Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

ޕީއެސްޖީން ލިލްގެ ފަހަތުގައި ވިއްދާފައި

16 މެއި 2021 | އާދީއްތަ 21:53

ތާވަލުގެ ދެވަނައިގައި ޕީއެސްޖީ އޮތީ 79 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 މެއި 2021 | އާދީއްތަ 21:53
ޕީއެސްޖީ އާއި ރެއިމްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 4-0 ން

ޕީއެސްޖީ އާއި ރެއިމްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅުވީ 4-0 ން

ފްރެންޗް ލީގުގައި އާދީއްތަ ދުވަހުގެރޭ ރެއިމްސް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އޮތް ލިލްއާ އެއް ޕޮއިންޓް ގާތަށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޕީއެސްޖީ މޮޅުވިއިރު، ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ލިލް ވަނީ ސެއިންޓް އެޓިއެންއާ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އެއާއެކު ލިލްއާ އެއް ޕޮއިންޓް ގާތަށް ޕީއެސްޖީ ޖެހިލި ނަމަވެސް، އަން ހަފުތާގައި ކުޅޭ ލީގުގެ ފަހުން މެޗުން އޭންޖާސް ބަލިކޮށް ލިލްއަށް ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެބައޮތެވެ.

އާދީއްތަ ދުވަހުގެރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގައި ރެއިމްސްއަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުގެ ޔޫނިސް އަބްދެލްހާމިދަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އޭނާއަށް ރަތް ކާޑެއް ދެއްކީ އޭރިއާ ތެރެއިން ބޯޅައިގައި އަތްލުމާ ގުޅިގެންނެވެ. އެއާއެކު ޕީއެސްޖީއަށް ޕެނަލްޓީއެއް ލިބުނުއިރު، ނޭމާ ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ލިޑު ނަގައިދީފައެވެ.

އޭގެ ފަހުން މި މެޗުގައި ޕީއެސްޖީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 24 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހައި، އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މި މެޗުގެ ދެވަނަ ހާފުގައި މާކީނިއޯސް ޕީއެސްޖީގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މޮއިސް ކީނެވެ.

މި މޮޅާއެކު ޕީއެސްޖީ އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 37 މެޗުން ލިބުނު 79 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ލިލްއަށް 37 މެޗުން ލިބިފައިވަނީ 80 ޕޮއިންޓެވެ. އަދި ޕީއެސްޖީ އަތުން ބަލިވި ރެއިމްސް އޮތީ ތާވަލުގެ 13 ވަނައިގައި 37 މެޗުން 42 ޕޮއިންޓާއެކުއެވެ.

ފްރެންޗް ލީގުޕީއެސްޖީ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
07 ޑިސެމްބަރު 2024

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

07 ޑިސެމްބަރު 2024
ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް