ސައުދީ އަރަބިއްޔާގައި ބޭއްވި 46 ވަނަ ކިންގް އަބްދުލްއަޒީޒް ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގައި ދެކުނު އޭޝިއާގެ ގައުމުތަކުން ބޮޑު ކާމިޔާބީއެއް ހޯދައިފި. ޖުމްލަ 133 ގައުމަކުން ވާދަކުރި މި މުބާރާތުގައި ރާއްޖޭގެ ފާތިމަތު ޝާޔާ ޒާހިރު މުޅި ގުރުއާން ހިތުދަސްކުރުމުގެ ގޮފިން ހަތަރުވަނަ ހޯދިއިރު، ބަންގްލަދޭޝް އާއި ބަރުމާ އަދި ސްރީލަންކާގެ ބައިވެރިން ވެސް ވަނީ އެކި ގޮފިތަކުން މަތީ ވަނަތައް ހާސިލްކޮށްފައި