Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކުވެރިކަމުގެ މެޗަކަށް ތައްޔާ

ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނާ ދެކޮޅަށް ރާއްޖެ ނުކުންނަނީ

މީގެ ކުރިންވެސް މި ދެގައުމު ބައްދަލުކޮށްފައިވޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 11 މެއި 2017 | ބުރާސްފަތި 14:56
ޤައުމީ ޓީމުގެ ފަރިތަކުރުން ތަކެއްގައި ޓީމުގެ ކުޅުންތެރިންނާއި އެފްއޭއެމްގެ ރައީސް ބައްދަލު ކުރައްވަނީ

ޤައުމީ ޓީމުގެ ފަރިތަކުރުން ތަކެއްގައި ޓީމުގެ ކުޅުންތެރިންނާއި އެފްއޭއެމްގެ ރައީސް ބައްދަލު ކުރައްވަނީ

އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނިސްތާނާ ދެކޮޅަށް މެޗެއް ކުޅުމަށް ގައުމީ ފުޓްބޯޅަ ޓީމުން ތައްޔާރު ވެއްޖެއެވެ.

އަންނަ ޖޫންމަހުގެ 13 ވަނަ ދުވަހު ބޫޓާނާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު ކުޅޭ މެޗު އޮންނާނީ ޖޫންމަހުގެ 6 ވަނަ ދުވަހު ދުބާޢީގައެވެ.

އަފްޣާން މެޗުގެ އިތުރުން ގައުމީ ޓީމުގެ ތައްޔާރީތަކާ ގުޅޭ އެހެން އިންތިޒާމްތައް ގައުމީ ޓީމް ކޮމިޓީން އަންނަނީ ހަމަޖައްސަމުންނެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފަލަސްތީން އަތުން މާލޭގައި 3-0 އިން ވަނީ ބަލިވެފަ އެވެ.

ރާއްޖެ ހިމެނޭ ފަޅީގައި ބޫޓާނުގެ އިތުރުން ދެން ހިމެނެނީ އޮމާންއާ ފަލަސްތީނެވެ. އޮމާން ވަނީ ބޫޓާން އަތުން 0-14 އިން މޮޅުވެފައެވެ.

މި ސަރައްދުގައި ހިމެނޭ އެންމެ ވަރުގަދަ އެއް ގައުމުކަމަށްވާ އަފްޣާނިސްތާނާ ދެކޮޅަށް ރާއްޖޭގެ ޓީމުގެ ޖޫން ހަޔެއްގައި ނުކުންނައިރު، މީގެ ކުރިންވެސް މި ދެގައުމު ބައްދަލުކޮށްފައިވެއެވެ.

އެގޮތުން އެންމެ ފުރަތަމަ ބައްދަލުކުރި މެޗުގައި 2005 ގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވަނީ 9-1 އިން އަފްގާން އަތުން މޮޅުވެފަ އެވެ.

އޭގެ ފަހުން 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ހޮވި މެޗުގައި ޕެނަލްޓީ ޖަހައިގެން އަފްޣާނިސްތާން އަތުން ރާއްޖެ މޮޅުވެފައި ވެއެވެ.

ރާއްޖެ އާއި އަފްޣާނިސްތާން އެންމެ ފަހުން ބައްދަލުކުރީ 2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕުގަ އެވެ. އެ މެޗު އަފްޣާނިސްތާން ކާމިޔާބުކުރީ 4-1 އިންނެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
10 މާރިޗު 2017

ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް

10 މާރިޗު 2017
ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު