Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކައިވެނި ޕާޓީގައި ހިނގި އަލިފާނުގެ ހާދިޘާ

10 ވަރަކަށް ސިކުންތު ތެރޭ މުޅި މާލަމުގައި ރޯވެއްޖެ… އެއް ޢާއިލާއަކުން 10 މަރު… ޒިންމާ އުފުލާނީ ކާކު؟

ޢިމާރާތް ކުރުމަށް ބޭނުން ކޮށްފައި ވަނީ ފަސޭހައިން އަލިފާން ހިފާ ޒާތުގެ ސާމާނު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2023 | އާދީއްތަ 07:22
ކައިވެނީގެ ހަފްލާގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން

ކައިވެނީގެ ހަފްލާގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން

ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ ރޭ، ޢިރާޤުގެ ހަމްދާނިއްޔާގައި ކުރިއަށް ދިޔަ ކައިވެނި ޙަފުލާއެއްގެ ތެރޭގައި ހިނގި އަލިފާނުގެ ޙާދިޘާގެ ހަނދާންތަކަކީ އެކަން ތަޖުރިބާ ކުރި އެއްވެސް މީހެއްގެ ހަނދާނުން ފިލާ ހިނގައިދާނެ ފަދަ ހަނދާންތަކެއް ނޫނެވެ. ޢާއިލީ ގޮތުން ގުޅުމެއް ނެތްތާ، ނުވެސް ދަންނަ ހިސާބުތަކުގެ މީހުންވެސް މީސް މީޑިއާ މެދުވެރިކޮށް، އެ ޙާދިޘާގެ މަންޒަރު ބަލަމުން ދާ އިރު، އެއިން ކޮންމެ މީހަކަށްވެސް ކުރުވަނީ ފުން އަސަރުތަކެކެވެ. ހާހެއް ނުވަތަ އެއަށްވުރެ ގިނަ މީހުންނަށް ދަޢުވަތު ދީގެން ކުރިއަށް ގެންދިޔަ ކައިވެނި ޙަފުލާ، އެތައް ބައެއްގެ ވަދާޢީ ސަލާމަށް ބަދަލުވެގެން ދިޔައީއެވެ. ޙާދިޘާގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 114 އަށް އަރާފައެވެ.

މި ފަހުގެ ތާރީޚުގައި ޢިރާޤު ދުށް އެންމެ ހިތްދަތި އެއް ޙާދިޘާގައި މަރުވެ ދިޔަ ބައެއް މީހުންގެ ޖަނާޒާގެ ކަންކަން މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެންމެ ފަހުގެ އިހުތިރާމް އަދާ ކުރުމަށް ޖަމާވެ ތިބި އެތައް ބައެއްގެ މޫނު މަތިން ފެންނަމުން ދިޔައީ އިންތިހާ ހިތްދަތި ކަމާއި ނުތަނަވަސް ކަމެވެ. ރުންކުރު ނަޒަރުތަކެކެވެ. ވާނީވެސް އެހެންނެވެ. އެއިން ކޮންމެ މީހެއްގެ ހިތުގައި، ޖަވާބު ނުލިބޭ އެތައް ސުވާލެއް ހުންނާނެ ކަން ޤައިމެވެ.

އެއްވެ ތިބި މީހުންގެ ތެރޭގައި ހިމެނޭ އެކަކީ ބުޠުރުތޫ ޝީތާއެވެ. ބުޠުރުތޫ ޢާއިލާއިން އެކަނިވެސް 10 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭނާ މިއަދު ގޮވާލަމުން ދަނީ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކުން ޖަވާބުދާރީ ވުމަށެވެ. މަދަނީ ދިފާޢާ ބެހޭ އިދާރާއިން އިޖާބައެއް ދިނުން ލަސްވާ ކަމުގެ ޝަކުވާ ކުރެއެވެ. ކައިވެނީ ޙަފުލާ ކުރިއަށް ގެންދިޔަ މާލަމުގައި، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނެތް ކަމުގެ ޝާކުވާއަކީވެސް ބުޠުރުތޫ އުފުލި ޝަކުވާއެކެވެ.

ބަޑިބޭހުގެ ކުޅިވަރުތައް ފެށުމާއެކުހެން އަލިފާނުގެ ޙާދިޘާ ހިނގަން މެދުވެރިވީ ސަލާމަތާއި ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް، އެކަށީގެން ވާ ގޮތެއްގައި އަޅާފައި ނެތުމުމުގެ ސަބަބުން ކަމަށާއި، ޢިމާރާތް ކުރުމަށް ބޭނުން ކޮށްފައި ވަނީ ފަސޭހައިން އަލިފާން ހިފާ ޒާތުގެ ސާމާނު ކަމުގައި ވުމަކީވެސް ސަބަބެއް ކަމަށް ޢިރާޤު ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

އެ ބިރުވެރި ޙާދިޘާއިން ސަލާމަތްވި ބައެއް މީހުން ކިޔައިދިން ގޮތުގައި، ޙާދިޘާ ހިނގި ވަޤުތުވެސް އެ މާލަމުގައި އެތައް ސަތޭކަ ބަޔަކު ތިއްބެވެ. ޙާދިޘާ ހިނގީ ކައިވެނީގެ ޙަފުލާ ފެށުނުތާ ގަޑިއެއް ހާއިރު ފަހުން ކަމަށްވެސް އެ ޙާދިޘާއިން ސަލާމަތްވި ބައެއް މީހުން ވަނީ ކިޔައި ދީފައެވެ. އަލިފާން ހިފީ، ބަޑިބޭހުގެ ހަރަކާތްތައް ފެށުމާއެކުހެން، ސީލިންގްގެ ފަރުމާގައި ހުޅު ހިފައިގެންނެވެ. އޭރު، އުންމީދީ ފޮނި ހުވަފެންތަކަކާއެކު ޒަވާޖީ ޙަޔާތުގެ ގޮށް ޖަހާލި ދެމަފިރިންވެސް މާލަމުގެ ތެރޭގައި ތިބީ މަޑު ނެށުމެއްގައި ނަށާލަ ނަށާލައެވެ.

ނިއުޅިގެން ދިޔަ ބިރުވެރި މަންޒަރުތައް އެންމެ ގާތުން ދުށް ބައެއް މީހުންގެ ވާހަކަތައް އަޑު އަހާލުމުން، ޙަފުލާތަކަށް މާލަންތައް ޒީނަތްތެރި ކުރުމުގައި ހެދޭ ބައެއް ގޯސްތައްވެސް އެބަހުރިކަން އެނގިގެންދެއެވެ.

އެފަދަ ގޮތަކަށް އޮތް ބަންދު ތަނެއްގައި އަލިފާނުގެ ނުރައްކާތެރި ޙާދިޘާއެއް ހިނގައިގެން ދާ އިރު ފުރާނަ ސަލާމަތްވުމަކީ ކޮންމެ ކޮންމެ މީހެއްގެ އަތުގައި ހިފާ ނަޞީބެއް ނޫނެވެ. ބައެއް ފަހަރު، ރަނގަޅަކަށް ކަމަ ހިތާ އެޅޭ ފިޔަވަޅަކުންވެސް މުޅި ދިރިއުޅުން ގެއްލިދެއެވެ.

ޢިރާޤުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، މިދިޔަ އަންގާރަ ދުވަހުގެ ޙާދިޘާއާ ގުޅިގެން މިހާތަނަށް 14 މީހަކު ހައްޔަރު ކޮށްފައި ވާ ކަން ހާމަ ކޮށްފައެވެ. އޭގެ ތެރޭގައި ކައިވެނީގެ ޙަފުލާ ކުރިއަށް ގެންދިޔަ ހޯލުގެ ވެރި ފަރާތްވެސް ހިމެނޭ އިރު، 72 ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބެނިވި އަވަސް ތަޙުޤީޤުތަކެއް ހިންގާނެ ކަމަށްވެސް ޢިރާޤުގެ ސަރުކާރުން ވަނީ ޢިއުލާން ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

18 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
ކޮރަޕްޝަން: އެނގެނީ ކިހާވަރަކަށް؟

ކޮރަޕްޝަން: އެނގެނީ ކިހާވަރަކަށް؟

24 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު