Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ތިންވަނަ ބުރު ނުކުޅެ ލީގު ނިންމާލުމުގެ ވިސްނުމެއް

17 މެއި 2021 | ހޯމަ 18:25

އެ ނިންމުން ފައިނަލް ކުރާނީ ކުލަބުތަކާ މަޝްވަރާކުރުމަށްފަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 މެއި 2021 | ހޯމަ 18:25
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ބުރު ނުކުޅެ، މި ހިސާބުން ލީގު ނިންމާލުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކެނޑިފައިވާއިރު، މި މަހުގެ ދެވަނަ ދުވަހު ލީގުގެ ދެވަނަ ބުރުގެ ކުޅުން ވަނީ ނިންމާލާފައެވެ. ދެވަނަ ބުރަށްފަހު ލީގު މެދުކަނޑާލީ މީގެ ކުރިން މި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އޭއެފްސީ ކަޕާއި، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އެކަމަކު ދާދި ފަހުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މާލެ ސަރަހައްދުގައި ކުޅިވަރު ކުޅުމާއި، ކުޅިވަރު މުބާރާތްތައް ބޭއްވުން ހުއްޓާލުމަށް އަންގާފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެފްއޭއެމުގެ ރައީސް ވިދާޅުވީ ލީގު އަލުން ފެށުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމޭނީ ސަރުކާރާއި އެޗްޕީއޭއާއެކު ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި ލީގު އަލުން ފަށަން ބޭނުންވަނީ ރާއްޖޭގެ ހާލަތު އޮތް ގޮތް ޔަގީންކުރުމަށްފަހު ކަމަށާއި، ލީގު އަލުން ފެށުމަށްފަހު އަނެއްކާވެސް ލީގު މެދުކަނޑާލުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު ލީގު ދިގުދެމިގެންދިއުމުގެ ބަދަލުގައި، އޭނާގެ އަމިއްލަ ވިސްނުމަކީ ލީގުގެ ދެ ބުރު ކުޅެފައިވުމާއެކު، ތިންވަނަ ބުރު ނުކުޅެ މި ހިސާބުން ލީގު ނިންމާލުން ކަމަށެވެ. އެ ހިސާބުން ޕްރެޒިޑެންޓްސް ކަޕް ފަދަ މުބާރާތެއް ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށާއި، ކަޕް މުބާރާތެއް ބާއްވަން ޖެހެނީ އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޖާގަ ލިބޭނީ ކަޕް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ކަމަށް ވާތީ ކަމަށްވެސް ވިދާޅުވިއެވެ.

ޕްރެޒިޑެންޓްސް ކަޕުވެސް ނުބޭއްވިޖެ ނަމަ، ލީގުގެ ދެވަނައިގައި އޮތް ޓީމަށް އެ ޖާގަ ދިނުމަކީވެސް ގެންގުޅުއްވާ ވިސްނުމެއް ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ވިސްނުން ހުރީ މި އަހަރުގެ އެފްއޭ ކަޕުވެސް ނުބޭއްވުމަށް ކަމަށާއި، ސަބަބަކީ އެ މުބާރާތަކީ ބައިވަރު ކުލަބުތަކެއް ވާދަކުރާނެ މުބާރާތަކަށް ވުމުން، މި ދަނޑިވަޅުގައި އެ މުބާރާތް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ކުޅުން ނިމިފައިވާއިރު، ނުވަ ޕޮއިންޓުގެ ލީޑަކާއެކު އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. މާޒިޔާއަށް 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް 14 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. އެހެންކަމުން ދެވަނަ ބުރާ ހަމައިން ލީގު ނިންމާލަން ފާސްކޮށްފިނަމަ، ޗެމްޕިއަންކަން ލިބޭނީ މާޒިޔާއަށެވެ.

ބައްސާމް ވިދާޅުވީ ތިންވަނަ ބުރު ނުކުޅެ ލީގު ނިންމާލުމަކީ އޭނާގެ އަމިއްލަ ވިސްނުމެއް ކަމަށާއި، އެކަން ފައިނަލް ކުރާނީ ޓެކްނިކަލް މީހުންނާއި، ކުލަބުތަކާއެކު މަޝްވަރާކުރުމަށްފަހު، އެފްއޭއެމުގެ އެކްސްކޯއިން ކަމަށެވެ.

ތިންވަނަ ބުރު ނުކުޅެ ލީގު ނިންމާލުމުގެ ވިސްނުމެއް ގެންގުޅޭއިރު، އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. ލީގު ކުރިއަށް ގެންދިޔުމަށް އެފްއޭއެމުން ޚާއްސަ އުސޫލުތަކެއް ކަނޑައެޅި ނަމަވެސް، ދެވަނަ ބުރުގެ މެދުތެރެއިންވެސް ލީގު މެދުކަނޑާލަން ޖެހުނެވެ. ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ލީގު މެދުކަނޑާލާފައި އެ ފަހަރު ލީގުގެ ކުޅުން އަލުން ފަށާފައިވަނީ 52 ދުވަސް ފަހުންނެވެ. އެއާއެކު ގިނަ ކުލަބުތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި ކަމަށް އެ ކުލަބުތަކުން ވަނީ ބުނެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުބައްސާމް އަދީލް ޖަލީލްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި
13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް