Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫރޯގެ ގޯލް ޖެހުމުގެ ރިކޯޑުތައް

ޔޫރޯގެ ގޯލްތަކާއި ޔޫގޯސްލާވިޔާގެ ދެމިގެންދާ އަސަރުތައް

ކްރޮއޭޝިއާ އާއި ސްޕޭނު ކުޅުނު މެޗުގައި 8 ގޯލް ފެނިގެން ގޮސްފައިވޭ

ރާއްޖެ އެމްވީ | 1 ޖުލައި 2021 | ބުރާސްފަތި 13:45
ޔޫރޯ 2020 - ކްރޮއޭޝިއާ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫރޯ 2020 - ކްރޮއޭޝިއާ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވާ 51 މެޗުގެ ތެރެއިން 44 މެޗު މިހާރު ވަނީ ކުޅެ ނިމިފައެވެ. މުޅިއެކު 123 ގޯލް ވަނީ ފެނިގެންގޮސްފައެވެ. މިއީ 24 ޓީމު ބައިވެރިކޮށްގެން މުބާރާތް ކުޅެން ފެށިފަހުން މިހާތަނަށް އެންމެ ގިނަ ގޯލް ފެނިފައިވާ މުބާރާތަށް ވަނީ ވެފައެވެ. ބާކީއޮތް 7 މެޗުގައި ފެނިގެންދާނީ ކިތައް ގޯލްކަން ނޭގުނަސް ޔޫރޯގެ ހުރިހާ ރިކޯޑެއް މުގުރުމުގެ ފުރުސަތު އެބައޮތެވެ. މިހާތަނަށް ޖަހާފައިވާ 123 ގޯލުގެ ތެރެއިން 29 ގޯލް ފެނިގެން ދިޔައީ ސޯޅަ ޓީމުގެ ބުރުގައެވެ. އެބުރުގައި ކުޅުނު 8 މެޗުން ޖުމްލަ 29 ގޯލް ފެނިގެންގޮސްފައިވެއެވެ. މިއީ ނޮކައުޓް ބުރެއްގައި ޔޫރޯގެ އައު ރިކޯޑެކެވެ.

އެ ބުރުގައި ޖަހާފައިވާ 29 ގޯލުގެ ތެރެއިން 14 ގޯލް ފެނިގެންދިޔައީ އެންމެ ރެއެއްގެ ތެރޭގައެވެ. އެރޭ ކުޅުނު ދެ މެޗުގައި ފެނުނު 14 ގޯލްގެ ތެރެއިން 8 ގޯލް ފެނިގެންދިޔައީ ސްޕޭނާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުންނެވެ. ޔޫރޯގެ މުޅި ތާރީޚުގައިވެސް މެޗެއްގައި 8 ގޯލް ޖަހާފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ މިފަހަރު ސްޕޭނާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗެވެ. އެކަމަކު މިއީ މުބާރާތުގެ 60 އަހަރުވީ ތާރީޚަށް ބަލާއިރު ރިކޯޑެއް ނޫނެވެ. ރިކޯޑް މެޗަކީ ޔޫރޯގެ އެންމެ ފުރަތަމަ މުބާރާތުގައި 1960 ވަނަ އަހަރު ފްރާންސާއި ޔޫގޯސްލާވިޔާ ބައްދަލުކުރި މެޗެވެ. އެމެޗުގައި ޖުމްލަ 9 ގޯލް ފެނިގެންގޮސްފައިވެއެވެ. ޔޫގޯސްލާވިޔާ މޮޅުވީ 5-4ންނެވެ.

ޔޫގޯސްލާވިޔާއަކީ މިހާރު ވުޖޫދުގައިވާ ގައުމެއް ނޫނެވެ. އެގައުމު ރޫޅިގެން އުވިގެންގޮސް އެތަނުން އައު 7 ގައުމެއް ވަނީ އުފަންވެފައެވެ. ސްޕެއިނާ ދެކޮޅަށް ނުކުތް ކްރޮއޭޝިއާއަކީ އެތަނުން އެއްގައުމެވެ. އެހެންވީމާ މީގެ 60 އަހަރުކުރިން ގާއިމުކުރެވިފައިވާ ޔޫރޯގެ ރިކޯޑުގައި ކްރޮއޭޝިއާގެ ހިއްސާވެސް އެބައޮތެވެ. ހަމައެގޮތަށް މިފަހަރު ޔޫރޯގެ ފުރަތަމަ ބުރުން ކަޓައިގެންދިޔަ ނޯތު މެސެޑޯނިއާގެ ހިއްސާވެސް އެބައޮތެވެ. ނޯތު މެސެޑޯނިއާ އާއި ކްރޮއޭޝިއާ އަކީ ޔޫގޯސްލާވިޔާގެ ތެރެއިން އުފަންވި ގައުމުތަކުގެ ތެރެއިން ދެ ގައުމެވެ. އަނެއް ފަސް ގައުމަކީ ސާރބިޔާ، ސްލޮވީނިއާ، ބޮސްނިއާ، މޮންޓެނީގްރޯ އަދި ކޮސޯވޯއެވެ.

ޔޫރޯގެ ތާރީޚުގައި 7 ގޯލް ފެނިގެންގޮސްފައިވަނީ ތިން މެޗަކުންނެވެ. އޭގެތެރެއިން އެއްމެޗަކީ 2000 ވަނަ އަހަރުގެ ޔޫރޯގެ ފުރަތަމަ ބުރުގެ މެޗެކެވެ. އެފަހަރުވެސް އިއްތިފާގުން ބައްދަލުކޮށްފައިވަނީ ސްޕޭނާއި ޔޫގޯސްލާވިޔާއެވެ. އެފަހަރު 4-3ން މޮޅުވީ ސްޕޭނެވެ. އެކަމަކު އެ މެޗުން ކްރެޑިޓް ނެގުމުގެ އެއްވެސް ފުރުސަތެއް މިހާރުގެ ކްރޮއޭޝިއާއަކަށް ނެތެވެ. އޭގެ ސަބަބަކީ އޭރު ކްރޮއޭޝިއާ ވަކި ގައުމެއްގެ ގޮތުގައި ވަކިވެ މިނިވަންވެފައިވުމާއި އޭރުގެ ޔޫގޯސްލާވިޔާގައި ހިމެނުނީ ސާރބިޔާއާއި މޮންޓެނީގްރޯ އެކަނި ކަމަށް ވުމުންނެވެ. އެފަހަރުގެ ކުއާޓަރ ފައިނަލުގައި ހޮލެންޑާ ދެކޮޅަށް ޔޫގޯސްލާވިޔާ ކުޅުނު މެޗުގައިވެސް 7 ގޯލް ފެނިގެން ދިޔައެވެ. ހޮލެންޑް މޮޅުވީ 7-1ންނެވެ. އެއީ ޔޫރޯގެ ތާރީޚުގައި މިހާތަނަށް އެންމެ ތަފާތު ބޮޑު ބަލިވުމެވެ.

ޔޫރޯގެ ދިގުވެގެންވާ 60 އަހަރުގެ މާޟީގައި ހަ ގޯލް ނުވަތަ އެއަށްވުރެ ގިނަ އަދަދެއްގެ ގޯލް ޖަހައިގެން 13 މެޗެއް ފާހަގަ ކުރެވެއެވެ. އޭގެ ތެރެއިން ތިން މެޗެއް ފެނިގެންދިޔައީ މިހާރު ކުރިއަށްދާ ޔޫރޯ 2020 ގެ ތެރެއިންނެވެ. އެއީ ކުރިން ބަޔާން ކުރެވުނު ސްޕޭނާއި ކްރޮއޭޝިއާ މެޗުގެ އިތުރުން ފްރާންސާއި ސުވިޒަލެންޑް ބައްދަލުކުރި މެޗާއި ޕޯޗުގަލްއާއި ޖާމަނީ ބައްދަލުކުރި މެޗެވެ. މި ދެމެޗުގައިވެސް ހަ ގޯލް ފެނިގެންގޮސްފައިވެއެވެ.

ޔޫރޯގެ މުޅި ތާރީޚުގައިވެސް 6 ގޯލް ފެނިގެންދިޔައީ 8 މެޗަކުންނެވެ. މި 8 މެޗުގެ ތެރެއިންވެސް ގިނައީ ޔޫގޯސްލާވިޔާ އާއި ޔޫގޯސްލާވިޔާއިން އުފަންވި ގައުމުތައް ހިމެނޭގޮތުން ފެނިފައިވާ ގޯލްތަކެވެ. ޖާމަނީއާއި ޔޫގޯސްލާވޮޔާ 1976 ގެ ޔޫރޯގައި ކުޅުނު މެޗު ޖާމަނީ ކާމިޔާބުކުރީ 4-2ންނެވެ. ޔޫގޯސްލާވިޔާއާއި ސްލޮވީނިއާ 2000 ވަނަ އަހަރުގެ ޔޫރޯގައި ކުޅުނު މެޗު ނިމުނީ 3-3ން އެއްވަރު ވެގެންނެވެ. ކްރޮއޭޝިއާ އާއި އިންގްލެންޑް 2004 ގެ ޔޫރޯގައި ކުޅުނު މެޗު 4-2ން ކާމިޔާބުކުރީ އިންގްލެންޑެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"އަހަރެމެންގެ މަރަކީ ދިގުދެމިގެންދާ، ވޭން ހުރި މަރަކަށް ވެއްޖެ"

"އަހަރެމެންގެ މަރަކީ ދިގުދެމިގެންދާ، ވޭން ހުރި މަރަކަށް ވެއްޖެ"

24 ޖެނުއަރީ 2024
އަމިއްލަ ރަށުގައި އެންމެ ފަހުން ޔޫރޯގެ ފައިނަލް ކުޅުނު ދެ ޓީމުވެސް ވަނީ ބަލިވެފައި

އަމިއްލަ ރަށުގައި އެންމެ ފަހުން ޔޫރޯގެ ފައިނަލް ކުޅުނު ދެ ޓީމުވެސް ވަނީ ބަލިވެފައި

10 ޖުލައި 2021
ހަނދާނަށްޓަކައި ޔޫރޯގެ މުހިއްމު ބައެއް ރިކޯޑުތައް

ހަނދާނަށްޓަކައި ޔޫރޯގެ މުހިއްމު ބައެއް ރިކޯޑުތައް

01 ޖުލައި 2021
ޔޫރޯގެ ނަތީޖާ ލަފާކުރާ އެތް ބުނަނީ އިންގްލެންޑު ކައިރިން ޖަރުމަނު މޮޅުވާނެކަމަށް

ޔޫރޯގެ ނަތީޖާ ލަފާކުރާ އެތް ބުނަނީ އިންގްލެންޑު ކައިރިން ޖަރުމަނު މޮޅުވާނެކަމަށް

28 ޖޫން 2021
ޔޫރޯގެ ހެއަރ ސްޓައިލްތަކާއި ހުޅިޖެހި ފޯވާޑުން

ޔޫރޯގެ ހެއަރ ސްޓައިލްތަކާއި ހުޅިޖެހި ފޯވާޑުން

20 ޖޫން 2021

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު