Raajje.mv
ފޮޓޯ ގެލަރީ

ރައީސް ނަޝީދުގެ މި ފޮޓޯތަކަށް އެތައް ބައެއްގެ ސަމާލުކަން

6 މެއި 2021 ވަނަ ދުވަހަކީ މުޅި ރާއްޖެ ސިއްސުވާލި ބިރުވެރި ދުވަހެކެވެ. ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގައި އެމަނިކުފާނަށް ލިބުނު އަނިޔާތަކުގައި އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާ އަށް ޖަރުމަންވިލާތަށް 13 މެއި 2021 ގައި ވަޑައިގެންނެވިއެވެ.

ނާޒުމީ ސައީދު
17 މެއި 2021
ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން ސާބެ - ރައީސް ނަޝީދާއެކު އާއިލާގެ ބޭފުޅެއްގެ ގޮތުގަ ސާބެ ވަޑައިގެންނެވި، ރައީސް ނަޝީދުގެ ހަށިކޮޅުގެ ސީޓީ ސްކޭނެއް ހަދާފައިވާއިރު، ސްކޭންގެ ނަތީޖާ އައުމުން ފަރުވާ ފަށާނެ ކަމަށް އާއިލާއިން ވަނީ ބުނެފައި. މި ފޮޓޯއަކީ ޖަރުމަންވިލާތައް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ޓްވިޓާގައި އާންމުކުރި ފޮޓޯ. މި ފޮޓާއާއި އެކު ގިނަ ބައެއްގެ ސަމާލުކަން ހުއްޓި މި ފޮޓޯ އެކި ގޮތްގޮތަށް ބޭނުން ކުރެވުނު - ފޮޓޯ: އީވާ އަބްދުﷲ

ރައީސް މުހައްމަދު ނަޝީދު - އެމަނިކުފާނުގެ ހަށިކޮޅަށް ބޮޑެތި އަނިޔާވެފައިވާއިރު، މިވަގުތު ހާލުކޮޅު ރަނގަޅުވަމުން އައިނަމަވެސް، އެމަނިކުފާނުގެ ފުރާނަފުޅަށް އޮތް ނުރައްކާ ފިލައިގެން ނުދާކަމަށް މަޖިލީހުން ވަނީ ބުނެފައި. ރައީސް ނަޝީދު ދަތުރުކުރެއްވި އެއާރ އެމްބިއުލާންސްގެ ޚަރަދާއި ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސީ އޮނަރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށް އަދި ދަތުރުފުޅުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ޖަރުމަނުވިލާތުގައި ހުންނަ ރާއްޖޭގެ އެންބަސީ މެދުވެރިކޮށް ޖަރުމަނުގެ ސަރުކާރުން - ފޮޓޯ: އީވާ އަބްދުﷲ

ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތުގައި - މެއި 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއިން ލިބުނު އަނިޔާތަކުން ފުރާނަފުޅު ސަލާމަތް ކުރެވުނީ ވަރަށް ހަނި ފުރުސަތަކުން ކަމަށް އެމަނިކުފާނަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ ހާމަކޮށްފައި، އަދި އިތުރު ފަރުވާ އަށް ޖަރުމަނަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކުގެ ފޮޓޯތައް ވެސް ވަނީ އާންމުކޮށްފައި. އުފަންދުވަހާ ދިމާކޮށް ރީތި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު، އެމަނިކުފާނަށް އޮތް ލޯބި ދައްކުވައިދީ ގިނަބަޔަކު ދަނީ އެކި މެސެޖްތައް ފޯރުކޮށްދެމުން - ފޮޓޯ: ފާތިނާ ހަކީމް / ޓްވިޓަރ

ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތުގައި - އެމަނިކުފާނުގެ އުފަންދުވަހާ ދިމާކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޓްވިޓަރ އަށް އާންމު ކުރި މި ފޮޓޯ އަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު، ހާއްސަކޮށް ރައީސް ނަޝީދުގެ ސަޕޯޓަރުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވި - ފޮޓޯ: އީވާ އަބްދުﷲ