އެއް ރެޔަކު ޖުހާ ނިދާފައި އޮއްވާ މީހަކު ގޭތެރޭގައި އުޅޭހެން ހީވެގެން ޖުހާ އަށް ހޭލެވިއްޖެއެވެ.
މަޑުމަޑުން ލޯ ހުޅުވާ ބަލާލިއިރު ކަމަކު ދާކަށް ނެތެވެ.
މިއޮއް އުޅެނީ ގެއަށް ވަގު ވަދެގެންނެވެ.
ޖުހާ ބަލާކަށް ނެތެވެ. "ވަގެއް، ވަގެއް" ކިޔާ އަޑުގެ ނެތްތާކަށް ހަޅޭއްފަޅޭއް ޖަހައިގެންފިއެވެ.
ޖުހާގެ ހަޅޭފަށަށް އަވައްޓެރިންތައް ވެގެން އުޅޭ ގޮތް ބަލަން ދުވެފައި އައިސް ޖުހާގެ ގެއަށް ވަދެއްޖެއެވެ.
އަވައްޓެރިން އައުމުން ހާސްވެފައި ހުރި ޖުހާ ބުންޏެވެ. "ދެންމެ މިގެއަށް ވަގު ވަނީ، ހަޅޭއްލަވައިގަތީމާ ދުވެ ފިލީ، އަގެއް ހުރި އެއްޗެއް ވިއްޔާ ވަގު ކަލޭގެ ގެންގޮސްފި.. އެއްވެސް އެއްޗަކަށް ވާ އެއްޗެއް މި ގެއަކު މިހާރަކު ނެތް."
ޖުހާގެ ވާހަކަ އަޑުއަހެމަށް ފަހު އެތަން މިތަނަށް ލޯ ހިންގާލަމުން އެކަކު ބުންޏެވެ. "ގޭގެ އިމުގައި ކަށިނަރު ދަމާފައި ހުރި ނަމަ މިހެނެއް ނުވީސް ....؟"
"ކުޑަ ދޮރުގެ ތޭރިތައް ކީއްވެ ދަނގަޑުން ނުހެދީ؟" އަނެއް މީހާ ޖުހާއާ ދިމާލަށް ބުންޏެވެ.
"މައި ދޮރު އެހުންނަނީ ލަކުޑިން، މައިދޮރުގެ ބޭރުން ދަނގަޑުން ދޮރެއް ހަރުކޮށްފަ ހުރި ނަމަ ރަނގަޅުވީސް؟" ޖުހާގެ ގެއިން ވައްކަން ކޮށްގެން ކަންބޮޑުވެގެން އައި އެހެން އަވައްޓެރިއަކު ބުންޏެވެ.
"ގޭގައި ފަސޭހައިން އަތުޖެހޭ ގޮތައް ކީއްވެ އަގު ބޮޑު އެއްޗެހި ބަހައްޓަނީ؟" އެހެން މީހަކު ކަންބޮޑުވެފައި ހުރެ ޖުހާ އާ ސުވާލު ކުރިއެވެ.
"އާނ ރަނގަޅު، އެންމެވެސް ތިދެއްކީ ރަނގަޅު ވާހަކަ" ޖުހާ ބުންޏެވެ. "މިއީ ހުސް މަގޭ ކުށް! ވައްކަންކޮށްގެން ދިޔަ މީހާގެ އެއްވެސް ގޯހެއް ނެތް! ނޫންތަ؟"