Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ރޯދަ އާއި ދީން

ރޯދަމަސް- ކާބޯތަކެތި އިސްރާފް ކުރުމުން ދުރުހެލިވާ މަހަކަށް ހަދަމާތޯ ؟

އިސްރާފް ކުރާ މީހުން ދެކެ ﷲ ލޯބިވެ ވޮޑިގެންނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 މެއި 2019 | ހޯމަ 16:47
ކާބޯތަކެތި ނުލިބޭ އެތައް ފަޤީރު ކުދިންނެއް ދުނިޔޭގައި އުޅޭ

ކާބޯތަކެތި ނުލިބޭ އެތައް ފަޤީރު ކުދިންނެއް ދުނިޔޭގައި އުޅޭ

ރޯދަމަހަކީ ބަރަކާތްތެރިވެގެންވާ މަހެކެވެ. އެއީ އެ މަހެއްގައި ޤުރުއާން ބާއްވައިލެއްވި، އަދި 1000 މައްސަރަށް ވުރެވެސް ހެއުކަން ބޮޑުވެގެންވާ މަހެކެވެ. ވީމާ ރޯދައިގެ އެންމެ ފުރިހަމަ ދަރުމައާއި ޘަވާބު ހޯދުމަށް މަސައްކަތްކޮށް، ރޯދަ މަހުގެ ބަރަކާތްތެރިކަން ހާސިލު ކުރުމަށްޓަކައި އިސްލާމް ދީނުގައި އަންގަވާފައިވާ ރިވެތި އުސޫލުތަކަށް ތަބާވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން އެމީހާ އުޅޭ އުޅުމުގައާއި، ކުރާ މުއާމަލާތްތަކުގައާއި، ކެއިންބުއިމާއި ދިރިއުޅުމުގެ އެކި ކަންކަމުގައި ވެސް އިސްލާމީ ރިވެތި އުސޫލުތަކުގެ ބިންގާ މަތީގައި ތިބުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަލާއިރު، އިސްރާފް ކުރުމުން ދުރުހެލިވުމަކީ މިކަމަށްޓަކައި އަޅުގަނޑުމެންނަށް އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ.

ރޯދަ މަހުގައި އަޅުގަނޑުމެންގެ ކެއިން ބުއިމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އެގޮތުން ކެއިން ބުއިމަށް ބޭނުން ކުރާ ބާވަތްތަކުން ފަށައިގެން، ކާ ގަޑި ތަކާއި، ކެވޭ މިންވަރަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނަމަވެސް ކެއިން ބުއިމަށް މި އަންނަ ބަދަލުތަކަކީއިސްރާފަަށް މަގުފަހިވާންޖެހޭ ސަބަބެއް ނޫނެވެ. އެގޮތުން ރޯދަ މަހުގެ ދުވަސްތަކުގައި ވަރަށް ގިނަ ބާވަތްތަކުގެ ކާތަކެތި ތައްޔާރު ކުރުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވެސް އޮންނަ އާދައެކެވެ. އެގޮތުން ހުސްނުކުރެވި އުކާލަންޖެހޭ ވަރަށް ގިނަ ގޭގޭގައި ކާތަކެތި ތައްޔާރު ކުރެއެވެ. ނަމަވެސް އިސްރާފް ކުރުމަކީ ދީނުގައި މަނާ ކުރައްވާފައިވާ ކަމަކަށްވީއިރު، ރޯދައިގެ ދަރުމަ އެންމެ ފުރިހަމައަށް ހާސިލު ކުރުމަށްޓަކައި މިކަމަށް ސަމާލުވާން ޖެހޭނެއެވެ.

ކާތަކެތި ތައްޔާރުކޮށްފައި - ކާބޯތަކެތި އިސްރާފް ކުރުން ދީނުގައި މަނާކުރޭ

އިސްރާފް ކުރުމާ ގުޅޭގޮތުން އަޢުރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި ﷲ ވަހީ ކުރައްވާފައިވެއެވެ.

އެކަލާނގެ ވަޙީކުރެއްވިއެވެ. ﴿يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلا تُسْرِفُوا إِنَّهُ لا يُحِبُّ الْمُسْرِفِينَ﴾ [الأعراف31] މާނައީ"އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިވާހުށިކަމެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފުނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެއެވެ."

މި އާޔަތުުންވެސް ދޭހަވަނީ އިސްރާފް ކުރުން ދީނުގައި މަނާކޮށްފައިވާ މިންވަރާއި، އެކަމަށް ﷲ ނުރުއްސަވާ މިންވަރެވެ. އެގޮތުން އިސްލާމް ދީނުގައި ބައެއް ކުށްތަކުގެ ކައްފާރާއެއްގެ ގޮތުން މިސްކީނަކަށް ކާން ދިނުން ހިމަނުއްވާފައި ވުމަކީ ވެސް އެއާމެދު ފުންކޮށް ވިސްނާ މީހަކަށް ގިނަ އިބްރަތްތަކެއް ލިބި އިސްރާފް ކުރުމާ ދުރުހެލިވާން ދީނުގައި އަންގާފައިވާ ސަބަބާއި މިންވަރު ހާމަވެގެންދާ ކަމެކެވެ. އެގޮތުން ހާލުގައި ޖެހިފައިތިބޭ އެތައް ފަޤީރުންނެއް ދުނިޔޭގައި އުޅޭއިރު، މިފަދައިން އިސްރާފް ކުރުމަކީ ނުހަނު ހިތާމަހުރި ކަމެކެވެ.

ދަނޑުވެރިކަމާ ބެހޭ އދގެ ދިރާސާއެއް ބުނާ ގޮތުގައި ކޮންމެ އަހަރަކު 1.3 ބިލިއަން ޓަނުގެ ކާބޯތަކެތި ކުނީގެ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން އުކާލާއިރު، އެއީ ދުނިޔޭގައި އުފައްދާ ކާބޯތަކެތީގެ ތިންބައި ކުޅަ ދެބައެވެ. އެއީ ފައިސާއަށް ބަލާއިރު 750 ބިލިއަން ޑޮލަރަށްވުރެވެސް ބޮޑު އަދަދަކަށްވާއިރު، ދުނިޔޭގައި 870 މިލިއަން މީހުން ފަޤީރުކަމުގައި ބަނޑަށް ޖެހިފައިވެއެވެ. އެގޮތުން ފަގީރު ގައުމު ތަކުގައި މިލިޔަނުން މީހުން ބަނޑަށް ޖެހިގެން މަރުވަމުންދާއިރު މިކަމާމެދު ފުންކޮށް ވިސްނައި ހައްލެއް ގެންނަން ނުވޭބާއެވެ ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ހިތްހަމަ ޖެހެނީ ﷲ ހަނދުމަކުރުމުންނެވެ!

ހިތްހަމަ ޖެހެނީ ﷲ ހަނދުމަކުރުމުންނެވެ!

15 ޖޫން 2022
ރޯދަމަސް އަލްވަދާޢު ކިޔައިފިއެވެ. ކުރިމަތިލަނީ ޢީދު ދުވަހާ ގުޅިގެން ސުންނަތް ހަ ރޯދައާއެވެ.

ރޯދަމަސް އަލްވަދާޢު ކިޔައިފިއެވެ. ކުރިމަތިލަނީ ޢީދު ދުވަހާ ގުޅިގެން ސުންނަތް ހަ ރޯދައާއެވެ.

13 މެއި 2021
އިންސާނާގެ ނަފްސަށް ހިތްހަމަޖެހުމާއި ރާހަތް ލިބިގެންދާނީ ނަމާދުކުރުމުން - ޚުތުބާ

އިންސާނާގެ ނަފްސަށް ހިތްހަމަޖެހުމާއި ރާހަތް ލިބިގެންދާނީ ނަމާދުކުރުމުން - ޚުތުބާ

11 ޑިސެމްބަރު 2020

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު