Raajje.mv

ރާއްޖެ.އެމްވީ ވާހަކަ

49 ވާހަކަ

އެންމެ ފަސް

ހަފަރާތް
📚 ސީރީޒް

ހަފަރާތް

އޯގާވެރިކަމުގެ އޮށުން ފަޅާ ގަހުގެ މޭވާ ފޮނިވާ ފަދައިން، އަނިޔާވެރިކަމުގެ އޮށުން ފަޅާ ގަހުގެ މޭވާ ހަބަރަށް ވުރެ ވެސް ހިއްޗެވެ. އެ ހިތި ރަހަ އަރުން ނުފިލައިގެން، އެ ކަމުގެވޭނާއި ކެކުޅުމުގައި މުޅި އުމުރު ހޭދަކުރާންޖެހެއެވެ. އެ ފަދަ ކަންކަމުގެ ތެރެއިން ކުރިލައި ހެދިގަންނަ ކަށިކުނބުރު ވެލުގެ ނުރައްކާތެރިކަމާއި އަނިޔާވެރިކަން އަދި ވަކީން ބޮޑުވެއެވެ. ސިހުމާއި ބިރާއި ނާމާންކަން ހަފަރާތުން ވަށާލައި ހަފުސްކޮށްލައެވެ.

5,356
Part 6
ކެކުޅުން
📚 ސީރީޒް

ކެކުޅުން

މަޖުބޫރީ ހާލަތަކަށް ދިޔުމާ ގުޅިގެން, އާއިލާގެ ތެރެއަށް ގެނެވޭ ގާތް މީހަކު, ކަތުރުފަންޏަކަށްވުމުގެ ނުރައްކަލެވެ. އޭގެ ނަތީޖާގެ ހިތިކަމާއި ކެކުޅުމުގެ ބޮޑުކަމެވެ. އޮހޮރަން ހެޖެހުނު ކަރުނައިގެ ގިނިކަމެވެ. އުފާވެރި ފަތިހަކަށް އަލިވިލޭނެ ދުވަހަކަށް ޓަކައި ކުރެވެމުން ދާ ފޮނި އުއްމީދުގެ ބޮޑުކަމެވެ.

6,973
Part 45
ވަހުމް
📚 ސީރީޒް

ވަހުމް

ޒަވާޖީ ހަޔާތުގެ އަޑިގުޑަން ބޮޑު ދަތުރު، ޝައްކުގެ ސަވާރީއެއްގައި ކުރަމުން ގެންދާ ޒުވާނެކެވެ. އޭނާގެ މި އޮޅުންބޮޅުން ބޮޑު ހަޔާތުގައި، ތަފާތު އެތައް ރަހައެއް އަރުގައި ހިފައެވެ. ހީ ނުކުރާ ފަދަ ކަންތައްތަކަކާ ކުރިމަތިލާންޖެހެއެވެ. އޭނާގެ ޒަވިގަދަ މިޒާޖާއި ރުންކުރު ސިފައިގެ ސަބަބުން ހިތާމައާއި ހިތްދަތިކަން، ނުރައްކަލާއި ބިރުވެރިކަން ތަހަންމަލުކުރަން ޖެހެއެވެ.

7,011
Part 32
ހަމްދަރުދީ
📚 ސީރީޒް

ހަމްދަރުދީ

މާއިޝާއަކީ ފުރިހަމައަށް ހެދިބޮޑުވެފައިވާ އާރޯ ތާޒާ ގަހެއްގައި ފޮޅުނު ވަރަށް ރީތި ވަސްމީރު އަގުހުރި މަލެކެވެ. އެ މަލުގެ ރީތިކަމާއި ފުރިހަމައަކަށް ނަފުރަތުގެ ބެލުމަކުން ބަލަމުން ދިޔަ ބަޔަކު، އެ މަލަށް އެކި ކަހަލަ ގޯނާތައް ކުރަމުން ގެންދިޔައީ އިންތިހާއަށެވެ. އެ މަލުގެ ފިޔަތައް ރޫޅާލުމަށެވެ. ފައިދަށުލައި ޗިސްޗިސްކޮށްލުމަށެވެ. ގަހުން ވަކިކޮށް، ފަނިފަކްސާތަކުގެ ކާނާއަކަށް ހަދައި ދުނިޔެއިން ނެތިކޮށްލުމަށެވެ. މި ކަމުގައި ތަޤުދީރު ކުޅެމުން ދިޔަ ކުޅިގަނޑެއް އެކަކަށް ވެސް ނޭނގެއެވެ.

7,578
Part 56

ވާހަކަ ލައިބްރަރީ

ސަފްހާ 1 / 2