Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ޙައްދު ޤާއިމް ކުރުން

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

އިސްލާމީ ޝަރީޢަތުގެ ހުރިހާ އަސާސްތަކެއް ބިނާވެފައި ވަނީ ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން އިންސާނުންނަށް ލިބޭނޭ މަގުންނެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2018 | ހޮނިހިރު 03:31
ބިހުރޯޒު ކަމަނާ މިސްކިތް

ބިހުރޯޒު ކަމަނާ މިސްކިތް

05 ޑިސެމްބަރ 2018 ގެ ލިޔުމާ ގުޅޭ

حد قائم ކުރުމަކީ ރައްބުލް ކާއިނާތުގެ ޝަރީޢަތެވެ. އިންސާނާއަށް އެންމެ ފައިދާ ހުރި އަދި އެންމެ މަސްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ އެއީއެވެ. ނަމަވެސް ހިތާމައަކީ، الله سبحانه وتعالى ބިންމަތީގައި އިންސާނާއަށް، އެކަލާނގެ ބާރުތަކުގެ ތެރެއިން ކުޑަކުޑަ ބާރެއް ދެއްވާ އިރަށް އިންސާނާ ބޮޑާވެގަންނަ ކަމެވެ. އަދި އެކަލާނގެ ދެއްވި މަތިވެރި ނިޢުމަތް ބޭނުން ކޮށްގެން އެ އިންސާނާ ބޭނުން ވާ ކަންކަން الله سبحانه وتعالى ގެ ޝަރީޢަތާ ޚިލާފަށް ކުރަމުން ގެންދާ ކަމެކެވެ. އާދޭހެވެ! އިސްލާމީ ޝަރީޢަތުގެ ހުރިހާ އަސާސްތަކެއް ބިނާވެފައި ވަނީ ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން އިންސާނުންނަށް ލިބޭނޭ މަގުންނެވެ.

އިސްލާމް ދީނުގައިވާ ގޮތަށް الله ކަނޑަ އަޅުއްވާފައި ވާ ޙައްދުތައް ޤާއިމު ކުރުމަކީ އެދީނުގެ ވެރިކަން އެތަނެއްގައި ޤާއިމުވެގެން އޮތްކަމުގެ ފުރިހަމަ ދަލީލެކެވެ. އަދި އެތަނެއްގައި އިސްލާމް ދީނުގައިވާ ގޮތަށް الله سبحانه وتعالى ގެ حد ތައް قائم ވަމުން ނު ދިޔުމަކީ އިސްލާމްދީނުގެ ވެރިކަން އެތަނެއްގައި ޤާއިމުވެފައި ނެތްކަމުގެ އަލިގަދަ ހެއްކެކެވެ. الله سبحانه وتعالى وحى ކުރައްވަނީ: تِلْكَ حُدُودُ اللَّـهِ ۚ وَمَن يُطِعِ اللَّـهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَذَٰلِكَ الْفَوْزُ الْعَظِيمُ (سورة النساء:13) މާނައީ: "އެއީ، الله ކަނޑައަޅުއްވައި އަންގަވާފައިވާ އިންތަކެވެ. الله އަށާއި، އެކަލާނގެ رسول އާ އަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެތެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ." މިހެންވުމުން، އިސްލާމީ ޝަރްޢިއްޔާގައި ކަނޑަ އަޅުއްވާފައިވާ حد ތަކަކީ މި ބިންމަތީގައި ލައްވާފައިވާ އަޝްރަފުލް މަޚްލޫޤާތު ކަމުގައިވާ އިންސާނުންނަށް އެންމެ ފައިދާ ކުރަނިވި ކަންތައްތައް ކަމުގައި ވުމެވެ. އެހެނީ ދޭދޭ މީހުންގެ މެދުގައި ހަމަހަމަ ކަމާއި، އިންސާނާއަށް އެންމެ ފައިދާހުރި އަދި އެންމެ މަޞްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ الله تعالى ކަމުގައި ވާތީއެވެ.

ޢަރަބި ބަހުގައި حد ގެ މާނައަކީ، މަނާކުރުމެވެ. އެއީ ދެ އެއްޗެއްގެ ދެމެދުގައި ވާ ހުރަހެވެ. ނުވަތަ އިމެވެ. މިސާލަކަށް ދެގޯތީގެ ސަރަޙައްދު ކަނޑައަޅާ ދޭ އިމަކީ حدއެވެ. އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ އުރެދުންތަކަށް އަރައިގެންފި މީހަކަށް ދެވޭ ޢުޤޫބާތަށް ނުވަތަ އަދަބަށް حد އޭ ކިޔެއެވެ. އިސްލާމީ ޝަރުޢުގައި، حد އަކީ، މާތް الله އަށްޓަކައި އަދާކުރަންޖެހޭ ޙައްޤެއްގެ ގޮތުން، ދިނުމަށް ކަނޑައެޅިފައި ވާ ޢުޤޫބާތެވެ.

ނުނިމޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ސައޫދީއަރަބިއްޔާގެ މިސްކިތްތަކުގައި ކުރެވޭ ދަމުނަމާދުގައި އެހާދިގުކޮން ނުކިޔެވުމަށް އަންގައިފި

ސައޫދީއަރަބިއްޔާގެ މިސްކިތްތަކުގައި ކުރެވޭ ދަމުނަމާދުގައި އެހާދިގުކޮން ނުކިޔެވުމަށް އަންގައިފި

16 އެޕްރީލު 2022
ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

18 އެޕްރީލު 2021
ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

11 އޮކްޓޯބަރު 2019
ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

31 މާރިޗު 2019
‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

19 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު