Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަބޫ ބަކުރު އަލް ބަގްދާދީ

އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި

މީގެ ކުރީގައި ވެސް އަލް-ބަގްދާދީ މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 11 ޖޫން 2017 | އާދީއްތަ 08:44
އަބޫ ބަކުރު އަލް ބަގްދާދީ

އަބޫ ބަކުރު އަލް ބަގްދާދީ

ދުނިޔޭގެ ކަމާބެހޭ ފަރާތްތަކުން ހޯދަން އެންމެ ބޭނުންވެފައިވާ އެއް ޓެރަރިސްޓް ކަމަށްވާ އަބޫ ބަކްރު އަލް-ބަގްދާދީ ވައިގެ ހަމަލާއެއްގައި ހޮނިހިރު ދުވަހު މަރުވެފައިވާ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީން ބުނެފިއެވެ.

ސީރިޔާގެ ދައުލަތުގެ ޓީވީ އިން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަރު އަލް-ބަގްދާދީ މަރުވެފައިވާ ކަމަށް ބުނިއިރު، މީގެ ކުރީގައިވެސް, އަލް-ބަގްދާދީ މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެހެން ކަމުން މީކިހާ ވަރެއްގެ ސައްހަ މައުލޫމާތެއް ކަން ކަށަވަރު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ދަތިވެފައެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލް އިން ބުނެފައި ވަނީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން އަލް-ބަގްދާދީ މަރާލެވިފައިވާ ކަމަށް ބުނުމަކީ ޕްރޮޕަގަންޑާ ފަތުރަންވެސް ކޮށްފާނެ ކަމެއް ކަމަށެވެ. މިފަަހަރު އަލް-ބަގްދާދީ މަރުވެފައިވާ ކަމަށް ރިޕޯޓު ކުރެވިފައި ވަނީ ސީރިޔާގެ ރައްގާގައެވެ.

ބަގްދާދީ މަރާލި މީހަކަށް 25 މިލިއަން ޑޮލަރު ހުށަހަޅާފައިވާއިރު، ބަގްދާދީ ފިލައިގެން ހުރީ އިރާގުގެ މޫސަލް އާއި ކައިރި ސަރަހައްދެއްގައި ކަމަށް ރިޕޯޓުތައް ލިބިފައިވެއެވެ. އެހެންނަމަވެސް އިރާގު އަސްކަރިއްޔާ އިން މޫސަލް އެމީހުންގެ އަތްދަށަށް ގެނައުމުގެ ތެރޭގައި އޭނާ އެ ސިޓީ އިން ފިލައިފައިވާ ކަމަށް އިންޓެލިޖެންސް އެޖެންސީ ތަކުން ބުނެއެވެ.

މި އަހަަރުގެ ޖެނުއަރީގައި ބައެއް ރިޕޯޓުތައް ބުނެފައި ވަނީ ވައިގެ ހަަމަލާއެއްގައި އޭނާ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު