Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަޕް ކޮލިފައިން

ރޭންކުތަކަށްފަހު ރާއްޖެ އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ބުރަށް

16 ޖޫން 2021 | ބުދަ 07:50

ގްރޫޕަކުން ދެ ގައުމެއް އޭޝިއަން ކަޕަށް ކޮލިފައިވާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ޖޫން 2021 | ބުދަ 07:50
ފިލިޕީންސާ ދެކޮޅަށް ނުކުތް ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން

ފިލިޕީންސާ ދެކޮޅަށް ނުކުތް ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން

އޭއެފްސީން ކަނޑައެޅި އައު ރޭންކްތަކަށްފަހު ރާއްޖެއަށް 2023 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ބުރުން ފުރުސަތު ލިބިއްޖެއެވެ.

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެއިން ވަނީ އަންގާރަ ދުވަހުގެރޭ ފިލިޕީންސާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު އަށް މެޗުން ހަތް ޕޮއިންޓް ހޯދައިގެން ރާއްޖެއަށް ލިބުނީ ކޮލިފައިންގެ ހަތަރުވަނައެވެ. ފުލުގައި ޕޮއިންޓެއް ނުލިބި ގުއާމް އޮތްއިރު، އެއްވަަނައިގައި އޮތީ ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެގެން 21 ޕޮއިންޓާއެކު ސީރިއައެވެ. ދެވަނައިގައި އޮތް ޗައިނާއަށް އަށް މެޗުން 19 ޕޮއިންޓް ލިބުނުއިރު، ތިންވަނައިގައި ފިލިޕީންސް އޮތީ އަށް މެޗުން 11 ޕޮއިންޓާއެކުއެވެ.

ފިލިޕީންސްއާ އެއްވަރުވުމުން މީގެ ކުރިން ބެލެވިފައި އޮތީ، އޭޝިއަން ކަޕުގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ވަންނަން ރާއްޖެއަށް ޕްލޭއޮފް ބުރުގައި ކުޅެން ޖެހޭނެ ކަމަށެވެ. އެކަަމަކު އޭއެފްސީން ބުދަ ދުވަހު ހާމަކޮށްފައިވާ ގޮތުން އުތުރު ކޮރެއާ ކޮލިފައިންއިން ވަކިވެ، ގަތަރު އޭޝިއަން ކަޕަށް ކޮލިފައިވުމާއެކު، ގްރޫޕް ތަކުގެ ފުލަށްދާ ޓީމާ ދެކޮޅަށް ދެވަނައިގައި ނިންމި ޓީމުތަކާއި، ހަތަރުވަނައިގައި ނިންމި ޓީމުތަކުން ކުޅުނު މެޗުތަކުގެ ޕޮއިންޓްތައް ނުގުނާއެވެ.

އެ ގޮތަށް ރޭންކިން ތަރުތީބުކޮށްގެން ގެނެވުނު ބަދަލުގެ ތެރެއިން ގިނަ ގައުމުތަކަށް އޭޝިއަން ކަޕުގެ ކޮލިފައިންގެ ފައިނަލް ބުރުން ފުރުސަތު ލިބުނިއިރު، އޭގެ ތެރޭގައި ރާއްޖެވެސް ވަނީ ހިމެނިފައެވެ. ރާއްޖެ އާއެކު ހަތަރުވަަނައިގައި ނިންމި ގައުމުތައް ކަމަށްވާ ނޭޕާލް، ހޮން ކޮންގް، ސިންގަޕޫރު، އަފްޣާނިސްތާން، މޮންގޯލިއާ، ތައިލެންޑް އަދި ސްރީލަންކާވެސް ވަނީ ކޮލިފައިންގެ ފައިނަލް ބުރުގައި ހިމެނިފައެވެ.

މިހާރު އޮތް ގޮތުން އޭޝިއަން ކަޕްގެ ކޮލިފައިންގެ ފައިނަލް ބުރުގައި ހަ ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގައި ހަތަރު ގައުމު ވާދަކުރާނެއެވެ. އަދި އެ ގްރޫޕުތަކުގެ ތެރެއިން ކޮންމެ ގްރޫޕަކުން ދެ ގައުމެއް އޭޝިއަން ކަޕަށް ކޮލިފައިވާނެއެވެ.

ގައުމީ ފުޓްބޯޅަ ޓީމު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
28 މެއި 2023

ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

28 މެއި 2023
ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް
22 މެއި 2023

ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

22 މެއި 2023
ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!
21 މެއި 2023

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ޕްރެކްޓިސް ފަށައިފި

21 މެއި 2023
ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ޕްރެކްޓިސް ފަށައިފި
15 މާރިޗު 2023

ރާއްޖެ – ޕާކިސްތާން ފުޓްބޯޅަ މެޗު ލ. ގަމުގައި

15 މާރިޗު 2023
ރާއްޖެ – ޕާކިސްތާން ފުޓްބޯޅަ މެޗު ލ. ގަމުގައި
04 އޮކްޓޯބަރު 2022

ކުރެއަދޫގައި ކުޅުނު މެޗުގެ ފައިސާ ބަހާފައި ނުވަނީ ވިލާއިން ދޭން ނިންމި ފައިސާ ނުދޭތީ: އެފްއޭއެމް

04 އޮކްޓޯބަރު 2022
ކުރެއަދޫގައި ކުޅުނު މެޗުގެ ފައިސާ ބަހާފައި ނުވަނީ ވިލާއިން ދޭން ނިންމި ފައިސާ ނުދޭތީ: އެފްއޭއެމް
02 އޮކްޓޯބަރު 2022

ސިމާއޯ ރުޅި ގަދަވަނީ ކޯޗަށް އޭނާގެ ބޭނުން ކެނޑުމުން: ޖަވާ

02 އޮކްޓޯބަރު 2022
ސިމާއޯ ރުޅި ގަދަވަނީ ކޯޗަށް އޭނާގެ ބޭނުން ކެނޑުމުން: ޖަވާ
11 ސެޕްޓެމްބަރު 2022

ރާއްޖޭގެ ސެމީ ފައިނަލު ކުޅުމުގެ ހުވަފެން ފެނަށް

11 ސެޕްޓެމްބަރު 2022
ރާއްޖޭގެ ސެމީ ފައިނަލު ކުޅުމުގެ ހުވަފެން ފެނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް