Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް ވެކްސިން

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

މޮޑާނާ ކުންފުނިން ވަނީ އުމުރުން 6 މަހާއި 6 އަހަރާ ދެމެދުގެ ކުދިންނަށް 2 ޑޯޒްގެ ވެކްސިން ޖެހުމުގެ ހުއްދަ ދިނުމަށް އެފްޑީއޭގައި އެދިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ޖޫން 2022 | އާދީއްތަ 05:55
ކޮވިޑް ވެކްސިން - ކޮވިޑް ޖެހިގެން ކުޑަކުދިންނަށް މާ ބޮޑު އަސަރެއް ކުރި ކަމަށް ރިޕޯޓްތަކުން ނުދައްކާ

ކޮވިޑް ވެކްސިން - ކޮވިޑް ޖެހިގެން ކުޑަކުދިންނަށް މާ ބޮޑު އަސަރެއް ކުރި ކަމަށް ރިޕޯޓްތަކުން ނުދައްކާ

2019 ވަނަ އަހަރު ނިމެންދަނިކޮށް ޗައިނާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ކޮރޮނާ ވައިރަސް ޑިޒީޒް ނުވަތަ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ވޭންތަކުން ހިންދެމިލާނެ ފުރަސަތެއް އަދިވެސް ނުލިބެއޭ ދެންނެވިދާނެއެވެ. ދުނިޔޭގެ އެއް މަންޒިލުން ކޭސް ނަމްބަރު މަދު ކަމަށް ދައްކާ އިރު، އަނެއް ހިސާބެއްގައި އެ އަދަދުތައް ދަނީ އިތުރު ވަމުންނެވެ.

ކޮވިޑް-19 އިން ސަލާމަތްވުމަށް ހުރިހާ އެންމެންވެސް ވެކްސިން ޖެހުން މުހިންމު ކަމުގައި ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާއިރު، އެ ވެކްސިނަކީ ހުރިހާ އުމުރެއްގެ މީހުންނަށް ޖެހޭ ގޮތަށް އޮތް ވެކްސިނެއް ނޫން ކަމީ، މި ބަލިން 100 އިންސައްތަ ދިފައެއް ލިބުން ނާދިރުވާ އެންމެ ބޮޑު އެއް ސަބަބެވެ. އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޖަހަމުން ދިޔަ ކޮވިޑް ވެކްސިން ޖެހޭ އުމުރު ހަގު ކުރަމުން ގޮސް، އެމެރިކާގައި ދާދި ފަހުން ވަނީ އުމުރުން އެންމެ 5 އަހަރުން ދަށުގެ ކުދިންނަށްވެސް ކޮވިޑް ވެކްސިން ޖެހޭނެ ކަމުގެ ހުއްދަ ދީފައެވެ.

އުމުރުން 6 އަހަރުން ދަށުގެ ކުދިންނަށް މޮޑާނާގެ ކޮވިޑް ވެކްސިން އަދި އުމުރުން 5 އަހަރުން ދަށުގެ ކުދިންނަށް ފައިޒާއާއި ބައޮއެންޓެކްގެ ކޮވިޑް ވެކްސިން ޖެހޭނެ ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އަށް ލަފާ ދޭ މުޝީރުންގެ ޕެނަލުން ނިންމާ، އެކަން އިއުލާން ކުރީ ހުސްވި ހަފުތާގެ މެދަކާ ހިސާބުގައެވެ. ކަން މިހެން އޮތް އިރު، ކުޑަކުދިންނަށް ޖަހާ ވެކްސިނާ ބެހޭ ގޮތުން ބައެއް މައުލޫމާތުތައް އެނގިފައި އޮތުން މުހިންމެވެ.

މޮޑާނާ ކުންފުނިން ވަނީ އުމުރުން 6 މަހާއި 6 އަހަރާ ދެމެދުގެ ކުދިންނަށް 2 ޑޯޒްގެ ވެކްސިން ޖެހުމުގެ ހުއްދަ ދިނުމަށް އެފްޑީއޭގައި އެދިފައެވެ. 25 މައިކްރޯގްރާމްގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައި ވަނީ 28 ދުވަހުގެ މުއްދަތުގެ ތެރޭގައެވެ. ބޮޑެތި މީހުންނަށް ޖެހީ 100 މައިކްރޯގްރާމްގެ ޑޯޒްތަކެވެ.

ފައިޒާ އަދި ބައޮއެންޓުން ހުއްދައަށް އެދުނީ 3 ޑޯޒް ޖެހުމަށެވެ. އެއީ އުމުރުން 6 ހަމާއި 5 އަހަރާ ދެމެދުގެ ކުދިންނަށެވެ. ފުރަތަމަ 2 ޑޯޒްގެ ދެމެދުގައި 21 ދުވަސް ފާއިތު ކުރަން ޖެހޭ އިރު، 3 ވަނަ ޑޯޒް ޖަހަނީ، 2 ވަނަ ޑޯޒް ޖެހިތާ 2 މަސްދުވަސް ފަހުންނެވެ. ކޮންމެ ޑޯޒްއަކީ 3 މައިކްރޯގްރާމްގެ ޑޯޒްއެކެވެ. އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދު އުމުރުފުރާގެ ކުދިންނަށް ޖަހަނީ 10 މައިކްރޯގްރާމްގެ ޑޯޒްތައް ކަމަށް ވާ އިރު، 12 އަހަރުން މަތީގެ ކުދިންނަށް ޖަހަނީ 30 މައިކްރޯގްރާމްގެ ޑޯޒްތަކެވެ.

ފައިޒާ އަދި ބައޮއެންޓެކާއި މޮޑާނާއިން، ތުއްތު ކުދިންނަށް ޖަހާ ކޮވިޑް ވެކްސިންގެ ޑޯޒްތައް މަދު ކޮށްފައި ވަނީ، ވެކްސިންގެ ސައިޑް އިފެކްޓްތައް ވީހާވެސް ކުޑަ ކުރުމަށެވެ.

މޮޑާނާގެ ކޮވިޑް ވެކްސިނަށް ބަލާއިރު އެ ވެކްސިނަކީ އުމުރުން 6 މަހާއި 2 އަހަރާ ދެމެދުގެ ކުޑަ ކުދިންނަށް ބަލިޖެހި، އަލާމާތްތަކުން އެކަހެރިވުމަށްޓަކާ 50.6 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ލަފާ ކުރެވެއެވެ. 5000 އެއްހާ ކުދިން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ކްލިނިކަލް ޓްރަޔަލްއަށް ބަލާއިރު މި ވެކްސިނަކީ އުމުރުން 2 އަހަރާއި 6 އަހަރާ ދެމެދު ކުދިންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެނުން ދުރު ކުރުމަށްޓަކާ 36.8 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ވަނީ ދައްކާފައެވެ.

ފައިޒާ/ބައޮއެންޓެކްގެ ކޮވިޑް ވެކްސިނަކީ އުމުރުން 5 އަހަރުން ދަށުގެ ކުދިން، ބަލީގެ އަލާމާތްތަކުން ސަލާމަތް ކުރުމަށްޓަކާ ކިހާ ކާމިޔާބު ވެކްސިނެއްކަން އަދި ސާފެއް ނުވެއެވެ. މީގެ ކުރިން ކުރިއަށް ގެންދިޔަ 10 ކޭހެއްގެ ނަތީޖާއަށް ބަލާއިރު ވެކްސިންގެ ކާމިޔާބީ ހުރީ 80.3 ޕަސެންޓްގައެވެ.

2 ބްރޭންޑްގެ ވެކްސިންގެ ސަބަބުންވެސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ސީރިއަސް މައްސަލަތަކެއް ކުރިމަތިވި ކަމަކަށް ޓްރަޔަލްތަކުން ދައްކާފައެއް ނުވެއެވެ. މެޔޯކާޑައިޓިސްއަކީ ވެކްސިންގެ ސަބަބުން ޒުވާން ފިރިހެނުންނަށް ބައެއް ފަހަރު ކުރިމަތިވާ މައްސަލައެއް ނަމަވެސް، އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދު ކުދިންގެ ކިބައިން، އެމެރިކާއިން މި ކަން ރިޕޯޓް ކޮށްފައި ވަނީ ވަރަށް މަދުންނެވެ. އަދި އެންމެ ހަގު އުމުރު ފުރާއިން އެއްވެސް ކޭހެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ވެކްސިން ޖެހި ބައެއް ކުދިން ވަނީ ވެކްސިން ޖެހި ތަން ދުޅަވެ، ރިއްސާކަމުގެ ރިޕޯޓްތައް ކޮށްފައެވެ. ފައިޒާގެ ވެކްސިނަށް ވަކިން ބަލާއިރު، ބައެއް ކުދިން ހުން އައި ކަމަށް ރިޕޯޓް ކޮށްފައިވާ އިރު، ވަރުބަލިވާ ކަމުގެ ޝަކުވާވެސް ކޮށްފައިވެއެވެ. މޮޑާނާގެ ވެކްސިނަށް ބަލާއިރު ހުންއައިސް ވަރުބަލިވުމުގެ އިތުރުން ބޮލުގައި ރިހުމެއް ހުރި ކަމަށް، ވެކްސިން ޓްރަޔަލްގައި ބައިވެރިވި ބައެއް ކުދިން ވަނީ ބުނެފައެވެ.

ކޮވިޑް ޖެހިގެން ކުޑަކުދިންނަށް މާ ބޮޑު އަސަރެއް ކުރި ކަމަށް ރިޕޯޓްތަކުން ނުދެއްކި ނަމަވެސް، އެމެރިކާގައި އެކަނިވެސް މި ބަލި ޖެހިގެން އުމުރުން 5 އަހަރުން ދަށުގެ 400 އަށް ވުރެ ގިނަ ކުދިންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫ ކަލަރ ރަންގެ ކައިޓް ފެސްޓިވަލް: ކުޑަކުދިންނަށް ހިނިތުންވުމެއް!

އުރީދޫ ކަލަރ ރަންގެ ކައިޓް ފެސްޓިވަލް: ކުޑަކުދިންނަށް ހިނިތުންވުމެއް!

24 ނޮވެމްބަރު 2018
ހުކުމްތައް ކުރީ ބުނިގޮތަށޯ! ދެން ބާރަށް އަތްޖަހާ.

ހުކުމްތައް ކުރީ ބުނިގޮތަށޯ! ދެން ބާރަށް އަތްޖަހާ.

03 މެއި 2018
ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެބާ؟

ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެބާ؟

14 ޖެނުއަރީ 2018
ސަޢޫދީ ވަލީޢަހުދުގެ ލެއާއެކު ދަބަރު ޖަހާފައިވާ ކަނޑި

ސަޢޫދީ ވަލީޢަހުދުގެ ލެއާއެކު ދަބަރު ޖަހާފައިވާ ކަނޑި

08 ޖެނުއަރީ 2018
ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ ރާއްޖެއިން ގުޅުން ކަނޑާލި ޤަޠަރު ހިއުމަންރައިޓްސް ކައުންސިލަށް! ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު