Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

ގުރުއާނުން އެކަނި ދަލީލު ނަގައިގެން އަމަލު ކުރުމަކީ މުސްތަހީލު ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2019 | ހުކުރު 07:49
އިސްލާމީ މަރުކަޒު

އިސްލާމީ މަރުކަޒު

ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކީރިތި ރަސޫލާ މުހައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ނަމޫނާއެއް ކަމުގައި ބެލުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

ކީރިތި ރަސޫލާގެ ސުންނަތަކީ ޝަރީއަތުގެ ދެވަނަ މަސްދަރު މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ސުންނަތަކީ ކީރިތި ރަސޫލާ މުހައްމަދުގެފާނުގެ އަރިހުން ސާބިތުވެފައިވާ ބަސްފުޅުތަކާއި އަމަލުފުޅުތަކާއި ކީރިތި ރަސޫލާގެ ކުރިފުޅުމަތީގައި ކަމެއް ހިނގަނިކޮށް ފެނިވަޑައިގެން އެކަމަށް އިންކާރު ނުކުރައްވާ ކޮންމެ ކަމަކާއި، އެކަލޭގެފާނުގެ ޒަމާނުގައި ހިނގި ކަމެއް އެނގިވަޑައިގަތުމުން އެކަމަކާ އިންކާރު ނުކުރައްވާ ކޮންމެ ކަމެއް ކަމަށެވެ.

ނަމަވެސް ސުންނަތޭ ބުނުމުން މުސްލިމުންގެ ތެރެއިން ގިނަ ބަޔަކަށް ވިސްނިފައި އޮންނަނީ އެއީ ކުރުމާއި ނުކުރުން ހަމަހަމަ ކަންތައް އެކަނިކަން ކަމަށާއި، ޝަރުއީ ކަމެއް ސުންނަތުން ސާބިތުވި ނަމަވެސް ގުރުއާނުގައި ސަރީހަކޮށް އޭގެ ހުކުމް އައިސްފައިނުވާނަމަ އެއީ ކުރުމުން ސަވާބު ލިބޭ އަދި ނުކޮށް ދޫކޮށްލި ނަމަވެސް އަޒާބު ނުލިބޭ ކަމެއް ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މުސްލިމުން އަމަލުކުރަންޖެހޭ ހުރިހާ ކަމެއް މާތްﷲ ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައިވާކަމަށާއި، އޭގެން ބޭރުން އެހެން އެއްޗެއް ބަލަން ނުޖެހޭ ކަމަށް ބައެއް މީހުންދެކޭކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ މިއީ ވަރަށް ބޮޑު އޮޅުމެއް ކަމަށާއި، އެހެނީ އިސްލާމީ ޝަރީއަތުގެ ވަރަށް ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫއަނުވެ، ގުރުއާނުން އެކަނި ދަލީލު ނަގައިގެން އަމަލު ކުރުމަކީ މުސްތަހީލު (އެއްގޮތަކަށްވެސް ނުވާނެ) ކަމެއް ކަމަށެވެ.

މީގެއިތުރުން ޚުތުބާގައި ބުނީ ކީރިތި ﷲ އަހަރުމެންގެ ގާތަށް ރަސޫލަކު ފޮނުއްވީ ސީދާ މަގަށް މަގު ދެއްކެވުމަށް ކަމަށެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވުމަކީ އަހަރެމެންގެ މައްޗަށް ވާޖިބު ކަމެއް ކަމަށާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް އެކަލޭގެފާނު، ނަމޫނާއެއް ކަމުގައި ބަލަން ޖެހޭ ކަމަށެވެ.

ރަސޫލާގެ ސުންނަތަށް އިންކާރުކުރާ މީހުން ބުނާ ވާހަކަތަކަށް އަލިއަޅުއްވާލައްވާ ޚުތުބާގައި ބުނީ ރަސޫލާގެ ސުންނަތް އައިސްފައިވަނީ އެހާ އިތުބާރު ހުރިގޮތަށް ނޫންކަމަށް އެމީހުން ބުނި ނަމަވެސް އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށެވެ.

އެހެނީ ކީރިތި ރަސޫލާގެ ސުންނަތަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެއް ކަމަށާއި، ކީރިތި ރަސޫލާގެ ސުންނަތް އަހަރުމެންނާ ހަމައަށް އައިސްފައިވަނީ ކީރިތި ގުރުއާންވެސް އަހަރުމެންނާ ހަމައަށް އައިސްފައިވާ މަގުން ތަވާތުރުކޮށް (އެކެއްގެ ކިބައިން އަނެކެއްގެ ކިބައިން) އަސްހާބު ބޭކަލުންގެ އަރިހުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކީރިތި ރަސޫލާއަކީ މީސްތަކުންނަށްވާ ނަމޫނާއެއް

ކީރިތި ރަސޫލާއަކީ މީސްތަކުންނަށްވާ ނަމޫނާއެއް

24 އެޕްރީލު 2022
ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

09 މެއި 2021
ކީރިތި ރަސޫލާގެ ވަދާޢުގެ ޚުޠުބާ

ކީރިތި ރަސޫލާގެ ވަދާޢުގެ ޚުޠުބާ

29 ޖުލައި 2020
އިސްލާމް ދީނުގައި ކީރިތި ރަސޫލާގެ ސުއްނަތުގެ މަޤާމު

އިސްލާމް ދީނުގައި ކީރިތި ރަސޫލާގެ ސުއްނަތުގެ މަޤާމު

15 ޖުލައި 2018

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު