ފޮޓޯ އިން ޚަބަރު
13 މެއި 2021 | ބުރާސްފަތި 14:11
-
3590
ދުނިޔޭގެ ކަންކޮޅުތަކުން ޢީދު ނަމާދު
މިއީ 1442 ވަނަ އަހަރު މަސްޖިދުއް ނަބަވީ އަދި މައްކާގެ ހަރަމްފުޅުގަައި ކުރެވުނު ޢީދު ނަމާދެވެ.
މައްކާގެ ހަރަމްފުޅުގައި ކުރެވުނު ފިތުރު ޢީދު ނަމާދު - ކޮވިޑް-19 ގެ ސަބަބުން އެތައް ފަހަރެއްގެ މަތިން މިސްކިތްތައް ބަންދުކުރަން ޖެހުނު، ހާއްސަ ފިޔަވަޅުތަކާއި އެކު މިސްކިތްތަކުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމާއި އެކު އެތައްބަޔަކު މިސްކިތުގައި ގިނަ ވަގުތު ހޭދަކުރަމުންދޭ - ފޮޓޯ: ސައުދީ ގެޒެޓް
މައްކާގެ ހަރަމްފުޅުގައި ކުރެވުނު ފިތުރު ޢީދު ނަމާދު - ކޮވިޑްގެ ޚާއްސަ ފިޔަވަޅުތަކާއި އެކު ފިތުރު ޢީދު ނަމާދު މައްކާގެ ހަރަމްފުޅުގައި ކުރެވުނު އިރު އެތައް ބަޔަކު ވަނީ ނަމާދުގައި ބައިވެރިވެފައި - ފޮޓޯ: ސައުދީ ގެޒެޓް
މައްކާގެ ހަރަމްފުޅުގައި ކުރެވުނު ފިތުރު ޢީދު ނަމާދަށްފަހު އޮފިޝަލަކު ހަދިޔާދެނީ - ފޮޓޯ: ސައުދީ ގެޒެޓް
މައްކާގެ ހަރަމްފުޅުގައި ކުރެވުނު ފިތުރު ޢީދު ނަމާދުގެ ތެރެއިން - ފޮޓޯ: ސައުދީ ގެޒެޓް
މަސްޖިދުއް ނަބަވީގައި ކުރެވުނު ފިތުރު ޢީދު ނަމާދު - މި މިސްކިތުގައި ކުރާ ނަމާދަކަށް އެނޫން މިސްކިތްތަކުގައި ކުރާ އެއްހާސް ނަމާދާ އެއްވަރުގެ ސަވާބެއް ލިބޭނެ ކަމަށް އިތުރު އެކަލޭގެފާނު ޙަދީސް ކުރައްވާފައިވޭ - ފޮޓޯ: ސައުދީ ގެޒެޓް
މަސްޖިދުއް ނަބަވީގައި ކުރެވުނު ފިތުރު ޢީދު ނަމާދު - މަސްޖިދުއްނަބަވީ ހުންނަނީ މަދީނާގައި، މިއީ ކީރިތި ރަސޫލާގެ މިސްކިތް، މިއީ މާތްވެގެންވާ މިސްކިތެއް - ފޮޓޯ: ސައުދީ ގެޒެޓް
މަސްޖިދުއް ނަބަވީގައި ކުރެވުނު ފިތުރު ޢީދު ނަމާދު - ރައުޟާއަށް ވަނުމުގެ ފުރުސަތު ލިބިއްޖެނަމަ ތަހިއްޔަތުލް މަސްޖިދި ނުވަތަ މަސްޖިދު ސުންނަތް ކުރުމުން ނުވަތަ ޖަމާޢަތުގެ ނަމާދާ ދިމާވެއްޖެ ނަމަ ޖަމާޢަތުގައި ނަމާދު ކުރުން ރަނގަޅުވާނެ، ރައުޟާއަށް ޒިޔާރަތްކުރުމަށްފަހު، އަދަބު އިޚްތިރާމާއެކު އެކަލޭގެފާނާއި، އަބޫބަކުރުގެފާނާއި، އުމަރުގެފާނަށް ޒިޔާރަތްކުރުމަށްފަހު ސަލާމް ދަންނަވަންވާނެ - ފޮޓޯ: ސައުދީ ގެޒެޓް
މަސްޖިދުއް ނަބަވީގައި ކުރެވުނު ފިތުރު ޢީދު ނަމާދު - މި މިސްކިތުގެ ޚާއްސަ ތައްތަނުގެ ތެރޭގައި އިތުރު އެކަލޭގެފާނުގެ މިމްބަރުކޮޅާއި އެކަލޭގެފާނުގެ ގެއާއި ދެމެދުގައިވާ ރައުޟާ ހިމެނޭ، އެތަނަކީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއް ކަމަށް ހަދީސްތަކުގައިވޭ - ފޮޓޯ: ސައުދީ ގެޒެޓް
raajjemv logo

All rights reserved