Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމާލީގެ ބަޣާވާތް

ބަޣާވަތް ކުރި ލީޑަރު މާލީގެ ރައީސްކަމަށް

29 މެއި 2021 | ހޮނިހިރު 19:18

މާލީގެ ރައީސް ކަމަށް އަސީމީ އައްޔަން ކުރީ މާލީގެ ދުސްތޫރީ ކޯޓުން

އަތޫފް އާތިފް
އަތޫފް އާތިފް | 29 މެއި 2021 | ހޮނިހިރު 19:18
މާލީގެ ބަޣާވާތުގައި އިސްކޮށް ހުންނެވި އަސީމީ ގޮއިޓާ

މާލީގެ ބަޣާވާތުގައި އިސްކޮށް ހުންނެވި އަސީމީ ގޮއިޓާ

މާލީގެ ރައީސް ކަމަށް ބަޣާވާތުގައި އިސްކޮށް ހުންނެވި ސިފައިންގެ ކާނަލް އަދި ނައިބު ރައީސް އަސީމީ ގޮއިޓާ އައްޔަންކޮށްފިއެވެ.

މާލީގެ ދުސްތޫރީ ކޯޓުން ނެރުނު އަމުރުގައި ވަނީ މަދަނީ ސަރުކާރެއް ގާއިމު ކުރެވެންދެން އިންތިގާލީ ސަރުކާރުގެ ރައީސް ކަމުގައި ހުންނަވާނީ ގޮއިޓާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ ކުރީގެ ރައީސް ބާ އެންޑޯ އިސްތިއުފާ ދެއްވުމުން މަގާމު ހުސްވެފައިވާތީ ކަމަށެވެ.

މާލީގެ އަސްކަރިއްޔާއިން މިދިޔަ އޮގަސްޓު މަހު ފުރަތަމަ ބަޣާވާތް ކުރީ އޭރުގެ ރައީސް އިބްރާހީމް ބޫބަކާރު ކެއިޓާއާ ދެކޮޅަށް އެގައުމުގައި ބޮޑެތި މުޒާހަރާތަކެއް ބާއްވާތާ މަސްތަކެއް ފަހުންނެވެ. އަދި މާލީގެ ވެރިކަމާ އަސްކަރިއްޔާއިން ހަވާލުވެއްޖެ ނަމަ ސަރަހައްދީ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން، އެގައުމުގައި އަންނަ ފެބުރުއަރީ މަހުގައި ރިޔާސީ އިންތިހާބެއް ބާއްވަން ނިންމައި، މަދަނީ ސަރުކާރެއް އެކުލަވާލައި، އެ ސަރުކާރުގެ ރައީސްކަމަށް ގޮއިޓާ ހަވާލުވެވަޑައިގެންނެވިއެވެ. އަދި ސިފައިންނަށް ކެބިނެޓުގެ މުހިންމު މަގާމުތަކެއް ހަވާލުކުރެއްވިއެވެ.

އެކަމަކު އެ ސަރުކާރަށް ބަދަލުގެނެސް، ސިފައިންގެ ދެމީހެއްގެ މަގާމު އަތުލި ފަހުން، މިދިޔަ ހޯމަ ދުވަހު އަސްކަރިއްޔާއިން ރައީސް އެންޑޯ އާއި ބޮޑުވަޒީރު މޮކްޓާ އާން ހައްޔަރު ކުރިއެވެ. އަދި އެ ދެބޭފުޅުން ހައްޔަރުން ދޫކޮށްލީ ބުދަ ދުވަހު މަގާމުން އިސްތިއުފާ ދިނުމުންނެވެ.

މާލީގެ ރައީސް ކަމުން އެންޑޯ އަދި މޮކްޓާ އިސްތިއުފާ ދެއްވާފައިވަނީ އދ. އަދި އެފްރިކަން ޔޫނިއަނުން މާލީގެ އަސްކަރިއްޔާއިން ހިންގި ބަޣާވާތް ކުށްވެރިކޮށްފައި ވަނިކޮށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
11 ޖޫން 2017

އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި

11 ޖޫން 2017
އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި
18 މެއި 2017

ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

18 މެއި 2017
ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް
05 މެއި 2017

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017
އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި
20 އެޕްރީލު 2017

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް