ފޮޓޯ ގެލަރީ

ޔޫރޯ 2020 - ނޯތު މެސެޑޯނިއާ އާއި ނެދަލެންޑްސް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް ސީގައި ނޯތު މެސެޑޯނިއާގެ މައްޗަށް ކުރިހޯދައި ނެދަލެންޑްސްއިން ވަނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގައެއް ހޯދާފައެވެ. މި މެޗު ނެދަލެންޑްސްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ޔޫރޯ 2020 - ފިންލެންޑާއި ބެލްޖިއަމް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް ބީގައި ބެލްޖިއަމުން ވަނީ ފިންލެންޑް ބަލިކޮށް ސައްތައިން ސައްތަ ރިކޯޑަކާއެކު މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. މި މެޗު ބެލްޖިއަމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ޔޫރޯ 2020 - ރަޝިއާ އާއި ޑެންމާކް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް ބީ ގައި ފަސޭހަކަމާއެކު ރަޝިއާ ބަލިކޮށް ޑެންމާކުން ވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މި މެޗުން ޑެންމާކް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ޑެންމާކް ވެގެން ގޮސްފައިވަނީ ޔޫރޯގެ ތާރީޚުގައި ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް، ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމަށެވެ.

ޔޫރޯ 2020 - ސްވިޓްޒަލެންޑާއި ތުރުކީ ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް އޭ ގައި ސްވިޓްޒަލެންޑުން ވަނީ ތުރުކީ ފަސޭހަކަމާއެކު ބަލިކޮށްފައެވެ. މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ސްވިޓްޒަލެންޑަށް ލިބެނީ ގްރޫޕުގެ ތިންވަނައެވެ.

ޔޫރޯ 2020 - އިޓަލީ އާއި ވޭލްސް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް އޭގައި އިޓަލީން ވަނީ ވޭލްސްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. އެއާއެކު އިޓަލީއަށް ގްރޫޕުގެ އެއްވަނަ ލިބުނުއިރު، ވޭލްސް ވަނީ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

ނަފްރަތުގެ ބިލާއި ގުޅޭ ގޮތުން އަދާލަތު ޕާޓީން ރައީސް ސޯލިހާ ބައްދަލުކުރެއްވުން
ނަފްރަތުގެ ބިލާއި ގުޅޭ ގޮތުން އަދާލަތު ޕާޓީގެ ލީޑަރޝިޕާ ބައްދަލުކުރައްވާ، ނަފްރަތުގެ އަމަލުތަކާ ގުޅޭގޮތުން ޤާނޫނުލްޢުޤޫބާތަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވާ ބިލާ މެދު ހުރި ކަންބޮޑުވުންތަކާއި، ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ އިސްވެރިންގެ އިތުރުން ދީނީ އިލްމުވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޔޫރޯ 2020 - ހަންގޭރީ އާއި ފްރާންސް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ މަރުގެ ގްރޫޕުގައި ހިމެނޭ ހަންގޭރީ އާއި ފްރާންސްގެ ކުރިމަތިލުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޔޫރޯ 2020 - ޕޯޗުގަލާއި ޖަރުމަން ބައްދަލުކުރި މެޗު
ޔޫރޯ 2020 ގައި ޖަރުމަނުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް 4-2 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އެހެންކަމުން މި ގްރޫޕުން ދެވަނަ ބުރަށް ދަތުރުކުރާނެ ޓީމުތައް އެނގޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށްފަހުއެވެ.

ޔޫރޯ 2020 - ސްޕެއިނާއި ޕޮލެންޑް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް އީ ގައި ޕޮލެންޑުން ވަނީ ސްޕެއިނާ އެއްވަރުކޮށް ގްރޫޕް ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު އާކޮށްފައެވެ. މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ޔޫރޯ 2020 - ސްވިޑެން އާއި ސްލޮވާކިއާ ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް އީ ގައި ސްވިޑެން އިން ވަނީ ސްލޮވާކިއާ 1-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މި ނަތިޖާއާއިއެކު ސްވިޑެން ވަނީ ދެވަނަ ބުރުގެ ޖާގަ އެއް ކަށަވަރު ކުރުމާ ގާތަށް ޖެހިލާފައެވެ.

ޔޫރޯ 2020 - ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް ޑީ ގައި ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ކްރޮއޭޝިއާއަށް ކުރިޔަށް އޮތް މެޗުން ތިން ޕޮއިންޓް ހޯދުމަށް ވަނީ މަޖުބޫރު ވެފައެވެ.

ޔޫރޯ 2020 - އިންގްލެންޑާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް ޑީ ގައި އިންގްލެންޑާއި ސްލޮވާކިއާގެ ކުރިމަތިލުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި މެޗު އެއްވަރުވުމާއިއެކު މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ އިންގްލެންޑަށް ދެވަނަ ބުރަށް ދިޔުމަށް އިތުރު އިންތިޒާރެއް ވަނީ ކުރަން ޖެހިފައެވެ.

ޔޫރޯ 2020 - ނެދަލެންޑްސް އާއި އޮސްޓްރިއާ ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް ސީ ގައި އޮސްޓްރިއާ ބަލިކޮށް ނެދަލެންޑްސްއިން ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗު ނެދަލެންޑްސްއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ޔޫރޯ 2020 - ޑެންމާކާއި ބެލްޖިއަމް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް ބީ ގައި ޑެންމާކް ބަލިކޮށް ބެލްޖިއަމުން ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ބެލްޖިއަމުން ކާމިޔާބުކުރީ ފަހަތުން އަރާައި2-1 ގެ ނަތީޖާއަކުންނެވެ.

ޔޫރޯ 2020 - ޔޫކްރޭނާއި ނޯތު މެސެޑޯނިއާ ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް ސީ ގައި ނޯތު މެސެޑޯނިއާ އަތުން ހަނި ގޮތަކަށް މޮޅުވީ ޔޫކްރޭނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ޔޫކްރޭނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ޔޫރޯ 2020 - އިޓަލީ އާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް އޭ ގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން އިޓަލީ ވަނީ 3-0 ގެ ނަތީޖާއަކުން ސްވިޓްޒަލެންޑް ބަލިކޮށްފައެވެ. އެއާއެކު އިޓަލީވަނީ މި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

ޔޫރޯ 2020 - ތުރުކީ އާއި ވޭލްސް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް އޭ ގައި ހިމެނޭ ތުރުކީ އާއި ވޭލްސްގެ ކުރިމަތިލުން ކާމިޔާބުކުރީ ވޭލްސްއިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ވޭލްސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ޔޫރޯ 2020 - ފިންލެންޑާއި ރަޝިއާ ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުތައް ބުދަ ދުވަހު ހަވީރު ވަނީ ފަށާފައެވެ. އެގޮތުން ބުދަ ދުވަހުގެ ހަވީރު ފިންލެންޑާއި ރަޝިއާ ބައްދަލުކުރިއިރު، މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރަޝިއާއިންނެވެ.

ޔޫރޯ 2020 - ފްރާންސް އާއި ޖަރުމަން ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ މަރުގެ ގްރޫޕްގެ ވަރުގަދަ ކުރިމަތިލުމަކަށް ވެގެންދިޔައީ ފްރާންސް އާއި ޖަރުމަން ބައްދަލުކުރި މެޗެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ފްރާންސްއިން ކާމިޔާބުކުރިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ޖަރުމަނުގެ ހަމެލްސް އަތުން ބައި ކޮޅަށް ވަން ލަނޑެކެވެ.

ޔޫރޯ 2020 - ހަންގޭރީ އާއި ޕޯޗުގަލް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ހަންގޭރީއާ ޕޯޗުގަލެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކާމިޔާބުކޮށްފައިވާއިރު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި މެޗުގައި ތިން ރިކޯޑެއް ހަދައި، ޔޫރޯގެ ތާރީޚުން ޖާގަ ހޯދާފައެވެ.

ޔޫރޯ 2020 - ސްޕެއިނާއި ސްވިޑެން ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް އީ ގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ސްޕެއިނާއި ސްވިޑެންއެވެ. މި މެޗު ނިމިގެންދިޔައީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޔޫރޯ 2020 - ޕޮލެންޑާއި ސްލޮވާކިއާ ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް އީ ގެ ފުރަތަމަ މެޗުގައި ޕޮލެންޑާއި ސްލޮވާކިއާ ބައްދަލުކުރިއިރު، މި މެޗު ސްލޮވާކިއާއިން ވަނީ 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

ޔޫރޯ 2020 - ޗެކް ރިޕަބްލިކާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް ޑީ ގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ޗެކް ރިޕަބްލިކާއި ސްކޮޓްލެންޑެވެ. މި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެކް ރިޕަބްލިކުންނެވެ.

ޔޫރޯ 2020 - ނެދަލެންޑްސް އާއި ޔޫކްރޭން ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް ސީ ގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ނެދަލެންޑްސް އާއި ޔޫކްރޭނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފަހު ވަގުތު ޖެހި ލަނޑާއެކު މެޗު ކާމިޔާބުކޮށްފައިވަނީ ނެދަލެންޑްސްއިންނެވެ.

ޔޫރޯ 2020 - އޮސްޓްރިއާ އާއި ނޯތު މެސެޑޯނިއާ ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް ސީ ގެ ފުރަތަަމަ މެޗުގައި ބައްދަލުކުރީ އޮސްޓްރިއާ އާއި މެސެޑޯނިއާއެވެ. މި މެޗު 3-1 ގެ ނަތީޖާއިން އޮސްޓްރިއާ ވަނީ ކާމިޔާބުކޮށްފައެވެ. މިއީ އޮސްޓްރިއާއަށް ޔޫރޯ މުބާރާތުގެ މެޗެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ޔޫރޯ 2020 - އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު
ޔޫރޯ 2020 ގެ ގްރޫޕް ޑީ ގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އިންގްލެންޑާއި ކްރޮއޭޝިއާއެވެ. މި މެޗު ކްރޮއޭޝިއާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައި އިންގްލެންޑުން ވަނީ މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ.

ޔޫރޯ 2020 - ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗު
ޔުއެފާ ޔޫރޯ 2020 ގެ ގްރޫޕް ބީ ގައި ހިމެނޭ ފިންލެންޑުން ވަނީ ޑެންމާކް އަތުން މޮޅުވެފައެވެ. ހޮނިހިރު ދުވަހުގެރޭ ޕާކެން ސްޓޭޑިއަމުގައި ކުޅުނު މެޗުން ފިންލެންޑް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ޔޫރޯ 2020 - ބެލްޖިއަމާއި ރަޝިއާ ބައްދަލުކުރި މެޗު
ޔުއެފާ ޔޫރޯ 2020 ގެ ގްރޫޕް ބީ ގެ ދެވަނަ މެޗުގައި ބެލްޖިއަމާއި ރަޝިއާ ބައްދަލުކުރިއިރު، މި މެޗު ބެލްޖިއަމުން ވަނީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ޔޫރޯ 2020 - އެރިކްސަންއަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދިޔުން
ޔުއެފާ ޔޫރޯ 2020 ގައި ހޮނިހިރު ދުވަހުގެރޭ ޑެންމާކާއި ފިންލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން ހޭނެތިގެން ދަނޑަށް ވެއްޓުނު އެރިކްސަން ހޮސްޕިޓަލަށް ވަގުތުން ވަނީ ގެންގޮސްފައެވެ. އަދި މިހާރު އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔޫރޯ 2020 - ވޭލްސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗު
ޔޫރޯ 2020 - ގްރޫޕް އޭ ގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ވޭލްސް އާއި ސްވިޓްޒަލެންޑް އެވެ. މި ދެޓީމުގެ ކުރިމަތިލުން ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.