Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހުކުރު ޚުތުބާ

ކިތަންމެ ގިނަ ފާފައެއް ކުރެވިފައިވީނަމަވެސް މާޔޫސްނުވެ ތައުބާވުމަށް ޚުތުބާގައި ގޮވާލައިފި

އިހުލާސްތެރި ތައުބާއަކުން ތައުބާވެއްޖެ ނަމަ ފާފަތައް ފުއްސަވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2019 | ހުކުރު 08:48
ހުުކުރު ޚުތުބާ

ހުުކުރު ޚުތުބާ

ދިރިއުޅުމުގައި ކިތަންމެ ގިނަ ފާފައެއް ކުރެވިފައިވީނަމަވެސް އެކަމަށް މާޔޫސްނުވެ އަވަހަށް ތައުބާވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ﷲ ގެ ތަނަވަސް ރަޙުމަތްފުޅު" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، ފާފަ ކުރެވުމަކީ ﷲ ގެ ރަޙުމަތްފުޅުން އުއްމީދު ކަނޑާލަންޖެހޭ ކަމެއް ނޫން ކަމަށާއި، އިހުލާސްތެރި ތައުބާއަކުން ތައުބާވެއްޖެ ނަމަ އެންމެހައި ފާފަތައް ފުއްސަވާނެ ކަމަށް ﷲ އަންގަވާފައިވާ ކަމަށެވެ. އެގޮތުން ހެއު އަމަލުތައް ގިނަ ކުރުމަކީ ނުބައި އަމަލުތައް ފުހެވިގެންދާ ކަމެއް ކަމަށާއި، ތައުބާވުން އަވަސް ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ޚުތުބާގައި އިތުރަށް ބުނީ، ކިތަންމެ ބޮޑު ފާފައެއް ކުރެވިފައިވީ ނަމަވެސް އެނބުރި ﷲ ގެ މަގަށް ރުޖޫއަވުމުގެ ފުރުސަތު އޮތް ކަމަށާއި، މީހަކު ކުރި ނުބައި އަމަލެއްގެ ޖަޒާ ދެއްވަނީ އެ އަމަލަކާ އެއްވަރަށް ކަމަށެވެ. ނަމަވެސް ހެޔޮ އަމަލެއް ކޮށްފިނަމަ އެ އަމަލެއްގެ ހެޔޮ ޖަޒާ ދިހަ ގުނައިން ފެށިގެން 700 ގުނައަށް އިތުރުކުރައްވާ ކަމަށާއި، އެކަމުންވެސް ދޭހަވަނީ ﷲ ގެ އޯގާވަންތަކަން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން، ނޭނގިގެން ފާފައަކަށް އަރައިގަނެވިއްޖެނަމަ ތައުބާވުމުން ﷲ އެ ފާފައެއް ފުއްސަވާނެ ކަަމަށާއި، އެމީހަކަށް ރަހުމަތް ލައްވާނެ ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން އިންސާނުންވެސް އެއް ބަޔަކު އަނެއް ބަޔަކަށް ރަހުމު ކުރަންޖެހޭނެ ކަމަށާއި، ރަހުމު ކުރުމަކީ ދީލަތި ކަމުގެ ތެރެއިން ވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

04 ޖޫން 2025

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

04 ޖޫން 2025
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
13 ޖެނުއަރީ 2025

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

13 ޖެނުއަރީ 2025
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
26 ޑިސެމްބަރު 2019

ކުށް ފާފަތަކާއި އުރެދުންތައް ގިނަވުމަކީ ކޭތަ ހިފުމުގެ ސަބަބެއް: ޚުތުބާ

26 ޑިސެމްބަރު 2019
ކުށް ފާފަތަކާއި އުރެދުންތައް ގިނަވުމަކީ ކޭތަ ހިފުމުގެ ސަބަބެއް: ޚުތުބާ
31 އޯގަސްޓު 2017

2 މިލިއަނަށް ވުރެ ގިނަ މުސްލިމުން އަރަފާތު ބިމަށް ދިއުމުގައި

31 އޯގަސްޓު 2017
2 މިލިއަނަށް ވުރެ ގިނަ މުސްލިމުން އަރަފާތު ބިމަށް ދިއުމުގައި
30 އޯގަސްޓު 2017

އެއް ލައްކަ އަށް ވުރެ ގިނަ ސިފައިން ހައްޖުވެރިންގެ ސަލާމަތައް ނިކުމެއްޖެ

30 އޯގަސްޓު 2017
އެއް ލައްކަ އަށް ވުރެ ގިނަ ސިފައިން ހައްޖުވެރިންގެ ސަލާމަތައް ނިކުމެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު