Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

ނަވަލްނީ ވަނީ ހޯމަ ދުވަހު ބޭއްވުނު މުޒާހަރާތަކަށް މީހުން ނިކުތުމަށް ގޮވާލާފަ، މިކަަމަށް އޭނާ ގޮވާލެއްވީ ރަޝިއާގައި ކޮރަޕްޝަން އެންމެ މަތީ ދަރަޖައިގައި އޮތް ކަމަށް ބުނެ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 ޖޫން 2017 | އަންގާރަ 06:06
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މުޒާހަރާތައް ބޭއްވުމުގައި ގާނޫނާ ޚިލާފުވާ ކަމަށް ބުނެ، ރަޝިޔާ ދައުލަތުން އޭނާ 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފިއެވެ.

ރަޝިޔާގެ ދައުލަތުން އިދިކޮޅު ލީޑަރު ނަވަލްނީ ބަންދުގައި ބަހަޓަން ނިންމީ 30 ދުވަހުގެ "އެޑްމިނިސްޓްރޭޓިވް އެރެސްޓެއްގައެވެ." އެޑްމިނިސްޓްރޭޓިވް އެރެސްޓް އަކީ ސަލާމަތީ ސަބަބުތަަކަށްޓަކައި ދައުލަތުން މީހަކު ހައްޔަރުކޮށް އޭނާ ޝަރިއަތަކާ ނުލާ ބަންދުކުރުމަށް ކިޔާ ނަމެކެވެ.

ހޯމަ ދުވަހު ރަޝިއާގައި ކުރެވުނު ކޮރަޕްޝަނާ ދެކޮޅު މުޒާހަރާތައް ފެށުމުގެ ކުރިން ނަވަލްނީ ގޭ ބަންދުގައި ވެސް ބެހެއްޓިއެވެ. އޭގެ ފަހުން، ހޯމަ ދުވަހުގެ ވަގުތެއްގައި ކޯޓުން ވަނީ 30 ދުވަހަށް ނަވަލްނީ ބަންދުގައި ބަހައްޓަން ނިންމާފައިވާ ކަން ހާމަކޮށްފައެވެ. 41 އަހަރުގެ ނަވަލްނީ ވަނީ މިކަން އޭނާ ކުރި ޓްވީޓެއްގައި ކަށަވަރުކޮށްދީފައެވެ.

ރަޝިޔާގެ ރައީސް ވްލަޑީމިއާ ޕޫޓިންގެ ވެރިކަމާ މެދު ހިތްހަމަ ނުޖެހޭ އެތައް ހާސް ބަޔަކު ހޯމަ ދުވަހު ރަޝިޔާގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކުރިއެވެ.

2018 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެކަން އިދިކޮޅު ލީޑަރު ނަވަލްނީ ވަނީ އިއުލާން ކޮށްފައެވެ. މާޗް މަހު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއަކާ ގުޅިގެން ނަވަލްނީ ފަނަރަ ދުވަހަށް ޖަލުގައި ބަންދު ކުރިއެވެ.

އުމުރުން 41 އަހަރުގެ އެލެކްސީ ނަވަލްނީ އަށް މަޝްހޫރުކަން ލިބިގެން ދިޔައ،ީ 2012 ވަނަ އަހަރު ރައީސް ވްލަޑީމިއާ ޕޫޓިން ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމުން ބޭއްވި މުޒާހަރާތަކުގައި އޭނާ ދެއްވި ފޯރި ގަދަ ތަގްރީރުތަކުގެ ސަބަބުންނެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު