ވާހަކަ
ސިލްސިލާ ވާހަކަ
6 މާރޗް 2019 | ބުދަ 11:25
9 ވަނަ ބައި

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

ޓީވީއަށް ގެއްލިފައި އިންދާ ކުއްލިއަކަށް ދޮރު ޖެހުނު އަޑުއިވުނެވެ. ފަހަތް ބަލައިލި އިރު އާތިފެއް ނެތެވެ. އޭނާ ކައި ނިންމައިގެން ދިޔައީއެވެ. އަހަންނަށް ގޮވާ ވެސް ނުލައެވެ. ބޭރަށް ދަނީއޭ ވެސް ނުބުނެއެވެ. ބުނަންވީ ވެސް ކީއްވެ ހެއްޔެވެ؟ އަހަރެން މީ ގޭގައި ގެންގުޅޭ ކުއްޖެވެ. ބޭރަށް ދާއިރު އަހަރެންގެ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ. އާތިފް ދިއުމުން ތަށިތައް ދޮވެ ނަގައި އެއްޗެހި ހޫނުކުރުމަށް ފަހު އަހަރެން ވެސް ކޮޓަރިއަށް ވަނީމެވެ. އަނެއް ދުވަހަށް ނިންމަން ހުރި ފިލާވަޅުތައް ނިންމުމަށް ފަހު އިރުކޮޅަކު ފޮތްތަކުގެ ގަނޑުތައް އުކާލަން އޮތީމެވެ.

"ޕްލީޒް...ބާރަ..." ނީލާގެ އާހްގެ އަޑު އަނެއްކާ ވެސް އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ލޯމަރާލުމަށް ފަހު އަހަރެން ދަތްތައް ބަރުކޮށްލީމެވެ.

އެ އަޑު އަހަރަންގެ ކަންފަތުގައި ގުގުމަ ގުމަ ހުއްޓެވެ. ހީވަނީ އެ މަންޒަރު ފެންނަހެންނެވެ. އާތިފް މަޑުމަޑުން އޭނާގެ އަތުން އަހަރެންގެ ކަނދުރާމަތީގައި ފިރުމަނީއެވެ. މޫނު އޮތީ އަހަރެންގެ މޭމަތީގައެވެ. އޭނާ އުފާ ހާސިލްކުރަމުން ދިޔައީ މޮޔައެއް ފަދައިންނެވެ. އެއްވެސް ޖެހިލުމެއް ބިރެއް ނެތިއެވެ. އަހަރެމެން ދެ މީހުންނަށް ދުނިޔޭގެ ހިލަމެއް ވެސް ނުވާ ކަހަލައެވެ. އާތިފް ކޮންމެ ފިރުމުމަކާ އެކު އަހަރެންގެ އަނގައިން "އާހް"ގެ އަޑު ބޭރުވެއެވެ. އެކަމުގައި ގިނައިރުވި ވަރަކަށް އަހަރެންގެ "އާހް"ގެ އަޑުވެސް ދިޔައީ ބާރުވަމުންނެވެ. ވިންދު އަވަސްވިއެވެ.

"ޕްލީޒް....ފާސް..." ދެ މީހުންގެ ހަށިގަނޑު އެކަތިގަނޑަކަށްވެ ނިމިއްޖެއެވެ. އޮށްދަލުން ދެމީހުން ތެމި ފޯވެއްޖެއެވެ.

" ސުބްހާނަﷲ" މިވީ ކިހިނެއް ހެއްޔެވެ؟ ލޯ ހުޅުވާލީމެވެ. އަހަރެންގެ ހެދުން އޮތީ ފޫޅުން މަތީގައެވެ. ހަށިގަނޑު އޮތީ ދާހިއްލާ ފޯވެފައެވެ. އާތިފެއް ނެތެވެ. "މާތްކަލާކޯ" ނީލާގެ ބަދަލުގައި އަހަންނަށް ސިފަކުރެވުނީ އާތިފްގެ ކައިރީގައި އަހަރެން އޮތްތަނެވެ. ލޯމަރާލައިގެން އަހަންނަށް މިކުރެވުނީ ކޮންފަދަ ހިޔާލެއް ހެއްޔެވެ؟ ގައިން ހީބިހި ނަގައިގަތެވެ. ލޯލިތައް ހުރީ ކޮޅަށް ޖެހިފައެވެ. އަވަސް އަވަހަށް ތެދުވެ އަހަރެން ފާހަނާއާށް ވަނީމެވެ. އެހިޔާލުން ނުކުމެވުނު އިރު އަހަރެން ހުރީ ފެންވަރަށް ޖެހިފައެވެ.

ދެ ހަފުތާއެއްހާ ދުވަސް އެ ގޮތުގައި ހޭދަވިއެވެ. މުހިންމު ކަންކަމުގައި ވާހަކަ ދެއްކި ނަމަވެސް އާތިފް އަހަންނާ އެހާ ބޮޑަށް ވާހަކައެއް ނުދައްކައެވެ. ހާއްސަކޮށް ނީލާ ނުހުންނަ ގަޑިތަކުގައި އާތިފް ގޭގައި ވެސް އުޅެނީ މަދުފަހަރަކުއެވެ. ނީލާ ނެތިސް ގެއަށް އާދެވުނަސް އާތިފް އުޅެނީ ކޮޓަރީގައެވެ. ފުރަތަމަ ދެ ތިން ދުވަހު އާތިފްއާ ހަތަރުކަޅި ހަމަކޮށް ވާހަކަ ދެއްކުމަށް އަހަރެން ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް އެ ފުރުސަތު އަހަންނަކަށް ނުލިބުނެވެ. ނުވަތަ އާތިފް އެ ފުރުސަތު އަހަންނަކަށް ނުދެއެވެ. މިހާރު އަހަރެން ވެސް އެ ކަމާ މެދު ނުވިސްނަމެވެ.

" އޭ! ކޮބައިތަ އެ އާތިފްގަނޑު. ރީމާ ގެއަށް ގެންދެވުނީމާ އޭނާ މިހާރު އަހަރެން ކޮބައިތޯ ވެސް ބަލައެއް ނުލާ،" ގިނަ ދުވަސްތަކަކަށް ފަހު އާތިފްގެ މައުލޫ ޒުއްބަ ނެގިއެވެ. އޭނާ އަށް ކޮންމެވެސް އެއްޗެއް ވިސްނުނީއެވެ.

"އޭނަ އުޅެނީ ވަރަށް ބިޒީކޮށް. ގޭގަ ވެސް މަޑެއް ނުވޭ،" ކަންތައްވީ ގޮތް ކިޔައިދެން އަހަރެން ބޭނުން ނުވުމުން ދޮގު ހެދީމެވެ. މިހާރަކަށް އައިސް ހިތުގެ ވާހަކަތައް ފޮރުވުމަށް ދޮގެއް ހެދުމަކީ އަހަންނަށް މާބޮޑު ކަމަކަށް ނުވެއެވެ. ކުރިން ކޮންމެވެސް ވަރަކަށް ޒުއްބައާ ހިއްސާކުރި ނަމަވެސް މިހާރު އޭނާއާ ވެސް ހިއްސާކުރާކަށް އަހަރެން ބޭނުމެއް ނުވެއެވެ. ވަކި ކަމެއް ވެގެންނެއް ނޫނެވެ. ހަމަ ކިޔައިދޭ ހިތް ނުވަނީއެވެ. މުޅި ހަޔާތް ބަދަލުކޮށްލި ހުތުރު އަމަލުގެ ސަބަބުން އަހަރެން އަމިއްލަ ދުނިޔެއެއްގައި ގައިދުވެފައިވާ ކަހަލައެވެ. މީހުންނާ ވާހަކަ ދައްކާ ހިތެއް ނުވެއެވެ. މީހުންގެ ތެރޭގައި ވެސް ހުންނަ ހިތެއް ނުވެއެވެ. ހައްތަހާ ހީވަނީ އެ ބައިގަނޑުގެ ތެރެއިން އެ ނުބައި މީހާ ފެންނަ ހެންނެވެ. ދެން ދުވަހަކު ވެސް ފިރިހެނަކާ އަހަރެން ކައިރިއެއް ނުވާނަމެވެ. އެއީ ނުބައި ބައެކެވެ. ހިތުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭ އާތިފް ވެސް ހެދި ގޮތް އެހެރީއެވެ. އެކުވެރިއެއްގެ އެންމެ ބޭނުން ޖެހުނު ދުވަހު އޭނާ ވެސް މޫނު އަނބުރާލީއެވެ.
***
ހަފުތާތައް މަހަކަށް ބަދަލުވެގެން ދިޔައީއެވެ. އާތިފް އަދިވެސް ހުރީ އެ ގޮތުގައެވެ. އަތުގައި ދަތްއެޅި ހާދިސާ އަށް ފަހު އޭނާ ބަދަލުވި ގޮތަށް އެކުވެރިއެއްގެ ހައިސިއްޔަތުން އަހަންނާ ވާހަކައެއް ނުދައްކައެވެ. މިއަދު އަހަރެން ސްކޫލުން އައިއިރު އާތިފާއި ނީލާ ވެސް ތިބީ ސޯފާގައެވެ. ނީޝް ވެސް ކާޕެޓް މަތީގައި ކުޅެން އިނެވެ.

"ތިއްތާ، ތިއްތާ، ތިއްތާ!" އަހަރެން ހަމަފެނުމާ އެކު ނީޝް ތެދުވެގެން އަހަންނާ ދިމާއަށް ދުއްވައިގަތެވެ.

"އެއްޗެހި ބަދަލުކޮށްގެން، ކައިގެން އާދެބަލަ މިތަނަށް ނީޝްއާ އެކު ކުޅެލަން. މިހާރު ކިތަންމެ އިރެއް ރީމާ ހޯދާތާ،" ގެއަށް އައިސް ވަނުމާ އެކު ނީލާ ބުންޏެވެ.

ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އާތިފް އަހަންނާ ދުރުވިޔަސް އޭނާގެ ލޯބިލޯބި ދަރިފުޅު އަހަންނާ ވަރަށް ބޮޑަށް ގަޔާވެއްޖެއެވެ. އެއްޗެހި ބަދަލުކޮށްގެން އަންނާނެކަން ނީޝްއަށް ވިސްނައިދިނުމަށް ފަހު އަހަރެން ވަނީ ކޮޓަރިއަށެވެ.

ފެންވަރައިގެން އައިސް ސައިބޯން ދިއުމުގެ ބަދަލުގައި އަހަރެން ނީޝްއާ އެކު ކުޅުމުގައި ބައިވެރިވީމެވެ. ނީލާ އާއި އާތިފް އަދިވެސް އެ ތަނުގައި ތިއްބެވެ. ނަމަވެސް ނީޝް އަށް ވުރެ ބޮޑަށް އެ މީހުންގެ ސަމާލުކަން ހުއްޓިފައި ވަނީ ޓީވީއަށެވެ.
ނީޝްގެ ހަލަނިކަމުން އަހަރެން ވެސް އޭނާއާ އެކު ސިޓިން ރޫމް ތެރޭގައި އެނބުރެން ޖެހެއެވެ. ކުލިއަކަށް ފަހަތުން އެއްޗެއް ހަފައިގަތުމާ އެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. ބުރަކަށި ކަހާލުމަށް ފަހު މާބޮޑު ކަމަކަށް ނުހަދައި އަނެއްކާ ވެސް ނީޝް އަށް ސަމާލުވީމެވެ. އޭރު އާތިފްގެ ފައި ބާއްވާފައި އޮތީ އަހަރެންގެ ފޫކޮޅުގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ.
އިރުކޮޅަކު އެހެން ތިބުމަށް ފަހު ނީލާ ދިޔައީ ސައިބޯށެވެ. އާތިފްއަށް ވެސް ގޮވިއެވެ. ނަމަވެސް އޭނާ އިނނީ ވަރަށް ބޮޑަށް ގޮނޑިއަށް ފެތިފައެވެ. ހީވާ ގޮތުން ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ބޯހޫރާލުމަށް ފަހު އިހުނަށް ވުރެ ވެސް ބޮޑަށް އޭނާ ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ލައިގެން އޮތް ޓީޝާޓާއި ސޯޓު ރީތިކޮށްލިއެވެ. މިއަދު ހަތަރުދަމު އެ ގޮނޑިން ނުތެދުވަން ހިތުއަޅައިގެން އޮތް ކަހަލަށެވެ.

"އޫޗް....."
ކުއްލިއަކަށް ނީޝް އައިސް އަހަރެން ކޮއްޕާލުމާ އެކު ފަހަތަށް ގޮސް ވެއްޓުނީ އާތިފްގެ އުނގަށެވެ. މޫނު ގޮސް ޖެހުނީ އޭނާގެ ކޮލުގައެވެ. އަހަރެން އަތް ގޮސް އެޅުނީ އޭނާގެ އުނގުމަތީގައެވެ. ބޭއިހުތިޔާރުގައި އޭނާއަށް ވަރަށް ބާރަށް އަހަރެންގެ އުނަގަނޑުގައި ހިފަހައްޓާލެވުނެވެ. އިދިފުށަށް ވެއްޓިފައި އޮތުމުން އަހަރެންގެ މުޅި ހަށިގަނޑުގެ ބަރު އޮތީ އާތިފްގެ އުނގު ތެރޭގައެވެ. ނީޝް އޭރު ވެސް ހަމަހެނީއެވެ.

"ދަރިފުޅޫ! ހޯހޯ ކަމެއް. ދައްތައަށް ތަދުވާނެ،" ކާމޭޒު ދޮށުގައި އިނދެ ނީލާ ބުންޏެވެ.

ވެއްޓިފައި އޮތް ގޮތުން އާތިފަށް ވެސް އަހަރެން ނަގަންޖެހުނީ އުދަނގުލުންނެވެ. ފަހަރުގައި ގަސްތުގައި ކަމަށް ވެސް ވެދާނެއެވެ. އޭނާގެ ބީހުން އަހަންނަށް އިހުސާސްކުރެވުނެވެ. އުނަގަނޑުގައި ހިފާ އަހަރެން ނެގިއިރު ވަރަށް ކަސިޔާރު ގޮތަކަށް ހިފެހެއްޓިއެވެ. ފަހަރުގައި ގަސްތުގައި ކަމަށް ވެސް ވެދާނެއެވެ. ނޫނެކެވެ. އެހާލަތުގައި އޭނާއަށް ވެސް އެ ނޫން ގޮތެއް ނެތީއެވެ.

ތެދުވުމަށް ފަހު ފުރަތަމަ ވެސް އަހަރެން ބަލައިލީ އާތިފަށެވެ. އަހަރެން ހީކުރީ އާތިފް ކައިރިއަށް މިފަހަރު ވެސް ރުޅި އަންނާނެ ކަމަށެވެ. ނަމަވެސް އޭނާ އިނނީ ފެންކަޅިވެފައެވެ. ފަހަރުގައި އޭނާ އަށް ވީ ތަދެއްގެ ބޮޑުކަމުން ކަމަށް ވެދާނެއެވެ. އަހަރެން ވަރަށް ބޮޑަށް ލަދުގަތެވެ. އާތިފް ވެސް އިނނީ ފާޑަކަށެވެ. އަހަރެން އަވަސް އަވަހަށް ނީޝް ގޮވައިގެން އެ ތަނުން ދުރަށް ޖެހިލީމެވެ. ނީލާ އިން ގޮތުން ފެންނާނީ އަހަރެން ވެއްޓޭ މަންޒަރެވެ. އާތިފްގެ އުނގުމަތީގައި ސޯފާގެ ނިވަލުގައި ވީ ކަންކަން އޭނާ އަކަށް ނުފެންނާނެއެވެ. ހަގީގަތުގައި ކަންވީ ކިހިނެއް ކަމާއި އަހަރެންގެ އަތް އެޅުނީ ކޮންތަނެއްގައި ކަމާއި އާތިފް އަހަރެންގެ އުނަގަނޑުގައި ހިފި މަންޒަރު އޭނާއަކަށް ނުފެންނާނެއެވެ. އެ ހުރިހާކަމެއް ވެދިޔައީ ކުޑަ ސުކޫތުކޮޅެއްގެ ތެރޭގައެވެ.

ދެން ރީމާ ދޭ ސައިބޯން. ދެން މަމްމީއާ އެކު ދޯ ކުޅޭނީ،" ނީލާ ސައިބޮއިގެން އައިސް ނީޝް ކައިރީގައި މަޑުކުރިއެވެ.
ކާމޭޒުދޮށުގައި އިށީނުމާ އެކު އާތިފް ވެސް ސޯފާ އިން ތެދުވެގެން އައިސް ކާމޭޒުދޮށުގައި އިށީނދެއްޖެއެވެ.
"އަހަން.. ދެންމެ މަ ގޮވީމާ ބުނީ ނޫނެކޭ. މިހާރު ތިވީ ކިހިނެއް.. ދެން ނުދެވޭނެ،"

ނީލާ އިނނީ ސިޓިންރޫމްގައި ރަނގަޅަށް ދެ ފައި ވޮއްކޮށްލައިގެން ނީޝްއާ އެކު ކުޅެންށެވެ. އޭނާ ސައިބޮން ގޮވީމާ ނޫނެކޭ ބުނުމަށް ފަހު އަހަރެން ފަހަތުން ސައިބޯން ދާތަން ފެނިގެން ނީލާ އާތިފާ ދިމާކޮށްލިއެވެ.

"ރީމާ! އާތިފަށް ވެސް ސައިތައްޓެއް ހަދައިދެއްޗޭ،" އެހެން ބުނުމަށް ފަހު އޭނާ އެނބުރެލީ ޓީވީއާ ދިމާއަށެވެ. އަހަރެމެންނާ ފުރަގަސްވާ ގޮތަށެވެ. ނީޝްއާ އެކު ކުޅުމަށް ގެއްލިފައެވެ. ނޫނެކެވެ. ބޮޑަށް ޓީވީ އަށް ގެއްލިފައެވެ.
"އަދި ފަހުން ބަދަލު އަތުލާނަން،" އަހަރެން ސައިތަށި ހިފައިގެން އައިސް ކައިރީގައި މަޑުކޮށްލުމާ އެކު ވައި އަޑުން އާތިފް ބުންޏެވެ. އަދި ލާނެތް ފާޑަކަށް އަހަންނާ ދިމާއަށް ބަލަން އިނެވެ. އޭނާ އިނނީ ފާޑަކަށް ހިނި އައިސްފައެވެ. މިއަދު އަނެއްކާ ކިހިނެއްވީބާއެވެ؟ އާތިފް އިނނީ ވަރަށް ސަމާސާކުރުމުގެ މޫޑެއްގައެވެ. އަހަރެން ވަކި އެއްޗެއް ނުބުނަމެވެ.
ކުއްލިއަކަށް މޭޒު ދަށުން ފައިގާ އެއްޗެއް ޖެހުނެވެ. އަހަރެން ކުޑަކޮށް ފައި ފަހަތަށް ދަމާލީމެވެ. ފުރަތަމަ ހީކުރީ ގޮނޑީގައި ޖެހުނީ ކަމަށެވެ. އޭރު ވެސް އާތިފް އިނނީ ފާޑަކަށް ހިނި އައިއްސައެވެ. އަހަރެން އަޅައެއް ނުލަމެވެ. އަހަރެންގެ ސަމާލުކަން ހުއްޓުފައި ހުރީ ދުން އަރައަރާ ހުރި ސައިތަށްޓަށެވެ.

އަނެއްކާ ވެސް ފައިގާ އެއްޗެއް ޖެހުނެވެ. މިފަހަރު ޔަގީނުން ވެސް އެއީ އާތިފްގެ ފައިކަން އަހަންނަށް އެނގުނެވެ. އޭނާ ފައިގެ އިނގިލަތުން އަހަރެންގެ ފައިގެ ކުޑަކަޅުވައި މަސްގަނޑުގައި ވިކަނީއެވެ. ފުރަތަމަ އުދަނގޫ ވެސްވިއެވެ. ނަމަވެސް އެއީ އާތިފްގެ ކަމެއްކަން އެނގުމުން، އަދި އެތައް ދުވަހެއް ފަހުން އޭނާގެ މޫޑް ރަނގަޅަށް ހުއްޓާ ފެނުމުން އަހަރެން ވެސް ހިތްހަމަޖެހުނެވެ. އަދި އެ ސަމާސާގައި އަހަރެން ވެސް ބައިވެރިވީމެވެ. ނީލާ އަށް ރޭކާ ވެސް ނުލައެވެ. އާތިފްއެކޭ އެއްވަރަށް އަހަރެން ވެސް އޭނާގެ ފައިގާ ވިކަމުން ދިޔައީމެވެ. އޭނާ އިނނީ ކުރު ސޯޓެއް ލައިގެންނެވެ. އިސްތަށިގިނަ އެ ފައިގާ ޖެހުމުން އަހަރެން ހީބިހި ނަގައިގަނެއެވެ. ބައެއް ފަހަރު ފައިގެ ކުޑަކަޅުވާ މަސްގަނޑުގައެވެ. އަނެއް ބައި ފަހަރު ބޮޑުވައި އިނގިއްޔާއި ދޭތެރެއިން އޭނާގެ އިނގިލިތައް ޖޯދުކޮށްލައެވެ. އަހަރެން ވެސް ލާނެތް ގޮތަކަށް ރައްދު ދެމުން ދިޔައީމެވެ. ސަމާސާއަކަށެވެ. ހިތުގައި މާ ބޮޑު އެއްޗެއް ނެތެވެ.

"ބަދަލު ހިފާލާނަން...." އާތިފް އަނެއްކާ ވެސް ވައި އަޑުން އިންޒާރު ދިނެވެ. "ކީއްކުރެވޭނީ؟" އަހަރެން ވެސް ޖަދަލުކުރީމެވެ.

އެއީ އަހަރެމެންގެ ރައްޓެހި އާތިފްއެވެ. އެތައް ދުވަހެއް ފަހުން އޭނާ ފެނުމުން އަހަރެން ވެސް އުފާވިއެވެ. ހިތަށް ފިނިކަން ލިބުނެވެ.

"މަށަށް ވެސް ހަމަ ތަނެއްގަ ހިފިދާނެ ދޯ،" ލާނެތް ހިނިތުންވުމަކާ އެކު އާތިފް އެހެން ބުނުމުން އަހަރެންގެ މޫނު ދިޔައި ނޫވެގެންނެވެ. އާތިފަކީ މީގެ ކުރިން އެކަހަލަ ވާހަކަ ދައްކާ މީހެއް ނޫނެވެ. އަހަރެން ވަރަށް ލަދުގަތެވެ.

"ނުކެރޭނެ. ނީލާ ކައިރީ ބުނާނަން...ހަހަހަ..،" އަހަރެން ވެސް ސަމާސާކޮށްލީމެވެ.

އެހެން ދުވަސްތަކާ ހިލާފަށް ސައިމޭޒު ދޮށުގައި އަހަރެމެން ވަރަށް ގިނައިރު ތިބީމެވެ. ނީލާ ވެސް އިނނީ އެއް ފަހަރު ޓީވީއަށް އަނެއް ފަހަރު ނީޝްއަށް ގެއްލިފައެވެ. ގަޑިދިޔަ ގޮތެއް ވެސް ނޭނގެއެވެ. ސައިބޮއި ނިމިގެން ވެސް އެތައް އިރެއް ވަންދެއް އާތިފް ވެސް ކާމޭޒު ދޮށުގައި މަޑުކުރިއެވެ. އިރުއިރުކޮޅާ އަހަރެންގެ ފައިގާ ވިކައިގަނެއެވެ. ނީލާއަށް ވާނުވާ ނޭނގޭ ވަރަށެވެ.
އެހެން އިރުގަނޑަކު ތިބުމަށް ފަހު އަހަރެން ތެދުވެ ކާމޭޒުމަތި ސާފުކުރީމެވެ. ހަތެއް ޖަހަން ކައިރިވާތީ ނީޝްގެ ކެއުން ތައްޔާރުކުރުމަށް އަހަރެން ސަމާލުވީމެވެ. މޭޒުމަތިން އެއްޗެހި ނަގަން ފެށުމުން އާތިފް ވެސް ތެދުވިއެވެ. އަދި ދަމުން އަނެއްކާ ވެސް އަހަރެންގެ ގައިގާ ބީހިލިއެވެ. ނުކުއްސަރު ގޮތަކަށެވެ. އަދި ލާނެތް ގޮތަކަށް ހީލިއެވެ.

"ބަދަލު ހިފާނަން..." ކޮޓަރިއަށް ދަމުން ވެސް އޭނާ ވައިއަޑުން ބުނެލިއެވެ. އަހަރެން ވެސް ހިނިތުންވެލީމެވެ. އޭނާ އެ ދައްކާ ވާހަކަ ފަހުމްވީމައެވެ. ކުޑަކޮށް ލަދުވެސް ގަތެވެ. ނަމަވެސް އެއީ ރައްޓެއްސެއްގެ ސަމާސާ ކަމަށް ބަލައި މާ ބޮޑު ކަމަކަށް ނަހަދަމެވެ.

އެފަދަ ވަގުތުކޮޅަކަށް އަހަރެން ބޭނުންވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ދައްތަމެން ގޭގައި ލިބުނު އަނިޔާތަކުން ހިނިތުންވާން ވެސް އަހަރެން ހަނދާން ނެތިފައިވާ ކަހަލައެވެ. ލޯމަރާލާ ކޮންމެ ފަހަރަކު އެ ސައިތާނާގެ ސޫރަ އަހަރެންގެ ލޯކުރިމަތީގައި ސިފަވެއެވެ. ހަމަނިދި ލިބެނީ މަދު ފަހަރަކުއެވެ. އެތައް ފަހަރަކު ރޭގަނޑު ހޭލެވެނީ ހަށިގަނޑުގެ އެތައް މިތަނުގައި ވޭން އަޅާތީއެވެ. ދާހިއްލާ ފޯވެގެން އެތައް ރެއަކު އެތައް ފަހަރަކު އަހަރެން ފެންވަރަމެވެ. އެ ނުބައި މީހާގެ ބީހުންތަކުގެ ނިޝާންތައް ހަށިގަނޑު ފޮހެވޭތޯއެވެ. ފަކުރު މީހާގަނޑު އަހަރެންގެ ދިރިއުޅުން އަވަދިކޮށްފިއެވެ. އެފަދަ ނަފްސާނީ ހާލަތެއްގައި ހުއްޓައި އަހަރެންގެ ދިރިއުޅުމަށް ކުޑަ ނަމަވެސް އުފާވެރިކަމެއް ގެނެސްދެނީ އާތިފްގެ ކުޑަކުޑަ އާއިލާއިންނެވެ. ކުޑަކުޑަ ނީޝްގެ ހިނިތުންވުމުންނެވެ. ނީލާގެ އޯގާތެރި ބަސްތަކުންނެވެ. އަދި އެތައް ޒަމާނެއް ފަހުން މިއަދު އާތިފްގެ އެ ލާނެތް ސަމާސާތަކުންނެވެ.

- ނުނިމޭ -