Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

ޅައުމުރުން ފެށިގެން ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ޚުތުބާގައި ގޮވާލައިފި

ހީވާގި ކަމާއެކު ހުއްދަ މަސައްކަތުން ރިޒުޤު ހޯދުމަށް ދީނުގައި ގޮވާލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ސެޕްޓެމްބަރު 2019 | ހުކުރު 08:13
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

ޅައުމުރުން ފެށިގެންވެސް ކުދިންނަށް މަސައްކަތްތައް ދަސްކޮށްދީ މަސައްކަތްތެރި ބަޔަކަށް އެކުދިން ހެދުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ދަރިންނަށް މަސައްކަތް ދަސްކޮށްދީ، މުޖުތަމައުގެ މަސައްކަތްތަކުގައި ބައިވެރި ކުރުން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، މުރާލިކަމާއި ހީވާގި ކަމާއެކު ހުއްދަ މަސައްކަތުން ރިޒުޤު ހޯދުމަށް ދީނުގައި ގޮވާލާފައިވާ ކަަމަށާއި، މަސައްކަތް ކޮށްގެން ދިރިއުޅުން ބިނާ ކުރުމަށް މި ދީނުގައި ބާރުއަޅުއްްވާފައިވާ ކަމަށެވެ.

އެގޮތުން ޅަ އުމުރުން ފެށިގެން ކުދިންނަށް މަސައްކަތުގެ ލޯބި ޖައްސުވައިދީ އެކި ބާވަތުގެ މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ މުހިއްމުކަމަށް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، ކީރިތި ރަސޫލާވެސް ތުއްޕުޅު އިރުއްސުރެ މަސައްކަތް ކުރެއްވި ކަމަށާއި، އެގޮތުން ގޭތެރޭގެ މަސައްކަތާއި، ވިޔަފާރީގެ އެކިއެކި މަސައްކަތްތަކާއި، އެހެން މީހުންގެ މަސައްކަތްތަކާއި، ޖަމާއަތުގެ މަސައްކަތްތައްވެސް ކުރައްވާފައިވާކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މިސާލެއްގެ ގޮތުން ޚުތުބާގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި މަސްޖިދުއްނަބަވީ ބިނާ ކުރެއްވިއިރު ހިލަ އުފުއްލެވުމާއި ވެލި އުފުއްލެވުމުގެ އިތުރުން އެކަމުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވުން ހިމެނެއެވެ.

މަސައްކަތް ކުރުމަށާއި، މަސައްކަތްތެރިކަން ދަސްކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލާފައިވާއިރު، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ޤާއިމު ކުރުމުގެ މުހިއްމުކަމަށްވެސް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން މަސައްކަތުގެ ވެއްޓަކީ ހުރިހާ ގޮތަކުންވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަންތަނަށް ވާން ޖެހޭނެ ކަމަށާއި، އެކަމަށް ކީރިތި ރަސޫލާވެސް މި އުއްމަތަށް އިރުޝާދު ދެއްވާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2022

ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކިޔައި ދިނުން މުހިންމު

18 އެޕްރީލު 2022
ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކިޔައި ދިނުން މުހިންމު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު