Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްޙައްދު ޤާއިމް ކުރުން

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

 اللهގެ މިފަދަ ޢުޤޫބާތު ޝަރުޢު ކުރައްވާފައި ވަނީ އިންސާނުންގެ ކަރާމާތަށްޓަކަ އެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް | 10 ޑިސެމްބަރު 2018 | ހޯމަ 01:15
މީހަކު ދުއާކުރަނީ

މީހަކު ދުއާކުރަނީ

07 ޑިސެމްބަރ 2018 ގެ ލިޔުމާ ގުޅޭ

الحد ގެ لغوي މާނައަކީ:

المنع އެވެ. (މަނާ ކުރުމެވެ.) މިގޮތުން البوّاب (ދޮރު ބަލަހައްޓާ މީހާ) އަށް الحدّاد އޭ ވެސް ކިޔެއެވެ. އެއީ، އޭނާ ދޮރުން ވަނުމަށް މީސްތަކުންނަށް މަނާކުރާތީއެވެ. އިސްލާމީ ޝަރީޢަތުގައި العقوباتއަށް الحدއޭ ކިޔެނީ އެ حد ތަކުގެ ސަބަބުން އެފަދަ ކުށްތަކަށް އަރައިގަތުމަށް މަނާކުރާ ސަބަބަކަށް ވާތީ ކަމުގައި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ލިޔުއްވާފައި ވެއެވެ. حدود الله ގެ مراد އަކީ: މާތް الله حرام ކުރެއްވި ތަކެއްޗެވެ. ނުވަތަ ކަންތައްތަކެވެ. އެއީ އެފަދަ ކަންތައްތައް މާތް الله حرام ކުރައްވާފައި ވާ ތީއެވެ. އަންނަނިވި އާޔަތަކީ އޭގެ دليل ކެވެ. تِلْكَ حُدُودُ اللَّـهِ فَلَا تَقْرَبُوهَا (سورة البقرة:187) މާނައީ: "އެއީ މާތް الله ގެ حد ތަކެވެ. ފަހެ، ތިޔަބައިމީހުން އެއާ ކައިރި ނުވާށެވެ!"

الحد ގެ اصطلاحي معنى އަކީ:

އިޞްޠިލާޙީ މާނަ ޢިލްވެރިން ދެ ގޮތަކަށް ގެންނަވައެވެ. އެއްގޮތަކީ: މާތްالله ގެ حق އަށްޓަކައި ކަނޑައަޅާފައިވާ ވާޖިބު عقوبات އެކެވެ. އަދި އެހެން މާނައެއް ގައި މާތް الله ގެ ޙައްޤެއް ވިޔަސް ނުވަތަ އަޅުންގެ ޙައްޤެއް ވިޔަސް، އެކަމަކަށް ޝަރުޢީ ގޮތުން ކަނޑައަޅާފައިވާ ޢުޤޫބާތެއެވެ. މިއީ ޙަނަފީން ފިޔަވައި އެހެންބޭކަލުން (އެބަހީ: ޖުމްހޫރު ދަންނަބޭކަލުން) ކުރައްވާފައިވާ ތަޢުރީފެވެ.

اللهގެ މިފަދަ ޢުޤޫބާތު ޝަރުޢު ކުރައްވާފައި ވަނީ އިންސާނުންގެ ކަރާމާތަށްޓަކަ އެވެ. އެބައި މީހުންގެ ޢިއްޒަތާއި، ނަސަބާއި، މުދަލާއި، ބުއްދިއާއި، ނަފްސު ސަލާމަތް ކުރުމަށްޓަކަ އެވެ. ނަމަވެސް މިކަންތަކުގެ ތެރެއިން ބައެއް ކަންތައްތަކަކީ ހަމައެކަނި الله ގެ ޙައްޤު ތަކެކެވެ. އެބަހީ: މުޖުތަމަޢުގެ ޙައްޤުތަކެވެ. މިސާލަކަށް ޒިނޭގެ ޙައްދާއި ރަލުގެ ޙައްދެވެ. އަނެއް ބަޔަކީ އޭގައި الله ގެ ޙައްޤާއި އަޅުންގެ ޙައްޤު އެކުލެވިފައިވާ ޙައްދުތަކެވެ. މިސާލަކަށް ޤަޛުފުގެ ޙައްދު ފާހަގަކޮށްލެވެއެވެ.

ޙައްދު ޤާއިމު ކުރުމަށް މާތް ﷲ އަންގަވާފައިވާ ކުށްތަކަކީ:

  1. حد الزنى (ޒިނޭގެ ޙައްދު)
  2. حد القذف (ޤަޛުފުގެ ޙައްދު)
  3. حد السرقة (ވައްކަމުގެ ޙައްދު)
  4. حد الحرابة أو( قطع الطريق) (ޙަރާބާ ނުވަތަ ފޭރުމުގެ ޙައްދު)
  5. حد الخمر (ރަލުގެ ޙައްދު)
  6. عقوبة القصاص (ޤިޞާޞްގެ ޢުޤޫބާތް)
  7. عقوبة الرد (މުރުތައްދުވުމުގެ ޢުޤޫބާތް)

"އަލްފިޤްހުލްއިސްލާމީ ވަ އަދިއްލަތަހޫ" ގައި ވާގޮތުން ބައެއް ބޭފުޅުން البغى (ބަޣާވާތް ކުރުން) 8 ވަނަ ޙައްދު ކަމުގައި ބަޔާން ކުރައްވާފައި ވެއެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2022

ސައޫދީއަރަބިއްޔާގެ މިސްކިތްތަކުގައި ކުރެވޭ ދަމުނަމާދުގައި އެހާދިގުކޮން ނުކިޔެވުމަށް އަންގައިފި

16 އެޕްރީލު 2022
ސައޫދީއަރަބިއްޔާގެ މިސްކިތްތަކުގައި ކުރެވޭ ދަމުނަމާދުގައި އެހާދިގުކޮން ނުކިޔެވުމަށް އަންގައިފި
18 އެޕްރީލު 2021

ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

18 އެޕްރީލު 2021
ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!
11 އޮކްޓޯބަރު 2019

ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

11 އޮކްޓޯބަރު 2019
ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ
31 މާރިޗު 2019

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

31 މާރިޗު 2019
ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
19 ފެބުރުއަރީ 2019

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

19 ފެބުރުއަރީ 2019
‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު