Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ޙައްދު ޤާއިމް ކުރުން

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ޤުރުއާނާއި ސުންނަތުގައި އައިސްފައި ނެތް ކޮންމެ މައްސަލައަކީ، އޭގެ ޙުކުމް ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަން، ޙާކިމަށް ދެވިފައިވާ މައްސަލަތަކެކެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2018 | ބުދަ 16:40
ފަނޑިޔާރުންތަކެއް ހުވާ ކުރައްވަނީ: ތަޢްޛީރުގެ ޢުޤޫބާތްތަކަކީ، ޤާޟީ ބޭނުން ގޮތެއް އިޚްތިޔާރު ކުރުމުގެ މިނިވަންކަން ދެވިފައިވާ ޢުޤޫބާތްތަކެކެވެ.

ފަނޑިޔާރުންތަކެއް ހުވާ ކުރައްވަނީ: ތަޢްޛީރުގެ ޢުޤޫބާތްތަކަކީ، ޤާޟީ ބޭނުން ގޮތެއް އިޚްތިޔާރު ކުރުމުގެ މިނިވަންކަން ދެވިފައިވާ ޢުޤޫބާތްތަކެކެވެ.

09 ޑިސެމްބަރ 2018 ގެ ލިޔުމާ ގުޅޭ

ޙައްދު ޤާއިމު ކުރެވޭ ކުށްތައް.

ޙައްދު ޤާއިމު ކުރުމުގައި، ޒަމާނާއި ތަން ބަދަލުވި ނަމަވެސް ޙުކުމަށް ބަދަލު ނު ގެނެވޭނެއެވެ. މިކަމުގައި އިސްލާމް ދީން ވަނީ ކަނޑައެޅިގެންވާ ޚާއްސަ ޙުކުމްތަކެއް ކަނޑައަޅުއްވާ ފައެވެ. ޒަމާނާއި ތަން އަދި މުޖްތަމަޢު ބަދަލުވަމުން، ބަދަލު ގެނެވޭ މައްސަލަ ނުވަތަ ޢުޤޫބާތް ނުވަތަ ޙުކުމްތައް އިސްލާމީ ޝަރީޢަތުގައި ގެނެސްފައިވަނީ، ޙުކުމުގެ މައިގަނޑު ޤަވާޢިދު ތަކެއްގެ ގޮތުގައެވެ. ވީމާ ޙުކުމް ތަންފީޒު ކުރާ ގޮތާއި ޙުކުމް ވެސް މިފަދަ މައްސަލަތަކުގައި ތަފާތުވާނެއެވެ. އެހެނީ سورة البقرة:229 އާޔަތުގައި ﷲ ވަޙީކުރައްވަނީ: تِلْكَ حُدُودُ اللَّـهِ فَلَا تَعْتَدُوهَا މާނައީ: "އެއީ (އެކަންކަމާ މެދު) اللَّه ކަނޑަ އަޅުއްވާފައިވާ އިންތަކެވެ. ފަހެ، އެ އިންތައް ފަހަނަޅައި ތިޔަބައި މީހުން ނުދާށެވެ!" މި ގޮތުން ބަލާއިރު اللَّه ކަނޑަ އަޅުއްވާފައި ވާ ޙައްދުތައް ފިޔަވައި އެހެން ފާފަތައް ނުވަތަ ކުށްތަކަށް އެހެނިހެން އަދަބު ދެވިދާނެއެވެ.

މިގޮތުން ބަލާއިރު، އެކިއެކި މުޖްތަމަޢުތަކާއި އެކިއެކި ނަސްލުތަކުގެ އިންސާނުންގެ ތެރޭގައި ހިނގާ، އެ އާމެދު އިންސާނުން އެއް ގޮތަކަށް ދެކޭ ނުރައްކާތެރި މައްސަލަތަކުގެ ޙުކުމް، ދީނުގައި އައިސްފައި ވަނީ ކަނޑައެޅިގެން ސީދާ ނައްޞަކުންނެވެ. ބަދަލެއް ނާންނަފަދަ ޙުކުމްތަކެއްގެ ގޮތުގައެވެ. ޤުރުއާނާއި ސުންނަތުގައި އައިސްފައި ނެތް ކޮންމެ މައްސަލައަކީ، އޭގެ ޙުކުމް ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަން، ޙާކިމަށް ދެވިފައިވާ މައްސަލަތަކެކެވެ. ކުށް ކުރި މީހާގެ ޙާލަތާއި، މުޖްތަމަޢުގެ ޙާލަތާއި ކުށުގެ ބާވަތާއި، ކުށް ކުރުން ހުއްޓުވޭނެ ގޮތަކަށް ވިސްނައި، ވަޟްޢީ ޤާނޫނުން ކަނޑައަޅައި، މިފަދަ މައްސަލަތަކުގައި ޙުކުމް ކަނޑައެޅި ދާނެއެވެ. އަދި ބޭނުން ޤަވާޢިދުތަކެއް ވެސް ހެދިދާނެއެވެ. ދީނުގެ ޙުކުމްތަކާ ޚިލާފު ނުވާ ގޮތަށް، ޤާނޫނުތައް ހެދުމަކީ މަނާކަމެއް ނޫނެވެ. އިސްލާމީ ޝަރީޢަތުގައި، ފާފަތައް (އަލްމަޢާޞީ) ތިން ބަޔަކަށް ބެހިފައިވެ އެވެ. އެއީ: 1. حد، 2. قصاص، 3. تعذير އެވެ.

  1. حد: މިންވަރު ކަނޑައެޅި މާތް ﷲގެ ޙައްޤެއްގެ ގޮތުގައި ވާޖިބުވެ، ދެވޭ ޢުޤޫބާތެކެވެ.
  2. قصاص: ޤިޞާޞަކީ އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ޢުޤޫބާތުގެ ތެރޭގައި ހިމެނޭ ބައެކެވެ. ޤިޞާޞް ގެ މާނައަކީ، ޖިނާޔަތެއް ދެވުނު މީހާ އަށް ލިބުނު ފަދަ ގެއްލުމެއްގެ ބަދަލު ޖިނާޔަތް ދިން މީހާއަށް ވެސް ދިނުމެވެ. މިސާލަކަށް، މަރުގެ ބަދަލުގައި މެރުމެވެ. ގުނަވަނެއްގެ ބަދަލުގައި އެ ގުނަވަނެވެ. ޒަޚަމްކޮށްފިނަމަ އެފަދަ ޒަޚަމެކެވެ. (ޔަޢްނީ ބަދަލަށް ބަދަލު ހިފުމެވެ.)
  3. تعذير: ތަޢްޒީރުގެ މާނައަކީ: އިސްލާމް ދީނުގައި ޙައްދެއް ނުވަތަ ކައްފާރާ އެއް ކަނޑައެޅިފައި ނުވާ ކުށްތަކަށް، ﷲގެ ޙައްޤެއްގެ ގޮތުގައި ނުވަތަ އާދަމުގެ ދަރިއެއްގެ ޙައްޤެއްގެ ގޮތުގައި، ދެވޭ ވަކި މިންވަރެއް ކަނޑައެޅިފައި ނުވާ ޢުޤޫބާތްތަކެވެ.

މީހުން ކުރާ ކުށްތަކަށް އެންމެ ގިނައިން ދެވޭ ޢުޤޫބާތަކީ ތަޢްޛީރުގެ ޢުޤޫބާތެވެ. ސަބަބަކީ ޙައްދާއި ޤިޞާޞް ޤާއިމު ކުރެވެނީ މުޅި އެކު ހަތް ކަމެއްގައެވެ. އަދި ޙައްދު ޤާއިމު ކުރެވޭ ކަންތައްތަކު ގައި ހުންނަން ޖެހޭ ޝަރުޠުތައް ހަރުދަނާވެ، ވަރުގަދަ ވުމުން ގިނަ ފަހަރަށް އެކަން ޘާބިތުކޮށް، ޤާއިމު ކުރުމުގައި ޤައިދުތަކެއް ހުންނާތީ އެވެ.

ތަޢްޛީރުގެ ޢުޤޫބާތްތަކަކީ، ޤާޟީ ބޭނުން ގޮތެއް އިޚްތިޔާރު ކުރުމުގެ މިނިވަންކަން ދެވިފައިވާ ޢުޤޫބާތްތަކެކެވެ. އެ ގޮތުން ކުށެއް ކޮށްފި ނަމަ އިންޒާރު ދިނުން ނުވަތަ ނަޞީޙަތްތެރި ވުން ފަދަ ކަންކަން ޤާޟީއަށް އިޚްތިޔާރު ލިބިގެން ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައޫދީއަރަބިއްޔާގެ މިސްކިތްތަކުގައި ކުރެވޭ ދަމުނަމާދުގައި އެހާދިގުކޮން ނުކިޔެވުމަށް އަންގައިފި

ސައޫދީއަރަބިއްޔާގެ މިސްކިތްތަކުގައި ކުރެވޭ ދަމުނަމާދުގައި އެހާދިގުކޮން ނުކިޔެވުމަށް އަންގައިފި

16 އެޕްރީލު 2022
ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

18 އެޕްރީލު 2021
ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

11 އޮކްޓޯބަރު 2019
ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

31 މާރިޗު 2019
‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

19 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު