Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވައިނަލްޑަމް ބާސާއަށް ބަދަލުވުން

ބާސާއާއެކު ވައިނަލްޑަމް އެއްބަސްވުމަކަށް

ބާސާއާއެކު 2024 ގެ ނިޔަލަށް ވައިނަލްޑަމް އެއްބަސްވުން ހަދާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 މެއި 2021 | ބުދަ 11:51
ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް

ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް

ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާއަށް ބަދަލުވާން ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލިވަޕޫލާއެކު އުމުރުން 30 އަހަރުގެ ވައިނަލްޑަމް ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ހޫނު މޫސުމުގައި ހަމަވާނެއެވެ. އެއާއެކު ވައިނަލްޑަމް ވަނީ މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކްރިސްޓަލް ޕެލަސް އަތުން 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވި މެޗަށް ފަހު ވައިނަލްޑަމް ވަނީ ލިވަޕޫލުގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔާފައެވެ.

ކުރިއަށް އޮތް ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ވައިނަލްޑަމަށް ކުލަބު ބަދަލުކުރެވޭއިރު، ރިޕޯޓުތައް ބުނާ ގޮތުން އޭނާ މިހާރު ވަނީ ބާސާއާއެކު އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައެވެ. އަދި ބާސާގެ އެއްބަސްވުން ވައިނަލްޑަމް ހަދާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ބާސާއަށް ބަދަލުވާން ވައިނަލްޑަމް އެއްބަސްވި ކަމަށް ރިޕޯޓުތައް ބުނިއިރު، މީގެ ކުރިންވެސް އޭނާ ހޯދަން ބާސާއިން ވަނީ މަސައްކަތް ކޮށްފައެވެ. ވައިނަލްޑަމަކީ ބާސާގެ ކޯޗު ރޮނާލްޑް ކޫމަން، ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގައި އިރުޝާދުދީފައިވާ ކުޅުންތެރިއެކެވެ. އެހެންކަމުން ކޫމަނާއެކު އަލުން މަސައްކަތްކުރަން ވައިނަލްޑަމް ބޭނުންވާ ކަމަށްވެސް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.

ލިވަޕޫލް ދޫކޮސް ވައިނަލްޑަމް ބާސާއަށް ބަދަލުވާއިރު، އޭނާ ހޯދަން ދުނިޔޭގެ ޗެމްޕިއަން ބަޔާން މިއުނިކާއި ޕީއެސްޖީންވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެކަމަކު ޓްރާންސްފާއާ ގުޅޭ ގޮތުން ވައިނަލްޑަމް އެ ދެ ކުލަބާއެކު މަޝްވަރާކޮށްފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލިވަޕޫލުގައި ފަސް އަހަރު ހޭދަކުރުމަށް ފަހު އޭނާ އެ ޓީމު ދޫކޮށްލާއިރު، މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑަށްވެސް ކުޅުނު ވައިނަލްޑަމް ލިވަޕޫލަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އެއަށްފަހު އޭނާ ވަނީ ލިވަޕޫލަށް ކުޅެދިން 236 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި ފަހުން ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ވައިނަލްޑަމްގެ ހިއްސާ ބޮޑެވެ.

ޖިއޮޖީނިއޯ ވައިނަލްޑަމްބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

25 ޑިސެމްބަރު 2025
ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

25 ޑިސެމްބަރު 2025
ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

22 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު