Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ތުއްތު ދަރިފުޅަށް އަލަށް ކާންދިނުން

ތުއްތު ދަރިފުޅަށް އަލަށް ކާންދޭން ފަށާއިރު ގޯސްތަކެއް ހެދޭކަން ދެނަހުރިންތަ؟

ތުއްތު ދަރިފުޅު އަލަށް ކާން ފެށުމަކީ އެ ދަރިފުޅާއި، ދަރިފުޅާ އެކުގައި އުޅޭ މީހުންގެ ޙަޔާތަށް ބޮޑު ބަދަލެއް ގެނުވާ ކަމެކެވެ. މި ބަދަލާއެކު، އިންތިހާ ހާސްކަމާއި ނުތަނަވަސްކަމާވެސް ކުރިމަތިލާންޖެހެއެވެ. ތުއްތު ދަރިފުޅަށް އަލަށް ކާންދޭން ފެށުމާ ބެހޭ އެތައް މައުލޫމާތަކާއި ހާސަރެއް އިންޓަރނެޓްގެ ކޮންމެ ދިމާއަކުންވެސް ފެނެއެވެ.

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 18 އޯގަސްޓު 2024 | އާދީއްތަ 15:26
ތުއްތު ދަރިފުޅުގެ ކެއުން ތައްޔާރުކުރާއިރު، ތަފާތު އެކި ރަހަތަކަށް ދަރިފުޅު ހޭނުވުމަށް ކުރެވިދާނެ އެތައް ކަމެއް އެބަހުރި

ތުއްތު ދަރިފުޅުގެ ކެއުން ތައްޔާރުކުރާއިރު، ތަފާތު އެކި ރަހަތަކަށް ދަރިފުޅު ހޭނުވުމަށް ކުރެވިދާނެ އެތައް ކަމެއް އެބަހުރި

ތުއްތު ދަރިފުޅު މި ދުނިޔޭގައި ހޭދަ ކުރާ ފުރަތަމަ 6 މަސްދުވަހު، އެ ދަރިފުޅުގެ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ މާއްދާއެއް ހޯދާ މަސްދަރަކަށް ވެފައި އޮންނަނީ މައިމީހާގެ ގާތުން ދޭ ކިރެވެ. ހާލަތު ނިޔާކުރާ ގޮތަކުން، ބައެއް ކުދިންނަކީ ތައްޔާރީ ކިރު ބޭނުން ކުރާ ކުދިންނެވެ. ގާތުން ދޭ ކިރު ނުވަތަ ފޯމިއުލާ ކިރު ބުއިކަމުގައި ވީ ނަމަވެސް، ތަފާތު އެކި ކަހަލަ ރަހަތަކަށް އެ ދަރިފުޅު ހާނުވަން ފަށާ އާންމު ޢުމުރަކީ 6 މަސްފުރޭ ހިސާބެވެ. މިއީ ކޮންމެ މަޔަކާއި ބަފައަކުވެސް އެންމެ އިންތިޒާރު ކުރާ އެއް ވަގުތެވެ. އާންމު ދުނިޔެތެރެއަށް ދަރިފުޅު ހޭނެން ފަށައޭ ހީވާ ހިސާބަކީވެސް ހަމަ އެއީ އެވެ.

ދަރިފުޅަށް ކާންދޭން ފަށާ ދުވަސް ޖެހެން ވާ އިރަށް އެމީހަކަށް ވީ ގޮތަކުން، ވެވުނު މިންވަރަކުން އެންމެ ފުރިހަމައަށް ތައްޔާރީތައް ވެއެވެ. މިއީ ދަރިފުޅަށް ހެޔޮ އެދިގެން ކޮށްދޭ ކަންތައްތަކެއް ނަމަވެސް، ބައެއް ގޯސްތައް ހެދިފައި އެބަހުއްޓެވެ. އެކަންކަމަށް އަހުލުވެރިވެ، އަންނަން އޮތް ޖީލުތަކުގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް މިއަދު އަތުކުރި އޮޅާލަން މަޖުބޫރެވެ. ތުއްތު ކުދިންގެ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުގެ ދާއިރާއިން ޑައެޓީޝަނެއްގެ ގޮތުގައި ޚާއްޞަ ވަމުން އަންނަ ލިޔުންތެރިޔާ، ޑާލިޔާ ރިމޯން، މި މޭރުމުން ދައްކާފައި ވާ ބައެއް ވާހަކަތަކަށް ބަލަމާ ހިނގާށެވެ.

ތުއްތު ދަރިފުޅު އަލަށް ކާން ފެށުމަކީ އެ ދަރިފުޅާއި، ދަރިފުޅާ އެކުގައި އުޅޭ މީހުންގެ ޙަޔާތަށް ބޮޑު ބަދަލެއް ގެނުވާ ކަމެކެވެ. މި ބަދަލާއެކު، އިންތިހާ ހާސްކަމާއި ނުތަނަވަސްކަމާވެސް ކުރިމަތިލާންޖެހެއެވެ. ތުއްތު ދަރިފުޅަށް އަލަށް ކާންދޭން ފެށުމާ ބެހޭ އެތައް މައުލޫމާތަކާއި ހާސަރެއް އިންޓަރނެޓްގެ ކޮންމެ ދިމާއަކުންވެސް ފެނެއެވެ. ޚިޔާލު ފާޅުކުރާނެ އެތައް ބަޔަކު، އެއް ފުރާޅެއްގެ ދަށުގައިވެސް އުޅޭނެކަން ޔަޤީނެވެ. ތަޖުރިބާތައް ހިއްސާ ކުރަމުން ގޮސް، މައިމީހާ ބޯހާސްވެ މާޔޫސްކޮށްލެވޭ ގޮތްވެސް ވެފައި ހުންނާނެއެވެ.

ތުއްތު ދަރިފުޅަށް އަލަށް ކާންދޭން ފަށާއިރު ގޯސްތައް ހެދެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މިފަދަ އެތައް ކަމެއްގެ ވާހަކަ ބަޔާން ކުރެވިދާނެއެވެ. 3 ދަރިންގެ މަންމައެއްގެ ޒިންމާތައް އުފުލަމުން ދާ ޑާލިއާ ވަނީ އަލަށް ކާންދޭން ފަށާއިރު ހެދޭ މައިގަނޑު 4 ގޯހެއް ފާހަގަކޮށްދީފައެވެ

އެންމެ ފުރަތަމަ ކަމަކީ، ފަހަރަކު އެންމެ ބާވަތެއް ތަޢާރަފު ކުރުމެވެ. ޒަމާނުއްސުރެ މައިންބަފައިންނަށް ދެމުން އަންނަ އިރުޝާދަކަށް ވެފައި އޮތީ، އަލަށް ކާންދޭން ފަށާއިރު އެއް ފަހަރާ އައު އެއްޗެހިތަކަކަށް ކުއްޖާ ހުށަހެޅުމުގެ ބަދަލުގައި، އެއް ބާވަތެއް 3 ދުވަހުގެ މުއްދަތަށް ދިނުމެވެ. އެއީ އެ އެއްޗަކަށް ކުއްޖާ އެލަރޖިކް ވޭތޯ ނުވަތަ އެ ނޫންވެސް ކަމެއް ހުރިތޯ ދެނެގަތުމަށް ކަމަށް ބުނެއެވެ.

ކަން މިހެން އޮތް ނަމަވެސް، ފަހުގެ ހޯދުންތަކުން އިވެނީ އެހެން އަޑެކެވެ. އޭން އެންޑް ރޮބަރޓް އެޗް ލޫރީ ޗިލްރަންސް ހޮސްޕިޓަލް އޮފް ޝިކާގޯއިން އާންމުކޮށްފައިވާ ދިރާސާގެ ހޯދުންތަކުން އެނގޭ ގޮތުގައި، 3 ދުވަސް ވަންދެން އެކައްޗެއް ދީގެން އެލަރޖީއަކަށް ޓެސްޓު ކުރުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ތަފާތު އެކި ބާވަތްތައް ތަޢާރަފު ކުރުމުގެ ފައިދާ މާ ބޮޑު ކަމަށްވެސް އެ ދިރާސާގައި ބުނެފައި ވެއެވެ. ތަޢާރަފު ކުރާ ބާވަތަކީ، ގިނަ ބަޔަކު އެ ބާވަތްތަކާ ނުގުޅޭކަން ފާހަގަ ކުރެވިފައިވާ މާއްދާތައް އެކުލެވޭ ބާވަތެއް ނުވަތަ އެލަރޖަންއެއް ކަމަށް ނުވާ ނަމަ، ތުއްތު ދަރިފުޅަށް އަލަށް ތަޢާރަފު ކުރާ ކޮންމެ ކެއުމެއްގައިވެސް ތަފާތު އެކި ބާވަތްތައް ހިމެނިދާނެއެވެ.

އެއް ބާވަތެއް ދީދީ އިނުމުގެ ބަދަލުގައި، އެއް ފަހަރާ ގިނަ ބާވަތްތަކެއް ތަޢާރަފު ކުރުމުން ތަފާތު އެކި ރަހަތަކާއި، ޓެކްސްޗަރ އަދި ނިއުޓްރިއަންޓްސްއަށްވެސް އެ ދަރިފުޅު ތަޢާރަފު ކުރެވެއެވެ. އޭގެ އިތުރަށް، އެ ބާވަތުގެ ތަކެއްޗަށް ދަރިފުޅުގެ ހިތްޖެހުންވެސް އެކަށީގެންވެއެވެ.

ދަރިފުޅަށް ކާންދޭން ފަށާ ދުވަސް ގާތްވަމުން ދާ ވަރަކަށް ބޭ އިޚްތިޔާރުގައި ނަމަވެސް ސިކުނޑީގައި އެނބުރޭ އެއް ފިކުރަކީ ދަރިފުޅަށް ކާން ދިނުމުގެ ތެރޭގައި ދެމައިންނާއި ތަން ހަޑިވާނެ ކަމުގެ ފިކުރެވެ. އެކަން އޮންނަނީވެސް އެހެންނެވެ. ތުއްތު ދަރިފުޅަށް އަލަށް ކާންދޭން ފަށާ ދުވަސްވަރަކީ އަތުގައި އޮތް އެންމެ ރީތި ހެދުންތައް ލައިގެން އުޅެވޭނެ ދުވަސްތަކެއް ނޫނެވެ. ކާމޭޒާއި ގޮނޑިމޭޒު ފަދަ ތަންތަނުގައި އަގުބޮޑު ރަބަރާއި މެޓުތައް އެޅުމުގެ ބޭނުމެއް ނެތެވެ. ނުވިތާކަށް، ކާގެ ފަދަ ތަންތަނުގައި އައު ދޫލަތަކެއް އަޅަންވީ ދުވަސްވަރެއްވެސް ނޫނެވެ.

ކައިބޮއެ ހަދާ ވަގުތަކީ ތުއްތު ދަރިފުޅަށް މިނިވަންކަމާއެކު އެ ތަކެތީގެ ރަހަ ބަލާ، ތަޖުރިބާ ކުރެވެ ވަގުތަކަށް ހަދައިދެވުމަކީ މުހިންމު ކަމެކެވެ. ރަހަ ބެލުމުގެ ފުރުޞަތާ އެއްވަރަށް، ކާބޯތަކެތީގައި އަތްލައި، ވަސްބަލާ ހެދުމުގެ ފުރުޞަތުވެސް އެ ކުދިންނަށް ދޭންޖެހެއެވެ. ދަރިފުޅުގެ އަމިއްލަ އަތުން ކާން ދޫކޮށްލުމުގެ ބަދަލުގައި، ސަމުސަލުން ލަވައިދެމުން ދިޔަ ކަމުގައި ވީ ނަމަވެސް، ދެ ސުވާ ދޭތެރެއިން ތުނބާއި ކަރުދޮށް ފޮހެވޭ ގޮތްވާނަމަ، އެކަންވެސް ހުއްޓާލާށެވެ. މުޅިން އައު ތަޖުރިބާއެއް ކުރަމުން ދާ ވަގުތު، އަމިއްލަ ބާރެއް ނެތް ހާލު މޫނުމަތި ސާފު ކުރާނަމަ ވާނެ އުނދަގޫ އިޙްސާސް ކޮށްލާށެވެ.

ތުއްތު ދަރިފުޅަށް ތައްޔާރުކުރާ ކެއުންތަކަކީ އޭގައި މާ ގަދަ ރަހައެއް ހުންނަ ކެއުންތަކަކަށް ވެގެން ނުވާނެ ކަމަށް ޒަމާނުއްސުރެ ކުރެވިފައި އޮންނަނީ ކުށް ހީއެއް ކަން ޑާލިޔާ ފާހަގަ ކުރެއެވެ. ފަހަރެއްގައި މި ބުނަނީ ލޮނާއި ހަކުރު އަޅައިގެން ކައްކާ ވާހަކައެއް ނޫނެއެވެ. ލޮނާއި ހަކުރު ނާޅާވެސް، އަނގަޔަށް މީރުކޮށް، ތަފާތު އެކި ރަހަތަށް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދަރިފުޅަށް ހޯދައިދޭންވާނެއެވެ.

ތުއްތު ދަރިފުޅުގެ ކެއުން ތައްޔާރުކުރާއިރު، ތަފާތު އެކި ރަހަތަކަށް ދަރިފުޅު ހޭނުވުމަށް ކުރެވިދާނެ އެތައް ކަމެއް އެބަހުއްޓެވެ. އެގޮތުން ހަވާދުގެ އެކި ބާވަތްތަކާއި، ކެއްކުމަށް ބޭނުން ކުރާ އެކި ކަހަލަ ފަތްޕިލާވެލި ނުވަތަ އަރބްސް ބޭނުންކުރެވިދާނެއެވެ. ލޮނުމެދު ޕައުޑަރާއި، ފޮނިތޮށި ފަދަ ބާވަތްތައްވެސް ބޭނުން ކުރެވިދާނެއެވެ. ގިނަ ރަހަތައް ތަޖުރިބާ ކުރަން ފުރުޞަތު ދޭ ވަރަކަށް، ދަރިފުޅު ކައި އުޅޭ ބާވަތްތައްވެސް އިތުރުވެގެންދާނެއެވެ.

ދުނިޔެ ތެރެއަށް ހޭނެމުން ދާ ދަރިފުޅުގެ ފުރަތަމަ އަހަރަކީ އެ ދަރިފުޅުގެ ހަޔާތަށް އިންތިހާއަށް މުހިންމު ދުވަސްތަކެކެވެ. ކޮންމެ ތަޖުރިބާއަކީ މުހިންމު ފިލާވަޅަކަށްވެއެވެ. ބައެއް ކުދިންނަކީ އެ ކުދިންގެ ޠަބިއްޔަތުގައި އައު ކަންކަމަށް އަހުލުވެރިވުން ދުރު ބަޔަކަށް ވެދާނެއެވެ. ނޫނީ ބައެއް ކަހަލަ ރަހަތަކާ ގަޔާނުވާ ކުދިންނަށްވެސް ވެދާނެއެވެ. މައިމީހާގެ ގާތުން ބުއި ކިރު ނުވަތަ ފޯމިއުލާ ކިރަށް ބަރޯސާވެގެން 6 މަސްދުވަސް ހޭދަ ކުރުމަށްފަހު އައު ކަމެއް ތަޖުރިބާ ކުރަން ޖެހުމަކީ ކިހާ ވަރެއްގެ ކަމެއްކަން އަހަރެމެންނަށް ވަޒަންވެސް ނުކުރެވޭނެއެވެ.

ފުރަތަމަ ލަވާލާ ކާ އެތިކޮޅު އުކާލަފާނެއެވެ. ދެތިން ދުވަހުވެސް އެކަން އެހެން ކޮށްފާނެއެވެ. ބަލަން އިންނަ މީހަކު ހިނިއައިސްގެން ހަލާކުވާފަދަ އެތައް ވައްތަރެއް ޖައްސަފާނެއެވެ. އަނގަ ނުހުޅުވާން ހެދުނު ހުރިހާ ގޮތެއް ހަދާނެއެވެ. ނަމަވެސް، މާޔޫސްވެ، އެ ބާވަތެއް ދޫކޮށްލުމުގެ ބަދަލުގައި، ތަފާތު ގޮތަކަށް އެހެން ދުވަހަކުން އެ އެއްޗެއް ތަޢާރަފު ކުރެވޭތޯ ބެލުން މުހިންމު ކަމަށް ޑާލިޔާ ފާހަގަ ކުރިއެވެ.

މި ހުރިހާ ކަމެއް މިހެން ހުރި އިރު، 2 ކުއްޖަކު އެއް ގޮތް ނުވާނެކަން ޤަބޫލު ކުރުން މުހިންމެވެ. ހާދަ ފަލައޭ، ހާދަ ހިއްކޭ ކިޔާ، މައިންބަފައިން މާޔޫސް ކުރުމުގެ އާދައަކީ އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ކަށީގައި ހިފާފައި ހުއްޓެއް ކަމަކު ދޫކޮށްލަންޖެހޭ ނުރަނގަޅު ސިފައެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް އުފެއްދި ގުޅަ ބޭހަކުން 16 މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް 12 ކިލޯ ބަރުދަން ލުއި ކުރެވިދާނެ

އަލަށް އުފެއްދި ގުޅަ ބޭހަކުން 16 މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް 12 ކިލޯ ބަރުދަން ލުއި ކުރެވިދާނެ

08 އޯގަސްޓު 2025
ތުއްތު ކުއްޖެއްގެ ނޭވާހޮޅިން ކަރަންފުލެއް ނަގައިފި

ތުއްތު ކުއްޖެއްގެ ނޭވާހޮޅިން ކަރަންފުލެއް ނަގައިފި

02 މާރިޗު 2022

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު