Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ކަސްރަތު ކުރުން

ހިނގަންދާށޭ ޑޮކްޓަރު ބުނީތީ ރުޅި އަންނާނެ ޖާގައެއް ނެތެއްނު!

ހިނގާބިނގާވެއުޅޭ ނިސްބަތަށް ބަލާއިރު އިތުރު ވާ ކޮންމެ 500 އާއި 1000 ފިޔަވަޅަކީ، ހިތުގެ ބަލިތަކުގައި މި ދުނިޔެއާ ވަކިވެ ދިއުމުގެ ނުރައްކާ ކުޑަކޮށްދިނުމުގެ ފުރުޞަތު އޮތް ކަމެއް ކަމަށް ދިރާސާވެރިން ބުނެއެވެ.

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 10 އޯގަސްޓު 2024 | ހޮނިހިރު 10:50
ހެނދުނު ކަސްރަތު ކުރަން ނުކުމެ އުޅޭ މީހުން

ހެނދުނު ކަސްރަތު ކުރަން ނުކުމެ އުޅޭ މީހުން

ކޮންމެ ފަދަ ބައްޔެއް ވެގެން ޑޮކްޓަރަށް ދައްކަންގޮސް، ޑޮކްޓަރު ކޮޓަރީގެ ދޮރުން އެތެރެ ނުވެވި އުޅެނިކޮށް އަހަން ޖެހިފައި އޮންނަ އަޑަކަށް ގިނަ ފަހަރު ވެފައި އޮންނަ އެއް އަޑަކީ، "ހިނގަން ދޭބަލާށޭ" ބުނާ އަޑު ހެއްޔެވެ؟ މޮޅު ފާސްތަކާއި ސަނަދުތައް ހިފައިގެން، ތަޖުރިބާގެ ފޮށިތަންމަތި ފިސާރި ބަރުކޮށް އަންނަ ޑޮކްޓަރުގެ ފަރާތުންވެސް ހަމަ އެ އަޑު އަހަން ޖެހޭ ފަހަރު އާދެއެވެ. އެކަމާ ހިތް ނުރުހުނު ނަމަވެސް، އެކަން އެހެން ދިމާވަނީ ސަބަބެއް ނެތިއެއްވެސް ނޫންކަން ޤަބޫލު ކުރަން މިއަދު މި އޮތީ މަޖުބޫރުވެފައެވެ.

ހިނގާބިނގާވެ، ހެލިފެލިވެ އުޅުމަކީ އަހަރެމެންގެ ޞިއްޙަތަށް ފައިދާ ކުރަނިވި ކަމެއް ކަން އަހަރެމެން ޒަމާނުއްސުރެ ދަންނަމުތާއެވެ. ނަމަވެސް، ދިރިއުޅުމުގެ ވައްޓަފާޅި މިއަދު ބައްޓަންވެފައި އޮތް ގޮތުންނާއި، ކުރިމަތިލާން ޖެހިފައިވާ ތަފާތު އެކި ކަހަލަ ޟަރޫރަތުތަކާއި އުފުލަން ޖެހިފައި އޮންނަ ޒިންމާތަކެއްގެ ބޮޑު ކަމުން، ހިނގާބިނގާވެ، ހެލިފެލިވެ އުޅުމަކީ މިއަދު އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު، އެކަމަކަށް އެންމެ ފަރުވާކުޑަ ކުރާ ކަންތަކޭވެސް ބުނެވިދާނެއެވެ. ވަގުތު ކުޑަތަންވެގެން އުޅެން ނުޖެހޭ މީހަކު ނެތް ފަދައެވެ. ޖެހިގެން އޮތް ބުލޮކުގައި ހުރި ފިހާރައަކަށް ދާންވެސް އަރާނީ ސަވާރީއަކަށެވެ. ކަސްރަތު ކުރާނެ ވަގުތެއް ނޯވެއެވެ. ހިނގާލާފައި ތަނަކަށް ދާނެ ވަގުތެއްވެސް ނޯވޭތާއެވެ.

ކަން މިހެން އޮތެއް ކަމަކު، ވިލާތާއި އެމެރިކާގެ ދިރާސާވެރިން ދާދި ފަހުން ހޯދި ހޯދުންތަކެއްގެ ސަބަބުން، އުންމީދުގެ ވޮށުން ހިސާބަކަށް އަލިކަން ފާޅުވާން ފަށައިފިއޭވެސް ބުނެވިދާނެއެވެ. ދިރާސާވެރިން މިހާރު ބުނާ ގޮތުން ވިއްޔާ، އެނގުންވެލާ މިންވަރުގެ ފައިދާއެއް ލިއްބައިދޭ މިންވަރަށް ހިނގާބިނގާވެލުމަށްޓަކައި، ދުރު ރާސްތާތަކަކަށް ހިނގާކަށް ނުޖެހެއެވެ. ޔޫރަޕިއަން ޖަރނަލް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައި ޝާޢިއުކޮށްފައިވާ ދިރާސާ ބުނާ ގޮތުގައި، ދުވާލެއްގެ މައްޗަށް 3967 ފިޔަވަޅު އަޅައިގެންވެސް އެ މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުޞަތު އިތުރު ކޮށްދެއެވެ. ހިތުގެ ބަލި ނުވަތަ ލޭ ހޮޅުތަކުގެ ބައްޔެއްގައި މަރުވުމުގެ ނުރައްކާ ކުޑަކޮށް، ފުރާނަ ސަލާމަތް ކުރުމުގެ ފުރުޞަތު ބޮޑު ވާން އެދޭ މީހަކު ނަމަ، ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 2337 ފިޔަވަޅު އަޅައިގެންވެސް ފުއްދާލުމުގެ ފުރުޞަތު އޮތް ކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ފަހަރެއްގައިވެސް މި ބުނަނީ މީހެއްގެ މަރުގައި ހިފެހެއްޓޭނެ ވާހަކައެއް ނޫނެވެ. ޞިއްޙަތަށް ކިތަންމެ ބަލައިގެން، އެޅެންހުރި ހުރިހާ ފިޔަވަޅެއް ޢަމަލާއި ބަހުން އަޅައިގެން އުޅޭ މީހާއަކީވެސް، އަޖަލު ޖެހުމުން މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށް، ދެމި އޮތުމުގެ ޢާލާމަށް ދަތުރުކުރާނެ މީހެކެވެ. ނަމަވެސް، ދުނިޔޭގައި އުޅުމަށް ލިބިފައިވާ މިވާ ކުޑަ ހިނދުކޮޅަކީވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހޭދަ ކުރާ ވަގުތުކޮޅަކަށް ހެދިއްޖެ ނަމަ، އާޚިރަތުގެ ޙަޔާތް ބާއްޖަވެރި ކުރުމަށްވެސް އެތައް ގޮތަކުން ފުރުޞަތު ފަހިވާނެކަން ގައިމުތާއެވެ.

ޕޮލެންޑްގެ މެޑިކަލް ޔުނިވާސިޓީ އޮފް ވޫޖްގެ ކާޑިއޮލޮޖީގެ ޕްރޮފެސަރު އަދި ޖޯންސް ހޮޕްކިންސް ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިންގެ ޝިކަރޯން ސެންޓަރ ފޯ ދަ ޕްރިވެންޝަން އޮފް ކާޑިއޯވަސްކިއުލަރ ޑިޒީޒްގެ އެޑްޖަންޓް ޕްރޮފެސަރު މަޗޭއީ ބާނާޚް އިސްކޮށް ހުންނެވި ޓީމުގެ ދިރާސާވެރިން ބުނާ ގޮތުގައި، ގިނައިން ހިނގާ ވަރަކަށް އެމީހެއްގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުވެއެވެ. ޕްރޮފެސަރު މަޗޭއީ ބާނާޚް ވިދާޅުވާ ގޮތުގައި ރަނގަޅީ ހަމަ ހިނގި ވަރެކެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅުނު ކަމުގައި ވީ ނަމަވެސް، ކޮންމެ ޖިންސެއްގެ، ކޮންމެ ޢުމުރެއްގެ މީހެއް ކަމުގައި ވީ ނަމަވެސް، އެކަން އޮތީ ހަމަ އެހެން ކަމަށް ޕްރޮފެސަރު މަޗޭއީ ބާނާޚް ވިދާޅުވިއެވެ.

މި ދިރާސާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ ތަފާތު 17 ދިރާސާއަކުން، 226889 (ދެ ލައްކަ ސައްބީސް ހާސް، އަށްސަތޭކަ އަށްޑިހަ ނުވައެއް) މީހުންގެ މައުލޫމާތު އެއްކޮށްގެން ހަދާފައިވާ ދިރާސާއެކެވެ.

ހިނގާބިނގާވެއުޅޭ ނިސްބަތަށް ބަލާއިރު އިތުރު ވާ ކޮންމެ 500 އާއި 1000 ފިޔަވަޅަކީ، ހިތުގެ ބަލިތަކުގައި މި ދުނިޔެއާ ވަކިވެ ދިއުމުގެ ނުރައްކާ ކުޑަކޮށްދިނުމުގެ ފުރުޞަތު އޮތް ކަމެއް ކަމަށް ދިރާސާވެރިން ބުނެއެވެ.

ދިރާސާގައި ބުނެފައި ވަނީ، ހެލިފެލިވުމެއް ނެތި މަޑުޖެހިފައި ތިބެން ޖެހުމަކީ ހިތުގެ ބަލިތައް އިތުރުވެ، އުމުރު ކުރުވުމަށް މަގުފަހި ކުރާ ކަމެއް ކަމަށް ބާރުދޭނެ ގިނަ ހެކިތަކެއް އެބަ ހުރި ކަމަށެވެ. މާޒީގެ ދިރާސާތަކަށް ބަލާއިރު، ޖިސްމާނީ ހެލިފެލިވުން އެކަށީގެންވާ ގޮތެއްގައި ނެތުމުގެ ނޭދެވޭ އަސަރުތައް، ދުނިޔޭގެ އާބާދީގެ 4 ބައިކުޅަ 1 ބަޔަކަށް ދަނީ ފޯރަމުންކަން، މި ފަހުގެ ދިރާސާގައި ވަނީ ފާހަގަ ކޮށްފައެވެ.

ޖިސްމާނީ ހެލިފެލިވުމުގެ ވައްޓަފާޅިއަށް ބަލާ އިރު، ފިރިހެނުންނަށް ވުރެ ގިނަ އަންހެނުން، އަދި ފަޤީރު ޤައުމުތަކަށް ވުރެ ތަނަވަސް ޤައުމުތަކުގެ މީހުން، އެކަށީގެންވާ މިންވަރަކަށް ހެލިފެލިވެ އުޅެމުން ނުދާކަމަށް ހޯދުންތަކުން ވަނީ ދައްކާފައެވެ. އެގޮތުން 32 ޕަސެންޓް އަންހެނުންނަކީ އެކަށީގެންވާ މިންވަރަކަށް ހެލިފެލިވެ އުޅޭ ބައެއް ނޫނެވެ. ފިރިހެނުންގެ ނިސްބަތަކީ 23 ޕަސެންޓްއެވެ. ތަނަވަސް ޤައުމުތަކުގެ 37 ޕަސެންޓް މީހުންނަކީ އެކަށީގެންވާ ގޮތެއްގައި ޖިސްމާނީ ހެލިފެލިވުން ނެތް ބައެކެވެ. ފަޤީރު ޤައުމުތަކުގެ ނިސްބަތަކީ 16 ޕަސެންޓްއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެކަށީގެންވާ މިންވަރަކަށް ހެލިފެލިވެ އުޅެވިފައި ނެތުމަކީ މުޅި ދުނިޔޭގެ މަރުގެ ކޭސްތަކުގެ ނިސްބަތުން ބަލާއިރު، 4 ވަނައަށް އެންމެ ބޮޑު ގާތިލެވެ. ޖިސްމާނީ ހެލިފެލިވުން ނެތުމުގެ ސަބަބުން، އަހަރެއްގެ މައްޗަށް 3.2 މަރުގެ ކޭސް ރިޕޯޓް ކުރެއެވެ. ދާދި މިދާކަށް ދުވަހު އަހަރެމެން ފުރަބަންދުކުރި ކޮވިޑް-19ގެ ބަލިމަޑުކަމަކީވެސް ޖިސްމާނީ ހެލިފެލިވުން މަޑުޖައްސާލި ކަމެއް ކަމަށާއި، އޭގެ ކުރިން ހެލިފެލިވެ އުޅުނު ނިސްބަތަށް އެކަން އަނބުރާ ރުޖޫއަވެފައި ނުވާކަމަށްވެސް ދިރާސާގައި ވަނީ ފާހަގަ ކޮށްފައެވެ.

ހިތުގެ ބަލި ފަދަ ތަފާތު ބަލިތަކަށް ޚާއްޞަކޮށް ޒަމާނީ ބޭސްވެރިކަމުގެ ތެރެއިން ފަރުވާގެ އެކި ފުރުޞަތު އޮތް ނަމަވެސް، ދުޅަހެޔޮ ޞިއްޙަތެއްގައި، ދިގު ޢުމުރެއް އުޅުމުގެ ފުރުޞަތު ފަހި ކުރުމަށްޓަކައި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އެދެވޭ ބަދަލުތަކެއް ގެނައުމަށް ލަފާ ދިނުމަށް ޑޮކްޓަރުން ކުރަންޖެހޭ ކަމެއް ކަމަށް ޕްރޮފެސަރު މަޗޭއީ ބާނާޚް ވަނީ ބާރު އަޅުއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރާއްޖޭގައި މަސައްކަތް ކުރާ ފެންވަރު ރަނގަޅު ޑޮކްޓަރުން ރާއްޖެ ދޫކޮށް ދިއުމުގެ ބިރު ބޮޑުވެއްޖެ

ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރާއްޖޭގައި މަސައްކަތް ކުރާ ފެންވަރު ރަނގަޅު ޑޮކްޓަރުން ރާއްޖެ ދޫކޮށް ދިއުމުގެ ބިރު ބޮޑުވެއްޖެ

02 ޑިސެމްބަރު 2024
ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

07 ޖޫން 2022
ފާގަ ކާންވީ ހަމައެކަނި ރުޅި ގަދަ މީހުންނެއް ނޫން!

ފާގަ ކާންވީ ހަމައެކަނި ރުޅި ގަދަ މީހުންނެއް ނޫން!

24 އޮކްޓޯބަރު 2020
ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި

ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި

23 މާރިޗު 2020
ބަނޑުހައިވީމަ ރުޅިގަދަވަނީ ކީއްވެ؟

ބަނޑުހައިވީމަ ރުޅިގަދަވަނީ ކީއްވެ؟

28 އެޕްރީލު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު