Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ޙައްދު ޤާއިމް ކުރުން

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ޢުޤޫބާތު ބެހެވިގެންވަނީ ދެބަޔަކަށެވެ. އެއީ ޙައްދުތަކާއި، ތަޢުޒީރުތަކެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2018 | ހުކުރު 13:39
ކުރީގެ ސަރުކާރުގެ ވެރިން: ޙާކިމަކަށް ވެސް، ފަނޑިޔާރަކަށް ވެސް، އަދި އެނޫން މީހަކަށް ވެސް ޙައްދު ޤާއިމު ނު ކުރުމުގެ އިޚްތިޔާރު ލިބިގެނެއް ނުވެއެވެ.

ކުރީގެ ސަރުކާރުގެ ވެރިން: ޙާކިމަކަށް ވެސް، ފަނޑިޔާރަކަށް ވެސް، އަދި އެނޫން މީހަކަށް ވެސް ޙައްދު ޤާއިމު ނު ކުރުމުގެ އިޚްތިޔާރު ލިބިގެނެއް ނުވެއެވެ.

إسلامى شريعة އަކީ الله سبحانه وتعالى އެންމެ ފަހުގެ ނަބިއްޔާ އަދި ރަސޫލާ محمد صلى الله عليه وسلم މެދުވެރި ކުރައްވައި، ފޮނުއްވި ނިޡާމެކެވެ. ދުނިޔޭގައިވާ ތަކެތީގެ ތެރެއިން ގިނަތަކެތީގެ މައްޗަށް އެ އިންސާނާ މަތިވެރި ކުރެއްވިއެވެ. އެއީ الله سبحانه وتعالى އަށް އަޅުކަން ކުރުމަށާއި، ދުނިޔެ އާއި، އާޚިރަތް ބާއްޖަވެރި ކޮށް ތަޢުމީރު ކުރުމަށެވެ. އެކަން އެ އިންސާނާއަށް ފުރިހަމަ ކުރެވޭނީ ﷲ އަށް އަޅުކަން ކުރުމަށްފަހު، އާޚިރަތާއި ދުނިޔެ ބާއްޖަވެރި ކުރުމަށްޓަކައި އަމަން އަމާން މާޙައުލަކާއި، ވެށްޓެއް އޮވެގެންނެވެ. އަދި އެކަކު އަނެކެއްގެ މަޞްލަޙަތާއި، ޖާނާއި، މާލު ރައްކާތެރި ކުރެވިގެންނެވެ. އަދި މީހުންގެ ކިބައި ގައި ބިރުވެރިކަމާއި، ހާސްކަން ނެތުމުންނެވެ. މިކަންތައް އިންސާނާއަށް ޙާޞިލް ކުރެވޭނީ 5 ކަމެއް ރައްކާތެރި ކުރެވިގެން ކަމުގައި އިސްލާމް ދީނުގައި ކަނޑަ އަޅުއްވާފައި ވެއެވެ. އެއީ އެ އިންސާނާގެ ޢަޤީދާ ނުވަތަ ދީނާއި، ނަފްސާއި، ނަސްލާއި، މުދަލާއި، ބުއްދިއާ އެވެ. މިކަންތައް ރައްކާތެރި ކުރެވޭނީ އެކަންތައްތަކަށް އަރައިގަންނަ ބަޔަކަށް ޙައްޤު އަދަބު ދެވިގެންނެވެ. މިފަދަ އަދަބުތަކަށް ޢުޤޫބާތޭ ކިޔެއެވެ.

ޢުޤޫބާތު ބެހެވިގެންވަނީ ދެބަޔަކަށެވެ. އެއީ ޙައްދުތަކާއި، ތަޢުޒީރުތަކެވެ. ޙައްދާއި ބެހޭގޮތުން ބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތުގައި الله تعالى ވަޙީ ކުރައްވަނީ: تِلْكَ حُدُودُ اللَّـهِ فَلَا تَقْرَبُوهَا ۗ كَذَٰلِكَ يُبَيِّنُ اللَّـهُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ މާނައީ: އެއީ، اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ، އެ އިންތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! (އެބަހީ: އެ އިންތައް ފަހަނަޅައި ނުދާށެވެ!) ޙައްދުތަކަކީ، ޝަރްޢުގައި ވަކި ކަހަލަ ކުށްތަކަކަށް ކަނޑަ އަޅުއްވާފައި ވާ އަދަބުތަކެކެވެ. މިއަދަބުތައް ކަނޑަ އަޅުއްވާފައި ވަނީ، الله سبحانه وتعالى ގެ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައެވެ. އެބަހީ، މުޅިޤައުމާއި އިންސާނުންގެ މަޞްލަޙަތު ރައްކާތެރި ކުރުމަށްޓަކައެވެ. ޢުޤޫބަތުގެ ބާވަތްތަކުގެ ތެރެއިން، އައްތަޢްޛީރު އަކަށް ޙައްދެކޭ ނުކިޔޭނެއެވެ. ސަބަބަކީ އޭގެ މިންވަރު ކަނޑައެޅިފައި ނުވާތީއެވެ. އަދި ޤިޞާޞްގެ މިންވަރު ކަނޑައެޅިފައިވިޔަސް އެއަކަށް ޙައްދެކޭ ނުކިޔޭނެއެވެ. އެއީ، އެކަމަކީ އަޅުތަކުންގެ ޙައްޤެއް ކަމަށްވާތީއެވެ. އޭގައި މަޢާފު ކުރުމާއި ޞުލްޙަވުންވެސް ހިމެނިފައިވާތީއެވެ.

މިކަން މިހެން ހަމަޖެހިފައި އޮތުމުގެ ސަބަބުން، ޙައްދުތަކުގެ އަދަބުތަކުގެ ތެރެއިން އެއްވެސް އަދަބެއް ލުއިކުރުން، ނުވަތަ މަޢާފުކުރުން، ނުވަތަ އެހެން އަދަބަކަށް ބަދަލު ކުރުމީ، އެއްވެސް މީހަކަށް އިޚްތިޔާރު ލިބިގެން ވާ ކަމެއްނޫނެވެ. ޙާކިމަކަށް ވެސް، ފަނޑިޔާރަކަށް ވެސް، އަދި އެނޫން މީހަކަށް ވެސް އެ އިޚްތިޔާރު ލިބިގެނެއް ނުވެއެވެ. އަދި ޙައްދެއްގައި ޝަފާޢަތްތެރި ވުމީ ވެސް ހުއްދަ ކަމެއް ނޫނެވެ. މިކަމުގެ ދަލީލަކަށް ޢިލްމުވެރިން ނަންގަވަނީ އަންނަނިވި ޙަދީޘެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَتَشْفَعُ فِى حَدًّ مِنْ حُدُودِ اللهِ؟ ثُمَّ قَامَ فَاخْتَطَبَ فَقَالَ: يَاأَيُّهَا النَّاسُ إِنَّمَا أَهْلَكَ الَّذِيْنَ مِنْ قَبْلِكُمْ أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمُ الشَّرِيفُ تَرَكُوهُ، وَإِذَا سَرَقَ فِيهِمُ الضَّعِيْفُ أَقَامُوا عَلَيْهِ الْحَدَّ، وَايْمُ اللَّهِ لَوْأَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا، ثُمَّ أَمَرَبِهَا فَقُطِعَتْ يَدُهَا (متفق عليه) މާނައީ: "ކަލޭގެފާނު (އެބަހީ: އުސާމާ) الله ކަނޑަ އަޅުއްވާފައިވާ ޙައްދު ތަކުގެ ތެރެއިން ޙައްދެއްގައި ޝަފާޢަތްތެރިވެ ވަޑައި ގަންނަވަނީ ތޯއެވެ؟ ދެން އިތުރު އެކަލޭގެފާނު ތެދުވެ ވަޑައިގެން ޚުޠުބާ އެއް ދެއްވިއެވެ. ދެން ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭ މީސްތަކުންނޭވޭ! ތިޔަބައި މީހުންގެ ކުރީގެ އުއްމަތްތަކުގެ މީހުން ހަލާކު ކުރެއްވީ، އެއުރެންގެ ތެރެއިން މާތް މީހަކު ވައްކަމެއް ކޮށްފި ނަމަ އަތްނުކަނޑައި ދޫކޮށްލަނީ އެވެ. އަދި އެއުރެންގެ ތެރެއިން ދެރަނިކަމެތި މީހަކު ވައްކަމެއް ކޮށްފި ނަމަ، ޙައްދު ޤާއިމުކޮށް އޭނާގެ އަތް ކަނޑަނީ އެވެ. މާތް الله ގަންދެއްވައި ވިދާޅުވަމެވެ. ހަމަ ކަށަވަރުން، މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް ކުރެއްވި ނަމަވެސް، ތިމަން ކަލޭގެފާނު އެކަމަނާގެ އަތްޕުޅު ކަނޑުއްވާ ނަމެވެ. ދެން އެއަންހެނާގެ އަތްކެނޑުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. އަދި އެއަންހެނާގެ އަތްކެނޑުނެވެ."

މިހެން ކަމުން ޙައްދު ޤާއިމު ކުރުމުގައި ދޭދޭ މީހުން ތަފާތެއް ނުކުރެވޭނެއެވެ. އެހެނީ ފަރުދުންގެ މުދަލާއި ފުރާނައާއި ފިކުރާއި ދީން ރައްކާތެރިކޮށް ޙިމާޔަތް ކުރުމަކީ ޖަމާޢަތުގެ ވާޖިބެކެވެ. ޞުލްޙަ މަސަލަސްކަން ގެއްލޭ ޙާލަތްތަކުގައި ޢަދްލު އިންޞާފުގެ ނިޡާމުން އެބައި މީހުން ހަމަ މަގަށް ގެނައުމުގައި حدّ އާއި، تعّذير އަކީ ވަރަށް ބޮޑު ދައުރެއް އަދާ ކުރާ ކަމެކެވެ.

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ސައޫދީއަރަބިއްޔާގެ މިސްކިތްތަކުގައި ކުރެވޭ ދަމުނަމާދުގައި އެހާދިގުކޮން ނުކިޔެވުމަށް އަންގައިފި

ސައޫދީއަރަބިއްޔާގެ މިސްކިތްތަކުގައި ކުރެވޭ ދަމުނަމާދުގައި އެހާދިގުކޮން ނުކިޔެވުމަށް އަންގައިފި

16 އެޕްރީލު 2022
ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

18 އެޕްރީލު 2021
ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

11 އޮކްޓޯބަރު 2019
ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

31 މާރިޗު 2019
‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

19 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު