ އަށް ވެސް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެތައް ޕްރެޝަރެއް ކުރިމަތިވެ، މުސްތަޤުބަލު ނުރައްކަލަށް ހުށަހެޅޭ ހިސާބަށް ދިޔުމުން ފުއެންޓޭ ވަނީ މައާފަށް އެދިފަ އެވެ.

ފުއެންޓޭ އެންމެ ފަހުން އެ ހަނގުރާމަތަކުން އަރައި ގަނެ، ކޯޗުކަމުއި ރަނގަޅު މަސައްކަތެއް ކޮށްފަ އެވެ. އޭނާ އާއެކު ސްޕެެއިނުން ގިނަ ކަންކަމަށް ތައްޔާރުވަމުން އައިއިރު، ޓީމާއެކު ދުވަސްވީ ވަރަކަށް ގިނަ ކަންކަމަށް ހޭނެން ވެސް ފެށި އެވެ. ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ ފަލްސަފާތަކާ އެއް ގޮތް ނުވި ނަމަވެސް، ގިނަ މީހުންނަށް ވެސް އެކަންކަން ބަލައި ގަންނަން ފަސޭހަަ ވެސްވި އެވެ.

ފުރަތަމަ ކަމަކީ މިއީ ޓްރާންސިޝަންގައި އޮތް ޓީމެއްކަން ޤަބޫލުކުރުމެވެ. ޓިކި-ޓިކައިގެ ރަން ދުވަސްވަރު ތިބި ޖެރާޑް ޕީކޭ، ޖޯޑީ އަލްބާ، ޒަވީ، އަންދްރޭސް އިނިއެސްޓާ އަދި ސާޖިއޯ ބުސްކެޓްސް ފަދަ ކުޅުންތެރިން މިހާރު ބައިނަލްއަގުވާމީ ކުޅުމާ ދުރަށް ގޮސްފައިވާއިރު، ޒުވާން، ތަޖުރިބާ މަދު ޖީލަކަށް، ސްޕެއިންގައި ފައި ހަމަކޮށްލަން ވަގުތު ބޭނުންވާނެ އެވެ. ޔަމާލް، ޕެޑްރީ އަދި ގަވީ އަށް ވެސް ވަނީ ޑެ ލާ ފުއެންޓޭގެ އިރުޝާދުގެ ދަށުން މުހިއްމު ރޯލުތަކެއް ދީފަ އެވެ.

ދެވަނަ ކަމަކީ ނަތީޖާއާ ޖަދަލުކުރަން އޭނާ ބޭނުން ނުވުމެވެ. ސްކޮޓްލެންޑް ބަލިވި ފަހުން، ޔޫރޯ 2024 އަށް ދަތުރުކުރި 12 މެޗުގެ ތެރެއިން ސްޕެއިނަށް ކާމިޔާބު ނުކުރެވުނީ އެންމެ ދެ މެޗެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހޯރަ އިއްބެ ދޫކޮށްލުން: މައްސަލައަކަށް ވާންވީ ކީއްވެ؟

ހޯރަ އިއްބެ ދޫކޮށްލުން: މައްސަލައަކަށް ވާންވީ ކީއްވެ؟

05 ޑިސެމްބަރު 2018
މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

05 ޖުލައި 2018
އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟

އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟

04 މާރިޗު 2018
ސްޕެއިން އިން ބާރުގެ ބޭނުންކޮށްފި! ކެޓަލޯނިއާ އިން ދެން ހަދާނީ ކިހިނެއް؟

ސްޕެއިން އިން ބާރުގެ ބޭނުންކޮށްފި! ކެޓަލޯނިއާ އިން ދެން ހަދާނީ ކިހިނެއް؟

28 އޮކްޓޯބަރު 2017
ސްޕެއިން އިން ކެޓަލޯނިއާ އަށް އިތުރު މުހުލަތެއް ދީފި! ދެން ވާނީ ކިހިނެއް؟

ސްޕެއިން އިން ކެޓަލޯނިއާ އަށް އިތުރު މުހުލަތެއް ދީފި! ދެން ވާނީ ކިހިނެއް؟

17 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު