Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސޯމާލިއާއަށް ކުރިމަތިވެފައިވާ ބަނޑުހައި ހޫނުކަން

3 ކާރިސާއެއް ވަށާލި ހަތަރު އަނގޮޅީގައި ބެދުނު ބަޝީރު: ކޮންމެ ފަދަ މީހަކަށް އެ ހާލު ޖެހިދާނެ!

މެންދުރު ކާގަޑިއަށް އޭނާ ސޯމާލިއާގެ ކަބާސާ ޕްރައިމަރީ ސްކޫލް ކައިރިއަށް ދަނީ، ގޭގައި ކާނެ އެއްޗެއް ނުހުންނާތީ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 21 ޖޫން 2022 | އަންގާރަ 05:58
ހަނަފަސްކަމުގެ ހިތި ތަޖުރިބާ ކުރަންޖެހިފައިވާއިރު، މިފަދަ ހަނަފަސްކަމެއް، ބަޝީރުގެ މަންމަގެ ހަޔާތުގައިވެސް އޭނާ ދެކެފައި ނުވާ ކަމަށް ބުނެފައިވޭ

ހަނަފަސްކަމުގެ ހިތި ތަޖުރިބާ ކުރަންޖެހިފައިވާއިރު، މިފަދަ ހަނަފަސްކަމެއް، ބަޝީރުގެ މަންމަގެ ހަޔާތުގައިވެސް އޭނާ ދެކެފައި ނުވާ ކަމަށް ބުނެފައިވޭ | ސީ.އެން.އެން

ސޯމާލިއާގެ ކަބާސާ ޕްރައިމަރީ ސްކޫލްގެ ދޮރޯށި ކައިރީގައި ސަފުހަދަމުން ދިޔަ ކުދިންގެ ލީޑަރަކަށް ހުރީ، ބަލާބެލުމަށް ޖެހިލުން ކުޑަ، އަމިއްލަ ނަފުސުގެ މައްޗަށް ފުރިހަމަ އިތުބާރު އޮތް ކަމާ މެދު ދެބަސްވެވެން ނެތްހާ ސާބިތުކަން ދައްކަމުން ދިޔަ، އުމުރުން އެންމެ 11 އަހަރުގެ ބަޝީރު ނޫރު ޞަލާތެވެ. އެއީ ހެނދުނުގެ ނާސްތާ ގަޑިއާއި މެންދުރުގެ ކޭމުގެ ވަގުތުގައި އެކަން ހިނގާ ގޮތެވެ. އދގެ އެހީއާއެކު ހިންގާ މަޝްރޫއުގެ ތެރެއިން ބަތްޕެން ތައްޓެއް ނޫނީ ފެނުކެއްކި ފެހިކޮޅަކާއި ޒުވާރި ކޮޅެއް، ދަރިވަރުން ކަމުންދާ މަންޒަރު ބަލަން، ބަޝީރު ހުންނަ މަންޒަރު ފެނުނު މީހެއްގެ ލޮލުން ކަރުނަ އަޅާނެއެވެ. ބަޝީރާއި އޭނާގެ އެކުވެރިން، ސްކޫލްގެ ގޯތި ތެރެއަށް ލޫދެމުން ދަނީ، ޓީޗަރެއްގެ ރާޑަރަށް ނާރާ، ކާއެތިކޮޅެއް އަތުޖެހޭތޯއެވެ.

ދުނިޔެ ހޫނުވަމުންދާ ދިއުމާ، ގުދުރަތީ ކާރިސާތައް އިތުރުވަމުންދާއިރު، މިއީ ސޯމާލިއާގެ އިތުރުން އެހެން މަންޒިލްތަކުގައިވެސް އާންމު ކަމަކަށް ވެދާނެ ކަމުގެ އިންޒާރު، ސައެންސްވެރިން ވަނީ ދީފައެވެ. މި ދަނޑިވަޅަކީ ފާއިތުވީ 40 އަހަރު ދެކެފައި ނުވާ ފަދަ ހަނަފަސްކަން ކުރިމަތިވެ، ފިނިހޫނުމިން މައްޗަށް ދިއުމުގެ މައްސަލައާ ސޯމާލިއާއަށް ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެކެވެ. ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައާއެކު ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުން ދާ އިރު، އާންމު ރައްޔިތުންނާއި އެހީ ދޭ ޖަމިއްޔާތަކުން ކުރަން ޖެހޭ ހޭދަ ބޮޑުވެ، ޑޯނަރުގެ އެހީ ދަނީ ހީނަރުވަމުންނެވެ. އަލް-ޤައިދާ ޖަމާއަތާ ގުޅުން އޮންނަ ހަނގުރާމަވެރިން ކޮންޓްރޯލް ކުރާ ބައެއް ސަރަހައްދުތައް ދޫކޮށް ދިއުމުގެ ހުއްދަވެސް ބައެއް ހާލަތްތަކުގައި ނޯވެއެވެ.

ކަން ދިމާ ކުރި ގޮތުން ބަޝީރަށް އުޅެން ޖެހިފައި ވަނީ އެންމެ ވަރުގަދަ 3 ކާރިސާ ބެދޭ ހަތަރު އަނގޮޅީގެ މެދުގައެވެ. މޫސުމީ ނެދޭވެ ބަދަލުތަކާއި، އަގުތައް އުފުލުމާއި ކުރިމަތިލުންތަކުގެ މެދުގައެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ އޮކްސްފާމްއާއި ސޭވް ދަ ޗިލްޑްރަންއިން އަންދާޒާ ކުރާ ގޮތުގައި، ހަނަފަސްކަމުގެ ހިތި ތަޖުރިބާ ކުރަން ޖެހިފައި ވާ އިތިއޮޕިއާ، ކެންޔާ އަދި ސޯމާލިއާއިން ބަނޑަށް ޖެހިގެން ކޮންމެ 48 ސިކުންތަކުން މީހަކު މަރުވެއެވެ.

ބަޝީރުގެ އާއިލާގައި 8 ކުދިން ތިބިއިރު ރޭގަވެސް ކެއުމެއް ނުލިބުނުތާ، ހެނދުނުގެ ނާސްތާވެސް އޭނާގެ ގޭގައި ނެތެވެ. އެފަދަ ހާލެއްގައި ހުރި ބަޝީރަށް ހެޔޮ އެދޭ ދަރިވަރުންގެ އެހީ، ކޮންމެވެސް ވަރަކަށް ލިބެއެވެ. ސްކޫލު ކުދިން ހެދުން އަޅާ ގޮތަށް ހެދުން އަޅާ، ފޮތެއް ދީގެން ދަރިވަރެއްގެ ސިފަ ޖައްސަން އެހީވެއެވެ. ނަމަވެސް އެ ސްކޫލަކީވެސް ނިސްބަތުން ފަގީރު ކުދިން ގިނަ ސްކޫލެއް ކަމުން، ޔުނީފޯމްލައިގެން ސްކޫލަށް ދެވޭ ދަރިވަރުންގެ އަދަދު މަދެވެ. ހުރިހާ ކުދިންނަށް ފޮތެއްވެސް ނުހޯދެއެވެ. ނަމަވެސް، އެހެން ކުދިންނާ ބަޝީރު ތަފާތުވާ އެންމެ ބޮޑު އެއް ސަބަބަކީ، ސްކޫލުގެ ޓީޗަރުންނަށް ބަޝީރުގެ މޫނު ދަސްވެފައި އޮތުމެވެ. ނަމަވެސް، ބަޝީރުގެ އަޒުމަކަށް ބަދަލެއް ނާދެއެވެ.

ބަޝީރުގެ އާއިލާއިން މިހާރު ދިރިއުޅެމުންދާ ޑޮލޯވް ސަރަހައްދަށް ބަދަލުވީ މީގެ 3 މަހެއްހާ ދުވަސް ކުރިންނެވެ. ހަނަފަސްކަމުގެ ސަބަބުން، ނާމްސޫފި ގެންގުޅެ، ބެލެހެއްޓޭ ގޮތް ނުވުމުންނެވެ. މިފަދަ ހަނަފަސްކަމެއް، ބަޝީރުގެ މަންމަގެ ހަޔާތުގައިވެސް އޭނާ ދެކެފައި ނުވެއެވެ.

ބަޝީރުގެ މަންމަ ފަދައިން ސޯމާލިއާގެ ރައްޔިތުން ތިބީ މުސްލިމުން އަޚުންނާއި އުޚުތުންގެ އެހީގެ އިންތިޒާރުގައެވެ.

އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބުމުގެ ސަބަބުން ކުރިމަތިވި އެކި ސިއްހީ މައްސަލަތަކުގައި މި އަހަރުގެ ޖެނުއަރީ ފެށިގެން އެކަނިވެސް 448 ކުއްޖެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެއީ ރަސްމީ އަދަދުތަކެވެ. ގިނަ ބަޔަކަށް އެހިއާ ހިސާބަށްވެސް ދެވެން ނެތުމުން، ހަގީގީ އަދަދުތައް އަދި އެއަށްވުރެ މާ މަތިވާނެ ކަމަށް ބެލެވެއެވެ.

އިންސާނީ އެހީގެ ގޮތުގައި ސޯމާލިއާއަށް މި އަހަރު 1.46 ބިލިއަން ޑޮލަރު ބޭނުންވި ނަމަވެސް، މިހާތަނަށް ލިބިފައި ވަނީ އޭގެ އެންމެ 18 ޕަސެންޓެވެ. ނަމަވެސް ޔޫކްރައިނުން 6 މަސް ދުވަހުގެ އެހީގެ ގޮތުގައި ހޯދުމަށް އެދުނު 2.25 ބިލިއަން ޑޮލަރުގެ 71 ޕަސެންޓް މިހާރުވެސް ލިބިފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައިލީ ޖޭނާ ހަތަރުވަނަ ގެ ގަތީ 12 މިލިއަން ޑޮލަރަށް

ކައިލީ ޖޭނާ ހަތަރުވަނަ ގެ ގަތީ 12 މިލިއަން ޑޮލަރަށް

29 އެޕްރީލު 2018
ކިމް ކާޑޭޝިއަން ހަތަރުވަނަ ދަރިއަކު ހޯދަން މަސައްކަތްކުރާ ވާހަކަ ދޮގުކޮށްފި

ކިމް ކާޑޭޝިއަން ހަތަރުވަނަ ދަރިއަކު ހޯދަން މަސައްކަތްކުރާ ވާހަކަ ދޮގުކޮށްފި

27 ޖެނުއަރީ 2018
ސްނެޕްޗެޓް ހަތަރު ގަޑިއިރަށް ޑައުން ވެއްޖެ

ސްނެޕްޗެޓް ހަތަރު ގަޑިއިރަށް ޑައުން ވެއްޖެ

07 ނޮވެމްބަރު 2017
ހަތަރު އަންހެނުން ހަ ގަޑިއިރުގެ ތެރޭގައި އަށް ކުދިން ވިހައިފި

ހަތަރު އަންހެނުން ހަ ގަޑިއިރުގެ ތެރޭގައި އަށް ކުދިން ވިހައިފި

01 ނޮވެމްބަރު 2017
ފިލްމް "ސުޕަސްޓަރ" އަށް ފުރަތަމަ ދުވަހުން ހަތަރު ކަރޯޑްއަށް ވުރެ ގިނައިން ލިބިއްޖެ

ފިލްމް "ސުޕަސްޓަރ" އަށް ފުރަތަމަ ދުވަހުން ހަތަރު ކަރޯޑްއަށް ވުރެ ގިނައިން ލިބިއްޖެ

20 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު