Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔޫރޯގެ ތާރީޚަށް ބަލައިލުން

ހަނދާނަށްޓަކައި ޔޫރޯގެ މުހިއްމު ބައެއް ރިކޯޑުތައް

ޔޫރޯގައި އެންމެ ފުރަތަމަ ފަސް އަހަރު ވާދަކުރީ އެންމެ ހަތަރު ޓީމު

ރާއްޖެ އެމްވީ | 1 ޖުލައި 2021 | ބުރާސްފަތި 11:32
ރޫސީވިލާތުގެ ފުޓްބޯޅަ ޓީމު ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް 1960 ވަނަ އަހަރު ކާމިޔާބުކޮށްގެން ތަށި ދައްކާލަނީ

ރޫސީވިލާތުގެ ފުޓްބޯޅަ ޓީމު ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް 1960 ވަނަ އަހަރު ކާމިޔާބުކޮށްގެން ތަށި ދައްކާލަނީ

ޔޫރޯއަކީ ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ކަމަށްވާއިރު މި މުބާރާތުގައި ކުޅެނީ ޔުއޭފާގެ މެންބަރު ގައުމުތަކުގެ މެދުގައި ކޮލިފައިން ބުރުތަަކެއް ކުޅެގެން ކޮލިފައިވާ ޓީމުތަކެވެ. ޔުއޭފާއަކީ ޔޫރަޕުގެ ގައުމުތަކުގެ ސަރަހައްދީ ފުޓްބޯޅަ ކޮންފެޑެރޭޝަނެވެ. މި ޖަމިއްޔާގެ މެންބަރު ގައުމުތަކުގެ ޖުމްލަ އަދަދަކީ 54 އެވެ. ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ސަރަހައްދީ ފުޓްބޯޅަ މުބާރާތެއް ކުޅެވެމުން މިއަންނަނީ 1960 ވަނަ އަހަރުން ފެށިގެންނެވެ. މިހާރު ކުރިއަށް އެދަނީ މިގޮތުން ބޭއްވޭ 16 ވަނަ ޔޫރޯއެވެ. މި ހުރިހާ މުބާރާތެއް ބޭއްވުނުއިރު އަދި ދުވަހަކުވެސް ޔޫރޯއަށް ކޮލިފައިނުވާ ވިހި ގައުމެއް އެބައުޅެއެވެ. ޔުއޭފާގެ ،މެންބަރު ގައުމުތަކުގެ ތެރެއިން ޔޫރޯގައި މިހާތަނަށް ކުޅެފައިވަނީ 34 ގައުމެވެ. އެހެންވީމާ ދެބައިކުޅަ އެއްބަޔަށްވުރެވެސް ގިނަ ގައުމުތައް މިހާތަނަށް ފައިނަލް ބުރުގައި އެވަނީ ކުޅެފައެވެ.

އަދި ދުވަހަކުވެސް ޔޫރޯގައި ކުޅެފައިނުވާ ޔުއޭފާގެ މެންބަރު ގައުމުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ގައުމުތައްވެސް އެބަހުއްޓެވެ. އޭގެތެރޭގައި ބޮސްނިޔާ އާއި މޮންޓެނީގްރޯ ހިމެނެއެވެ. ބިލަރޫސް އާއި އާމީނިޔާ އަދި އަޒަބައިޖާނާއި ޖޯޖިޔާ، ސައިޕްރަސް، ކޮސޯވޯ. ލިތުއޭނިއާ، އެސްޓޯނިއާ. ކަޒަކަސްތާނު އަދި ލަގްޒެމްބޯގާއި އިޒްރޭލުވެސް ހިމެނެނީ ޔޫރޯއަށް އަދި ދުވަހަކުވެސް ކޮލިފައިނުވާ ގައުމުތަކުގެ ތެރޭގައެވެ. މިހާ ގިނަ ގައުމުތައް ކޮލިފައިނުވެ ދިގު އިންތިޒާރެއްގައި ތިބިއިރު ސްޕޭނާއި ޖާމަނީ ވަނީ ކޮންމެ ބަޔަކުވެސް މިހާތަނަށް ތިން ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. ތަފާތު ގައުމުތަކަށް ބަލާއިރު މުޅިއެކު ދިހަ ގައުމު ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ. ދުވަހަކުވެސް ތަށި ލިބިފައިނެތް އަދި ފައިނަލެއްގައިވެސް ނުކުޅެވޭ އެންމެ ބޮޑު ބާރަކީ އިންގްލެންޑެވެ. އިޓްސް ކަމިން ހޯމޭ ކިޔާލަ ކިޔާލަ އެތިބެނީ އެހެންވެގެންނެވެ.

ޔޫރަޕުގެ ގައުމުތަކުގެ އަދަދު ގިނަވުމާއެކު ޔޫރޯގައި ކުޅޭ ގައުމުތަކުގެ އަދަދުވެސް ސަރަހައްދީ އެހެން މުބާރާތްތަކަށް ވުރެ ގިނައެވެ. އަދި މިއަދަދު އަންނަނީ އިތުރު ކުރަމުންނެވެ. އެންމެ ފުރަތަމަ 1960 ވަނަ އަހަރުން ފެށިގެން 1976 ވަނަ އަހަރާ ހަމައަށް ބޭއްވުނު ފުރަތަމަ ފަސް ޔޫރޯގައި ވާދަކުރީ އެންމެ ހަތަރު ގައުމެވެ. 1980 ވަނަ އަހަރުން ފެށިގެން އިންގްލެންޑުގައި 1996 ވަނަ އަހަރު ބޭއްވުނު ޔޫރޯއާ ހަމަޔަށް މި މުބާރާތުގައި ކުޅެމުން އައީ އެންމެ 8 ގައުމެވެ. އެކަމަކު މި އަދަދު 1996 ވަނަ އަހަރުން ފެށިގެން ސޯޅައަށް އިތުރު ކުރެވުނެވެ. އެގޮތުން 16 ޓީމު ކުޅެމުން އައިސް 2016 ވަނަ އަހަރުން ފެށިގެން ޔޫރޯގައި ވާދަކުރާ ޓީމުތަކުގެ އަދަދު ވަނީ 24ށް އިތުރުކޮށްފައެވެ. މިހާރު ކުރިއަށް އެދަނީ 24 ޓީމު ބައިވެރިކޮށްގެން ކުޅޭ ދެވަނަ ޔޫރޯއެވެ.

މިހާތަނަށް ސޯޅަ ފަހަރު މި މުބާރާތް ބޭއްވިފައިވާއިރު އޭގެ ތެރެއިން ތިން ފަހަރު މުބާރާތް ބޭއްވިފައިވަނީ ފްރާންސްގައެވެ. އެއީ ރިކޯޑެކެވެ. އިޓަލީގައި ދެ ފަހަރު ބޭއްވިފައިވާއިރު އިންގްލެންޑާއި ޖާމަނީ، ޕޯޗުގަލް، އަދި ބެލްޖިއަމާއި ސްޕޭނުގައި ބޭއްވިފައިވަނީ އެންމެ ފަހަރަކުއެވެ. އަދި ހަތަރު އަހަރު ފަހުން 2024 ވަނަ އަހަރު ޔޫރޯ ބާއްވާނީ ޖާމަނީގައެވެ. އެހެންވީމާ ޖާމަނީއަށް ޔޫރޯ ހޯސްޓުކުރަން ލިބޭ އަދަދު ދޭކަށް އަރާނެއެވެ. މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ އަދަދު އިތުރުވަމުން އަންނާތީ މިހާރު އެންމެ ގައުމެއްގައި މުބާރާތް ބޭއްވުން ފަސޭހައެއް ނޫނެވެ. އެހެންވެ ދެ ގައުމެއްގައި މުބާރާތް ބޭއްވުމުގެ އުސޫލެއް ތައާރަފުކޮށް މިހާތަނަށް ދެފަހަރަކު އެގޮތަށް އަމަލުކޮށްފައިވެއެވެ. އެގޮތުން 2012 ވަނަ އަހަރު ބޭއްވުނީ ޕޮލެންޑާއި ޔުކްރޭނުގައެވެ. އޭގެ ހަތަރު އަހަރު ކުރިން 2008 ވަނަ އަހަރު ބޭއްވުނީ ސުވިޒަލެންޑާއި އޮސްޓްރިއާގައެވެ. އަދި 2000 ވަނަ އަހަރު މުބާރާތް ބާއްވާފައިވަނީ ހޮލެންޑާއި ބެލްޖިއަމްގައެވެ.

މިހާރު ކުރިއަށްދާ ޔޫރޯއަކީ މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާ ނުކުރާ ގޮތަކަށް ބޭއްވި ޔޫރޯއެކެވެ. މިފަހަރުގެ މުބާރާތް އެ ބާއްވަނީ މުޅި ޔޫރަޕުގައެވެ. މުޅިއެކު އެގާރަ ގައުމެއްގައި މެޗުތައް ބާއްވާފައިވެއެވެ. އެކަމަކު 2024 ވަނަ އަހަރު ބާއްވާނީ އަނެއްކާވެސް އެންމެ ގައުމެއްގައެވެ. ޔޫރަޕުގެ މުހިއްމު ގައުމުތަކުގެ ތެރެއިން އަދި ދުވަހަކުވެސް މުބާރާތް ނުބާއްވާ ގައުމެއް އެބައޮތެވެ. އެއީ ޔޫރަޕުގެ އެންމެ ބިޔަ ރަޝިޔާއެވެ. ރަޝިޔާއަކީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތްވެސް ބޭއްވިފައިވާ ގައުމެކެވެ. އެކަމަކު އެގައުމުގެ ފަސްގަޑާ ހަމަޔަށް ޔޫރޯ އަދި ގޮސްފައި ނުވަނީއެވެ. ރަޝިޔާ އެކަނި ޔޫރޯ ހޯސްޓުކުރަން އަދި ފުރުސަތެއް ލިބިފައި ނެތަސް މިހާރު ކުރިއަށްދާ ޔޫރޯގެ މެޗުތައް ކުޅޭ އެގާރަ ރަށުގެ ތެރޭގައި ރަޝިޔާގެ ސެންޓް ޕިޓާސްބާގުވެސް ހިމެނެއެވެ. އެހެންވިޔަސް އެއީ ރަޝިޔާގައި ޔޫރޯ ބޭއްވުމެއް ކަމަށް ނުބެލެވެއެވެ. ރަޝިޔާއަކީ ޔޫރޯގެ ފުރަތަމަ މުބާރާތް 1960 ވަނަ އަހަރު ކާމިޔާބު ކުރި ގައުމެވެ. އެކަމަކު ތަފާތު ނަމެއްގައެވެ. އޭރު އޮންނަނީ ސޯވިއެޓް ޔުނިއަނެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017
އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!

އަބްދުﷲ ރަޝީދުގެ މަރު: އިންސާނިއްޔަތުކަމާއި ރަހްމު ނެތް ބައެއްގެ ނަތީޖާ!

14 އޮކްޓޯބަރު 2017
ލެޑް ލައިޓް ބަގީޗާ ހުޅުވުމުގެ ކުރިން ވީރާނާވަނީ، ޒިންމާ ނަގާނީ ކޮންބައެއް؟

ލެޑް ލައިޓް ބަގީޗާ ހުޅުވުމުގެ ކުރިން ވީރާނާވަނީ، ޒިންމާ ނަގާނީ ކޮންބައެއް؟

07 އޮކްޓޯބަރު 2017
ކެޓަލަންސްއަކީ ކޮންބައެއް؟

ކެޓަލަންސްއަކީ ކޮންބައެއް؟

06 އޮކްޓޯބަރު 2017
އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

31 ޖުލައި 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު