Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ޚުތުބާ

ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

ދީނާއި މާތްނަބިއްޔާ ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2019 | ހުކުރު 08:40
އިސްލާމީ މަރުކަޒު

އިސްލާމީ މަރުކަޒު

ކޮންމެ ނަބީބޭކަލަކާއި ރަސޫލު ބޭކަލަކަށް ފުރައްސާރަ ކުރި ބަޔަކުވާ ކަމަށާއި، ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ކީރިތި މާތް ނަބިއްޔާގެ މުހައްމަދުގެފާނުގެ ދެކެ ލޯބުވުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިސްލާމް ދީނާއި މާތް ނަބިއްޔާ ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށާއި، ކޮންމެ މީހަކަށް ވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަން ކުރަންޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ ކޮންމެ ނަބީބޭކަލަކާއި ރަސޫލު ބޭކަލަކަށް ފުރައްސާރަ ކުރި ބަޔަކުވާ ކަމަށާއި، މިއުންމަތުގެ މާތް ނަބިއްޔާއަށް ވެސް މިދުއްތުރާތަކާ ކުރިމަތިވެ ވަޑައިގަތްނެވި ކަމަށެވެ. ނަމަވެސް އެފަދަ ފުރައްސާރަވެރިން މާތްﷲ ވަނީ ނިކަމެތިކުރައްވައި އެކަލާނގެ ނަބިއްޔާއަށް ނަސްރު ދެއްވާފައިވާކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.

ޚުތުބާގައި ބުނީ މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިއްމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން ކަމަށާއި، އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާ ލިބިގަތުން ކަމަށެވެ. އަދި އެކަލޭގެފާނު އުއްމަތަށް ދައްކުވައިދެއްވި ރިވެތި އަހުލާގީ މިންގަނޑުތަކަށް ތަބާވުމަށް ޚުތުބާގައި ގޮވާލެއްވިއެވެ.

ޚުތުބާގައި ބުނީ ތެދުބަސްބުނުމާއި، ކެތްތެރިވުމާއި، އަދުލުވެރިވުމާއި، އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރުމާއި، މަޑުމޮޅިވުމާއި، މިނޫންވެސް އެކަލޭގެފާނު ގެނެސްދެއްވި އަހްލާގީ އެންމެހާ ސިފަތަކުން ޒީނަތްތެރިވާންޖެހޭ ކަމަށެވެ. އަދި މާތް ނަބިއްޔާގެ އަދުލްވެރިކަމާއި، އޯގާތެރިކަމާއި މާތްކަމާއި އެކަލޭގެފާނު ގެނެސްދެއްވި ޚަބަރުތަކުގެ ތެދުކަމުގެ މައްޗަށް މިތުރުންނާއި ހަތުރުން ހެކިވާނެ ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އެމީހެއްގެ އަމިއްލަ ނަފްސާއި، މުދަލާއި އަނބިދަރިންނަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް ނަސްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އިމާންކަން ފުރިހަމަ ނުވާނެ ކަމަށެވެ. އެކަލޭގެފާނައި އެކަލޭގެފާނުގެ ތެދުމަގަށް ނަފްރަތުކުރުމާއި ކުޑައިމީސް ބަސްބުނެ، ފުރައްސާރަ ކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނެ އަމަލެއްކަމަށް އިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ހެޔޮ ބަދަލެއް ދަމަހައްޓަން ޖެހޭނެއެވެ.

ކޮންމެ ހެޔޮ ބަދަލެއް ދަމަހައްޓަން ޖެހޭނެއެވެ.

30 އެޕްރީލު 2022
މާތް ﷲ އެމީހަކަށް ލިއުއްވާފައިވާ އެއްޗެއް އެމީހަކަށް ދެއްވާނެ

މާތް ﷲ އެމީހަކަށް ލިއުއްވާފައިވާ އެއްޗެއް އެމީހަކަށް ދެއްވާނެ

16 އެޕްރީލު 2022
ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

18 އެޕްރީލު 2021
ހިތާމަވެރިކަން ތަހައްމަލުކުރަމުންދާ ވަގުތުތަކުގައި އެމީހަކަށް އެހީތެރިވުމަށް ހުތުބާގައި ގޮވާލައިފި

ހިތާމަވެރިކަން ތަހައްމަލުކުރަމުންދާ ވަގުތުތަކުގައި އެމީހަކަށް އެހީތެރިވުމަށް ހުތުބާގައި ގޮވާލައިފި

18 ޑިސެމްބަރު 2020
މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން: ޚުތުބާ

މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން: ޚުތުބާ

16 އޮކްޓޯބަރު 2020

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު