Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ޙައްދު ޤާއިމް ކުރުން

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

‏ވައްކަންކުރުމަކީ: އެއްޗެއް ހުންނަންވީ ތަނެއްގައި ރައްކައުތެރި ގޮތުގައި ހުއްޓާ ސިއްރުން ‏‏އެހެން މީހެއްގެ މުދަލެއް ނެގުމެވެ. ‏

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 31 މާރިޗު 2019 | އާދީއްތަ 14:42
މީހަކު ވައްކަމެއް ކޮށްފިނަމަ އޭނާގެ އަތް ކަނޑަން الله ވަނީ އަންގަވާފައެވެ.

މީހަކު ވައްކަމެއް ކޮށްފިނަމަ އޭނާގެ އަތް ކަނޑަން الله ވަނީ އަންގަވާފައެވެ.

19 ފެބްރުއަރީ 2019 ގެ ލިޔުމާ ގުޅޭ

ބ. ވައްކަން ކުރުމުގެ ކުށް.

ވައްކަންކުރުމަކީ: އެއްޗެއް ހުންނަންވީ ތަނެއްގައި ރައްކައުތެރި ގޮތުގައި ހުއްޓާ ސިއްރުން އެހެން މީހެއްގެ މުދަލެއް ނެގުމެވެ. ވައްކަން ކުރާ މީހާގެ އަތްކަނޑަން ޖެހެނީ ޝަރުޠުތަކަކާއި ލައިގެންނެވެ. ވައްކަންކުރުމަކީ الله تعالى ނަހީ ކުރައްވާފައި ވާ ބޮޑު ފާފައެކެވެ. އެކަންކުރާ މީހުންނަށް ދީނުގައި ނުހަނު ބޮޑު ޢުޤޫބާތް ކަނޑަ އަޅުއްވާފައި ވެއެވެ. الله تعالى ވަޙީ ކުރައްވަނީ: وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّـهِ ۗ وَاللَّـهُ عَزِيزٌ حَكِيمٌ (المائدة: ٣٨) މާނައީ: "ވައްކަންކުރާ ފިރިހެނާ އާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައި މީހުން އެ ދެ މީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ عبرة ތެރި عقوبات އެއްގެ ގޮތުންނެވެ. اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ."

ވައްކަން ކުރުމަކީ ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގެއްލުންބޮޑު ކަމެކެވެ. ވައްކަން ކުރާ މީހާ މި ނުބައި ޢަމަލު ކުރާއިރު އޭނާ އަކީ މުއުމިނެއް ކަމުގައި ނުވެއެވެ. ކީރިތި رسول އާ محمد صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. قَالَ أَبُو هُرَيْرَةَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (لايزني الزَّانِي وَهُوَ مُؤْمِنٌ وَلا يَسْرِقُ السَّارِقُ وَهُوَ مُؤْمِنٌ وَلا يَشْرَبُ الْخَمْرَ حِينَ يَشْرَبُهَا وَهُوَ مُؤْمِنٌ) (رَوَاهُ مُسْلِم) މާނައީ: "ޒިނޭ ކުރާ މީހާ ޒިނޭކުރާ ހިނދު އޭނާ މުއުމިނަކު ކަމުގައި ވެ ހުރެ ޒިނޭއެއް ނުކުރެއެވެ. އަދި ވައްކަން ކުރާމީހާ ވައްކަން ކުރާ ހިނދު އޭނާ މުއުމިނަކު ކަމުގައި ވެ ހުރެ ވައްކަމެއް ނުކުރެއެވެ." މިބަސްފުޅުން ވެސް އެނގޭ ގޮތުގައި الله ޙަރާމް ކުރައްވާފައި ވާ ކަންތައްތަކުގެ ތެރެއިން ޒިނޭކުރުމާއި ވައްކަން ކުރުމުގެ ނުބައިކަން ބޮޑުކަން ހާމަވެއެވެ. އެހެނީ މުއުމިނަކު ކަމުގައިވާ ޙާލު މީހަކު ޒިނޭއެއް ނުކުރާނެއެވެ. އަދި ވައްކަމެއްވެސް ނުކުރާނެއެވެ. ވީމާ މިނުބައި އަމަލުކުރާއިރު އެކަންކުރާ މީހެއްގެ ކިބައިން އީމާންކަން ނެތިގެން ދާނެއެވެ. ހަމަ އެހެންމެ ވައްކަންކުރުމުގައި އިޖްތިމާޢީ ގެއްލުންތައްވެސް ގިނަގުނައެވެ.

ވައްކަން ކުރިކަން ޘާބިތުވުން:

ވައްކަން ކުރިކަން ޘާބިތު ވާނީ އެކަން ކުރި މީހާ އެކަމަށް އިޢުތިރާފް ވިނަމައެވެ. ނުވަތަ ޢަދުލުވެރި އިންޞާފުވެރި ދެ ހެކިވެރިންގެ ހެކިބަހުން އެކަން ޘާބިތުވާ ނަމައެވެ.

ވައްކަން ކުރުމުން އިސްލާމް ދީނުގައި ކަނޑައަޅުއްވާފައި ވާ ޢުޤޫބާތްތައް:

ވައްކަންކުރުން ހުއްޓުވުމަށް އިސްލާމް ދީނުގައި ކަނޑަ އަޅުއްވާފައި ވާ ޢުޤޫބާތްތަކަކީ އެކަމާމެދު ބިރުވެތިވެ ޖެހިލުން ވާންޖެހޭ ފަދަ ކަންކަމެވެ. އިންސާނެއްގެ އަތުގެ އަގަކީ 500 ދީނާރުކަމުގައި އިސްލާމީ ޝަރީޢަތު ގައި ލައްވާފައި ވެއެވެ. މި މަތިވެރި ނިޢުމަތް ނުވަތަ ބޭނުން ބޮޑު ގުނަވަނުގެ އަގު ވަޒަން ނުކޮށް އެއަތުން ކުރުމަށް، الله ނަހީ ކުރައްވާފައިވާ ފާފައެއް ކަމުގައިވާ ވައްކަންކުރުމުގެ ސަބަބުން އަތް ކަނޑާލެވެނީ އެވެ. ގާތްގަނޑަކަށް 100 ވަރަކަށް ރުފިޔާގެ ބަދަލުގައެވެ. މިއިން ދޭހަވަނީ الله ދެއްވި މިއަގުބޮޑު ނިޢުމަތަށް ކުފުރުވެރިވުމުގެ ގެއްލުން ބޮޑުކަމެވެ. އަދި ކީއްތޯއެވެ؟ ވައްކަން ކުރާ މީހާ އެންމެ 4/1 ދީނާރުގެ އަގުހުރި އެއްޗެއް ވަގަށް ނެގުމުގެ ސަބަބުން އޭނަގެ މުޅި ޙަޔާތަށް އޭގެ ނުބައި އަސަރު ކުރުވަނިވި ގޮތުގައި އޭނާގެ އަތާ ވަކިވާން ޖެހުމަކީ الله ގެ ކޯފާއާއި ލަޢުނަތް ރައްދުވާ ކަމެކެވެ. ކީރިތި ރަސޫލާ ހަދީޡް ފުޅެއްގެ މާނާގައި ވެއެވެ. "ވައްކަން ކުރާމީހާގެ މައްޗަށް الله ގެ ލައުނަތް ހުއްޓެވެ. އޭނާ ދަގަނޑު އުނޑައެއް ވަގަށް ނެގުމުން އޭނާގެ އަތްކެނޑެއެވެ. އަދި އޭނާ ވާބުރިއެއް ވަގަށް ނެގުމުން އޭނާގެ އަތްކެނޑެއެވެ." (އަލްމެމްބަރ: 12)

މީހަކު ވައްކަމެއް ކޮށްފިނަމަ އޭނާގެ އަތް ކަނޑަން الله ވަނީ އަންގަވާފައެވެ. ފުރަތަމަ ވައްކަމުން ކަނޑާނީ ކަނާއަތެވެ. ކަނޑަން ޖެހެނީ އަތުގެ ކުޑަ ހުޅުންނެވެ. އަތް ކެނޑުމަށް ފަހު ބޭސް ފަރުވާ ކޮށްގެން އަތުގެ ބާކީ ބައި ސަލާމަތް ކުރަންވާނެއެވެ. ދެވަނަ ފަހަރަށް ވައްކަމެއް ކޮށްފިނަމަ ކަނޑަން ޖެހެނީ އޭނާގެ ވާތުފައެވެ. ކަނޑާނީ ތަނބިކަށީގެ ހުޅުންނެވެ. އެއަށްފަހު އަނެއްބަޔަށް ފަރުވާކޮށް، ލޭ މަނާ ކުރަންވާނެއެވެ.

އިސްލާމް ދީނުގައި ވައްކަންކުރާ މީހުންގެ މައްޗަށް މިހާބޮޑު އުޤޫބާތެއް ކަނޑަ އަޅުއްވާފައި މި ވަނީ ވަރަށް މަތިވެރި މަޤުޞަދެއްގަ އެވެ. މިފަދަ ޢުޤޫބާތެއް ނެތްނަމަ އިންސާނުން އޭގެ ކުރިމަތީ ގައި ތަސްލީމް ކުރާނޭ ޙައްދެއް ނެތުނީހެވެ. (އަލްމެމްބަރ: 12) ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ބޭފުޅުންގެ ޒަމާނުގައި ވައްކަންކުރި މީހާ އަޅަކަށް ހެއްދެވިއެވެ. މޫސާގެފާނުގެ ޝަރީޢަތު ގައި ވައްކަން ކުރާ މީހާގެ އަދަބަކީ އަތް ކެނޑުމެވެ. (ޙޫދޫދު، ސާމިޔާ ޒަކަރިއްޔާ)

ކޮމެންޓް

އިތުރަށް ކިޔާލަން

ސައޫދީއަރަބިއްޔާގެ މިސްކިތްތަކުގައި ކުރެވޭ ދަމުނަމާދުގައި އެހާދިގުކޮން ނުކިޔެވުމަށް އަންގައިފި

ސައޫދީއަރަބިއްޔާގެ މިސްކިތްތަކުގައި ކުރެވޭ ދަމުނަމާދުގައި އެހާދިގުކޮން ނުކިޔެވުމަށް އަންގައިފި

16 އެޕްރީލު 2022
ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

18 އެޕްރީލު 2021
ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

11 އޮކްޓޯބަރު 2019
‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

19 ފެބުރުއަރީ 2019
ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

05 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު