Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ޙައްދު ޤާއިމް ކުރުން

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

މުޙްޞަނު، (ޒިނޭ ކުރުމުގެ ކުރިން ރަނގަޅު ކައިވެންޏަކުން ކައިވެންޏެއް ކޮށްފައިވާ މީހާއެވެ.)

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2019 | އަންގާރަ 03:58
ދެޖިންސުގެ ދެ މީހަކު حلال ނޫން ގޮތުގައި ޖިންސީ ގުޅުންތައް ހިންގައި، جماع ވުމެވެ.

ދެޖިންސުގެ ދެ މީހަކު حلال ނޫން ގޮތުގައި ޖިންސީ ގުޅުންތައް ހިންގައި، جماع ވުމެވެ.

19 ޑިސެމްބަރ 2018 ގެ ލިޔުމާ ގުޅޭ

ޙައްދު ޤާއިމްކުރެވޭ ކަންކަން:

ހ. ޒިނޭ ކުރުމުގެ ކުށް:

ޒިނޭ ކުރުމަކީ، ފިރިހެނާގެ ޒަކަރުން، ޚިތާނު ކުރީމާ ފާޅުވާ ހިސާބު ނުވަތަ އެބައި ނެތް މީހާ، ޒަކަރުން ދެން އޮތް ބައިން އެމިންވަރު، ކައިވެނީގެ ޝުބުހަ އެއް ނެތި ޠަބީޢީގޮތުން އެދުންވެރިވާ، ޙަރާމްވެގެންވާ ފަރުޖަކަށް ވެއްދުމެވެ.

ހ.1. ޒިނޭއަކީ ކޮބާ؟

ޒިނޭ ކުރުމަކީ: ދެޖިންސުގެ ދެ މީހަކު حلال ނޫން ގޮތުގައި ޖިންސީ ގުޅުންތައް ހިންގައި، جماع ވުމެވެ. ޒިނޭއަކީ އިސްލާމްދީން ދެކޭ ގޮތުގައި ވަރަށް ނުބައި ފާޙިޝް ޢަމަލެކެވެ. الله تعالى ވަޙީކުރައްވަނީ: وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلً (الإسراء: ٣٢) މާނައީ: "އަދި ތިޔަބައިމީހުން ޒިނޭއާއި ގާތްނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހައުދަހައި ނުބައި ވެގެންވެއެވެ." ޒިނޭ އަކީ ހުތުރުކަން ބޮޑުވެގެން ވާ ފާފައަކަށް ވާތީ الله ވަނީ މި ފާފައަށް ޙައްދު ކަނޑަ އަޅުއްވާފައެވެ. ނޫރުސޫރަތުގެ 2 ވަނަ އާޔަތުގައި ވަނީ: الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ މާނައީ "ޒިނޭކުރާ އަންހެން މީހާ އާއި އަދި ފިރިހެން މީހާ އާއި ދެ މީހުން ކުރެ ކޮންމެ މީހެއްގެ ގައިގައި ސަތޭކަ އެތިފަހަރުން ޙައްދު ޖަހާށެވެ." ޙައްދު ޖެހުމުގައި އޭނާގެ މޫނާއި މޭމަތި ފަދަ އޭނާގެ ރީތިކަމަށް ހުތުރުކަމެއް އަތުވެދާނެ ތަނެއްގައި ތަޅައިގެން ނުވާނެއެވެ. ޒިނޭކުރި އަންހެން މީހާ ބަލިވެ އިން ކަމަށްވާ ނަމަ އޭނާގެ މައްޗަށް ޙައްދު ޤާއިމް ކުރާނީ ވިހާ ގަދަވުމަށް ފަހު ގައެވެ.

ޒިނޭ ކުރާ މީހުން ބެހޭ ބައިތައް:

ޒިނޭކުރާ މީހުން ބެހެނީ 2 ބަޔަކަށެވެ. އެއީ:

(ހ) މުޙްޞަނު، (ޒިނޭ ކުރުމުގެ ކުރިން ރަނގަޅު ކައިވެންޏަކުން ކައިވެންޏެއް ކޮށްފައިވާ މީހާއެވެ.)

(ށ) ޣައިރު މުޙްޞަނު (އެއީ ޒިނޭކުރުމުގެ ކުރިން ކައިވެންޏެއް ކޮށްފައި ނުވާ މީހާއެވެ.)

މުޙްޞަނާގެ ޙައްދަކީ: ރަޖަމުކުރުމެވެ. އެއީ މެދުމިންވަރުގެ ހިލައިން ނުވަތަ ގަލުން އޭނާގެ ގައިގައި ތަޅައި މެރުމެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ހިނގާފައިވާ މި ޙާދިޘާއިން މިކަމަށް ދަލީލު ލިބެއެވެ. ماعز بن مالك ޒިނޭކުރި ކަމަށް އިޢުތިރާފް ވުމުން ރަޖަމްކުރެއްވި އެވެ. عَنْ أَبِي هُرَيْرَةَ، قَالَ: }أَتَى رَجُلٌ مِنَ الْمُسْلِمِينَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ فِي الْمَسْجِدِ فَنَادَاهُ فَقَالَ: يَا رَسُولَ اللهِ، إِنِّي زَنَيْتُ فَأَعْرَضَ عَنْهُ فَتَنَحَّى تِلْقَاءَ وَجْهِهِ فَقَالَ: يَا رَسُولَ اللهِ، إِنِّي زَنَيْتُ فَأَعْرَضَ عَنْهُ حَتَّى ثَنَّى ذَلِكَ عَلَيْهِ أَرْبَعَ مَرَّاتٍ، فَلَمَّا شَهِدَ عَلَى نَفْسِهِ أَرْبَعَ شَهَادَاتٍ دَعَاهُ فَقَالَ: «أَبِكَ جُنُونٌ؟» قَالَ: لَا قَالَ: «فَهَلْ أُحْصِنْتَ؟» قَالَ: نَعَمْ فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «اذْهَبُوا بِهِ فَارْجُمُوهُ» متفق عليه މާނައީ: أبو هريرة رضي الله عنه ގެ އަރިއަހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ސަލާމާއި، ޞަލާވާތް ލެއްވި ރަސޫލާ މިސްކިތުގައި އިންނަވަނިކޮށް މުސްލިމުންގެ ތެރެއިން ފިރިހެނަކު އައިސް އެކަލޭގެފާނަށް ގޮވައިލައިފައި ދެންނެވިއެވެ. އޭ ރަސޫލު اللهގެ ފާނެވެ! ހަމަކަށަވަރުން އަޅުގަނޑު ޒިނޭ ކޮށްފީމެވެ. ދެން ފަހެ އިތުރު އެކަލޭގެފާނު މޫނުފުޅު އަނެއް ފަރާތަށް އަނބުރައިލެއްވިއެވެ. އެމީހަކު އެފަރާތަށް ގޮސް ހަމަ އެގޮތަށް ދެންނެވިއެވެ. އެމީހާ އެގޮތަށް 4 ފަހަރު ދެންނެވުމުން، އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. "ތިބާގެ ކިބައިގައި މޮޔަކަމެއް ވޭހެއްޔެވެ؟" އޭނާ ދެންނެވިއެވެ. ނޫނެކެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ތިބާއީ މުޙްޞަނެއް ހެއްޔެވެ؟" އޭނާ ދެންނެވި އެވެ. އާދޭހެވެ. ދެން ފަހެ ކީރިތި ރަސޫލާ އެކަލޭގެފާނުގެ އަޞްޙާބުންނަށް ޙަދީޘް ކުރެއްވިއެވެ. "ތިޔަ ބޭކަލުން މި މީހާ ގޮވައިގެން ދާށެވެ! އަދި އޭނާ ރަޖަމް ކުރާށެވެ."

ރަޖަމު ކުރާއިރު ފިރިހެން މީހާ ބަނދެ ނުވަތަ ވަޅުލާފައި ބެހެއްޓުން ހުއްދައެއް ނޫނެވެ. އަންހެންމީހާގެ އުނަގނޑުން ތިރި ވަޅުލެވިދާނެއެވެ. މިގޮތުން، ތަޅާއިރު އޭނާގެ މޫނުގައި ޖަހައިގެން ނުވާނެއެވެ. ރަޖަމު ކުރުމަށް ފަހު އެމީހުންނާ މެދު ކަންތައް ކުރާނީ މުސްލިމުންނާ މެދު ކަންތައް ކުރަން އަންގަވައިފައިވާ ގޮތަށެވެ. ޣައިރު މުޙްޞިނު މީހާގެ ޙައްދަކީ 100 އެތިފަހަރުން ތަޢްޒީރުކޮށް އެއް އަހަރުގެ މުއްދަތަށް އަރުވާލުމެވެ. ނުވަތަ ބަންދުކުރުމެވެ.

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ސައޫދީއަރަބިއްޔާގެ މިސްކިތްތަކުގައި ކުރެވޭ ދަމުނަމާދުގައި އެހާދިގުކޮން ނުކިޔެވުމަށް އަންގައިފި

ސައޫދީއަރަބިއްޔާގެ މިސްކިތްތަކުގައި ކުރެވޭ ދަމުނަމާދުގައި އެހާދިގުކޮން ނުކިޔެވުމަށް އަންގައިފި

16 އެޕްރީލު 2022
ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

18 އެޕްރީލު 2021
ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

11 އޮކްޓޯބަރު 2019
ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

31 މާރިޗު 2019
‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

19 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު