Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގެ "ރަހީނަކީ" އެފްރިކާ: ޒެލެންސްކީ

ކަމެއް ނުކުރަނީސްވެސް ރަޝިއާއިން ފެށި ހަނގުރާމައާއެކު އުފުލެމުންދާ އަގުތަކުގެ އަސަރު، ހުރިހާ ބައްރަކަށް ވަނީ ފޯރާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 21 ޖޫން 2022 | އަންގާރަ 06:21
އެފްރިކަން ޔޫނިއަންގެ ލީޑަރުންނާ މުހާތަބުކުރައްވާ ޒެލެންސްކީ ވިދާޅުވެފައިވަނީ އެ ބައްރުން އުފައްދާފައިވާނުވާ މަސްރަހެއްގައި ބެދެމުންދާ ކަމަށް

އެފްރިކަން ޔޫނިއަންގެ ލީޑަރުންނާ މުހާތަބުކުރައްވާ ޒެލެންސްކީ ވިދާޅުވެފައިވަނީ އެ ބައްރުން އުފައްދާފައިވާނުވާ މަސްރަހެއްގައި ބެދެމުންދާ ކަމަށް

ފެބުރުއަރީ 24، 2022 ވަނަ ދުވަހުގެ އިރު، ޔޫކްރެއިންގެ އުދަރެހުން ފާޅުވީ ބޯމަތިވި ހަނގުރާމައިގެ ވިލާގަނޑުން ގުގުމަނުން ދިޔަ ހަމަލާގެ އަޑުފަށްގަނޑާއެކުގައެވެ. އަސްކަރީ ޚާއްސަ އޮޕަރޭޝަނެއްގެ ނަމުން ނަން ދީގެން، ރަޝިއާގެ ރައީސް ވްލެޑްމިއާ ޕުޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރެއިންއަށް އަރާ، ހަނގުރާމަ ކުރަމުން ދާތާ 100 އެތައް ދުވަހެއް ވީ އިރުވެސް، އެ ހަނގުރާމަ ހުއްޓިދާނެ ކަމުގެ ކޮޅުމަތިވެސް ފެންނާކަށް ނެތެވެ. ހަނގުރާމައަކީ ޔޫކްރެއިންގެ ފަސްގަނޑާއި އެއްގަމާއި ކަނޑާ ވައިގެ މަގުގައި ކުރަމުންދާ ހަނގުރާމައަކަށް ވީ ނަމަވެސް، އޭގެ އަސަރު، ދުނިޔޭގެ 4 ބިތަށް ދަނީ ފޯރަމުންނެވެ.

ރަޝިއާއިން ކުރަމުންދާ ހަނގުރާމާގައި އެފްރިކާ ވަނީ "ރަހީނެއް"ގެ ހާލަތުގައި ކަމަށް، ޔޫކްރެއިންގެ ރައީސް ވްލޮޑޮމިރް ޒެލެންސްކީ ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި ސިފަކުރައްވާފައެވެ. ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ރަހީނަކަށް އެފްރިކާ ވެފައިވާ އިރު، އެކަމުގެ ސަބަބުން އެ ބައްރުގައި ކާބޯތަކެތީގެ އަގު، އިންތިހާއަށް އުފުލެމުން ދާ ކަން ފާހަގަކުރަން ޖެހެއެވެ.

ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެފްރިކާ ސަރަހައްދުގައި ގޮވާމާއި ކައްކަން ބޭނުން ކުރާ ތެލުގެ އިތުރުން ހަކަތައާއި ގަހު ކާނާގެ އަގުތައް އުފުލެމުން ދަނީ އަތް ނުފޯރާ މިންވަރަށެވެ.

ބައިނަލްއަގުވާމީ ގޮދަނުގެ ސަޕްލައިއަށް ބަލާއިރު ޔޫކްރެއިންއާއި ރަޝިއާއަކީ ގާތްގަނޑަކަށް 3 ބައިކުޅަ 1 ބައި ހިއްސާ ކުރާ 2 ގައުމެވެ. ރަޝިއާއަކީ ބައިނަލްއަގުވާމީ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ގަހުކާނާ ސަޕްލައި ކުރަމުންދާ 1 ގައުމަށް ވާއިރު، ޔޫކްރެއިންއަކީ ޒުވާރިއާއި ސަންފުލާވާ ތެލުގެ މައިގަނޑު 1 ސަޕްލަޔަރެވެ.

އެފްރިކަން ޔޫނިއަންގެ ލީޑަރުންނާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، އެ ބައްރުން އުފައްދާފައިވާ ނުވާ މަސްރަހެއްގައި ބެދެމުންދާ ކަމަށެވެ.

ޔޫކްރެއިނުން ބައިނަލްއަގުވާމީ ބާޒާރަށް ސަޕްލައި ކުރަން ހުރި ގޮވާމަށް ރަޝިއާއިން ގަސްތުގައި ހުރަސް އަޅާ ކަމުގެ ތުހުމަތުތަކަށް، ރަޝިއާގެ ސަރުކާރުން އިންކާރު ކުރެއެވެ. އަދި ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް އުފުލެމުން ދަނީ، ރަޝިއާއާ ދެކޮޅަށް ހުޅަނގުން ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވެސް ރަޝިއާއިން ދަނީ ސިފަ ކޮށްދެމުންނެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2021

އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟

15 ޖެނުއަރީ 2021
އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟
13 ޖެނުއަރީ 2021

ޓްރަމްޕް ވެރިކަމުން ދެ ވަނަ ފަހަރަށް އަޒުލުކުރުމަށް ކުރަމުންދާ މަސައްކަތްތައް: މިފަހަރު ތަފާތަކީ ކޮބާ؟

13 ޖެނުއަރީ 2021
ޓްރަމްޕް ވެރިކަމުން ދެ ވަނަ ފަހަރަށް އަޒުލުކުރުމަށް ކުރަމުންދާ މަސައްކަތްތައް: މިފަހަރު ތަފާތަކީ ކޮބާ؟
19 މެއި 2020

ރާއްޖެޓީވީގެ ލޮކްޑައުންއަށް 30 ދުވަސް- މުވައްޒަފުން ކުރަމުންދާ ތަފާތު ތަޖުރިބާ

19 މެއި 2020
ރާއްޖެޓީވީގެ ލޮކްޑައުންއަށް 30 ދުވަސް- މުވައްޒަފުން ކުރަމުންދާ ތަފާތު ތަޖުރިބާ
28 މާރިޗު 2020

ކޮވިޑް-19 ގެ ބިރުވެރިކަމުގެ ތެރޭގައި ޔޫކޭގައި އާއިލާ ގޮވައިގެން ކުރަމުންދާ ތަޖުރިބާ ދިވެހި ޑޮކްޓަރެއްގެ ދުލުން!

28 މާރިޗު 2020
ކޮވިޑް-19 ގެ ބިރުވެރިކަމުގެ ތެރޭގައި ޔޫކޭގައި އާއިލާ ގޮވައިގެން ކުރަމުންދާ ތަޖުރިބާ ދިވެހި ޑޮކްޓަރެއްގެ ދުލުން!
09 މާރިޗު 2020

ކޮވިޑް-19: ބޭނުން ކުރަމުންދާ "ޓާމު" ތަކުގެ ތަފާތު އެނގުން މުހިންމު!

09 މާރިޗު 2020
ކޮވިޑް-19: ބޭނުން ކުރަމުންދާ "ޓާމު" ތަކުގެ ތަފާތު އެނގުން މުހިންމު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު