Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ހަލުވިކަމާއެކު އެމްޕޮކްސް ފެތުރުން

އެމްޕޮކްސްގެ ކޭސްތައް ހަލުވި ދުވެލީގައި އިތުރުވެ، ޑަބްލިއުއެޗްއޯ ކަންބޮޑުވުމަކަށް

އެމްޕޮކްސްގެ އާލާމާތްތަކުގެ ތެރޭގައި ދޮސް ފޮޅުތަކެއްގެ ނެގުމުގެ އިތުރަށް، ހުން އައުމާއި، މަސްތަކުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުން އެކަށީގެންވެއެވެ. ފަރުވާ ނުދީ ދޫކޮށްލައިފިނަމަ، އެމްޕޮކްސްއަކީ ފުރާނައަށް ނުރައްކާ ކުރަނިވި ސީރިއަސް ބައްޔެކެވެ.

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 އޯގަސްޓު 2024 | އަންގާރަ 19:18
އެމްޕޮކްސް ޖެހިފައިވާ މީހެއްގެ އަތްތިލަ

އެމްޕޮކްސް ޖެހިފައިވާ މީހެއްގެ އަތްތިލަ

މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު އަދާ ޖެހުނުއިރުވެސް އަހަރެމެންނަށް ހިންދެމިލެވޭނެ ވަގުތެއް އަދި ނުލިބިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި، ތަފާތު އެކި ކަހަލަ ބަލިތައް ފެތުރޭ ޚަބަރުތައް ކެނޑިނޭޅި އިވެއެވެ. އަނެއްކާވެސް ލިބެމުން މި ދަނީ އެ ފަދަ ޚަބަރުތަކެކެވެ. އެމްޕޮކްސްގެ ކޭސްތަކެއް އެފްރިކާ ބައްރުން ރެކޯޑް ޢަދަދަކަށް ފެނި، އެ ސަރަޙައްދުގައި އާންމު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރި ކަމުގެ ޚަބަރުތަކެވެ.

އެފްރިކާގެ ސެންޓަރޒް ފޮރ ޑިޒީޒް ކޮންޓްރޯލް (އެފްރިކާ ސީޑީސީ)ގެ ސައެންސްވެރިން ވިދާޅުވާ ގޮތުގައި، އެ ސަރަޙައްދުގައި މިހާރު ފެތުރެމުންދާ އެމްޕޮކްސްގެ އައު ސްޓްރޭންޑް ފެތުރެމުންދާ ހަލުވި ދުވެއްޔާ މެދު ޚުދު އެމީހުންވެސް ތިބީ ހައިރާން ކަމެއްގެ ތެރޭގައެވެ. އެމްޕޮކްސްގެ ބަލިމަޑުކަމާ އެފްރިކާގެ ޤައުމުތަކުން ކުރިމަތިލާން ފެށީ މި ހިނގާ 2024 ވަނަ އަހަރަށް ފެށުމާ އެކުގައިހެންނެވެ. ބަލީގެ އައު ސްޓްރެއިންއެއް ފެނުނީ ސެޕްޓެމްބަރ 2023 ގައެވެ. މި އަހަރަށް ފެށި ފަހުން އެމްޕޮކްސް ނުވަތަ މަކުނުވިދުރި ޖެހިގެން 13700 ކޭސް އަދި އެ ބަލީގައި 450 މީހަކު މަރުވި ކަމަށް ޑޮމިނިކަން ރިޕަބްލިކް އޮފް ކޮންގޯއިން ވަނީ ރިޕޯޓްކޮށްފައެވެ. މުޅި ހަށިގަނޑުގައި ދޮސް ބިހި ޒާތުގެ ފޮޅުތަކެއް ނެގުމަށް މަގު ފަހި ކުރާ މި ބަލި މިހާރު ވަނީ އެފްރިކާ ބައްރުގެ އިތުރު ޤައުމުތަކަށްވެސް ފެތުރިފައެވެ. އެމްޕޮކްސް ވައިރަހުން ފަސޭހަ ކަމާއެކު އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރާ މި ބަލީގެ ކޭސްތައް ރިޕޯޓް ކުރަމުން ދާ ޤައުމުތަކުގެ ތެރޭގައި، ބުރޫންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި ކެންޏާއާއި ރުވާންޑާވެސް ހިމެނެއެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ބަލިމަޑުކަމުން ދިފާޢުވެ، ރައްކާ ހޯދުމަށް ސަރުކާރުތަކުން ހިންގާ ކޯޑިނޭޓް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ގެއްލުން ލިބޭ ސަރަހައްދުތަކަށް ޞިއްޙީ ސާމާނާއި އެހީގެ މިޝަންތައް އިތުރުވެދާނެ ކަމެކެވެ. އެފްރިކާ ސަރަޙައްދުން ބޭރުގައި ތިއްބެވި ޞިއްޙީ އޮފިޝަލުންވެސް މިހާރު ގެންދަވަނީ ބައްޔާ ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތުތައް އެއް ކުރައްވަމުންނެވެ. އެގޮތުން އެމްޕޮކްސްގެ ނުރައްކާ އަދި މި ވަގުތަށް ވިލާތު ސަރަޙައްދާ މާ ބޮޑަކަށް ނެތް ކަމަށް، ޔޫރަޕިއަން ސެންޓަރ ފޮރ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން ވަނީ ޖުލައި 29 ވަނަ ދުވަހު ހާމަކޮށްފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ސެކްރެޓަރީ ޖެނެރަލް، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްވެސް ވަނީ އެމްޕޮކްސް ބަލިމަޑުކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، ބަލިމަޑުކަން ފެތުރިގެންދާ ދުވެއްޔާ މެދު ކަންބޮޑުވުން އުފެދިފައި ވާ ކަން، ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.

ސްމޯލްޕޮކްސް ނުވަތަ ކަށިވިދުރިވެސް ނިސްބަތްވާ ވައިރަހުގެ ޢާއިލާއިން އުފަންވި އެމްޕޮކްސް ވައިރަހުން ޖައްސާ އެމްޕޮކްސް އަކީ ޖަނަވާރުތަކުގެ ހަށިގަނޑުންވެސް އިންސާނުންގެ ހަށިގަނޑަށް އަރާ ބައްޔެކެވެ. ބަލިޖެހިފައިވާ މީހެއްގެ ގައިން އިތުރު މީހެއް ނުވަތަ މީހުންގެ ގަޔަށްވެސް ވައިރަސް ފެތުރެއެވެ. އެއީ ވަރަށް ގާތުން އެކީ އެއްތާ ވެގެން ނުވަތަ ކޮންޓެކްޓްވެގެންނެވެ. ޖިންސީ ގުޅުން ހިންގުމާއި، ހަމާއި ހަން ޖެހޭ ފަދަ ގޮތަކަށް އުޅުމާއި، ވާހަކަދެއްކުން ނުވަތަ ނޭވާލުމުގެ ޒަރިއްޔާއިންވެސް އެމްޕޮކްސް ވައިރަސް ފެތުރެއެވެ.

އެމްޕޮކްސްގެ އާލާމާތްތަކުގެ ތެރޭގައި ދޮސް ފޮޅުތަކެއްގެ ނެގުމުގެ އިތުރަށް، ހުން އައުމާއި، މަސްތަކުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުން އެކަށީގެންވެއެވެ. ފަރުވާ ނުދީ ދޫކޮށްލައިފިނަމަ، އެމްޕޮކްސްއަކީ ފުރާނައަށް ނުރައްކާ ކުރަނިވި ސީރިއަސް ބައްޔެކެވެ.

މިހާތަނަށް ހޯދިހޯދުންތަކުން ފާހަގަ ކުރެވިފައި ވަނީ އެމްޕޮކްސް ވައިރަހުގެ 2 ސްޓްރެއިންއެކެވެ. ބަލިހާލަތު މާ ސީރިއަސް ދަރަޖައަކަށް ހުށަހެޅިގެން ނުދާ ސްޓްރެއިންގެ ބަލިމަޑުކަމެއް، 2022 ވަނަ އަހަރު ވަނީ ފެތުރިފައެވެ. އެ ފަހަރުގެ ރާޅުގައި ވިލާތުގެ ޤައުމުތަކުގެ އިތުރުން، އޮސްޓްރޭލިއާ އަދި އެމެރިކާއި އަދިވެސް އިތުރު ޤައުމުތަކަކުން ކޭސްތައް ރިޕޯޓް ކުރިއެވެ. އާންމުކޮށް އެއްޖިންސުން ގުޅުން ހިންގާފިރިހެނުންގެ ތެރޭގައި ބޮޑަށް ފެތުރެމުންދާ ބައްޔެއްގެ ގޮތުގައި ސިފަކުރާ މަކުނުވިދުރީގެ 2022 ވަނަ އަހަރުގެ ރާޅުގެ މައިގަނޑު މަސްދަރަކަށްވެސް ވީ ޖިންސީ ގުޅުމެވެ.

ދެވަނަ ސްޓްރެއިންއަކީ ފުރާނައަށް ނުރައްކާ ކުރަނިވި ސްޓްރެއިންއެކެވެ. އެ ސްޓްރެއިން އަކީ ސެންޓްރަލް އެފްރިކާ ސަރަޙައްދަށް އެންޑެމިކް ނުވަތަ އެ ނޫން އިތުރު ސަރަޙައްދަކުން އަދި ފެނިފައި ނުވާ ސްޓްރެއިންއެކެވެ. ޑޮމިނިކަން ރިޕަބްލިކް އޮފް ކޮންގޯއިން ފެނުނު ވޭރިއަންޓްގެ އަސްލަކީވެސް ހަމަ އެ ސްޓްރެއިންއެވެ.

އެމްޕޮކްސް އިން ދިފާޢުވުމަށް މިހާރުވެސް 3 ވެކްސިނެއް ބޭނުން ކުރެއެވެ. ނަމަވެސް އެ ވެކްސިންތައް ބޭނުން ކުރުމުގެ ފުރުޞަތު އާންމުކޮށް އޮންނަނީ، ބަލީގެ ނުރައްކާ ބޮޑު ކަމަށް ބަލާ މީހުންނާއި، ބަލިޖެހިފައިވާ މީހުންނާ ގާތުން އެކީ އެއްތާވެފައި ތިބި މީހުންނަށެވެ.

މި ބައްޔަކީ ފަރުވާއެއް ނުކުރިނަމަވެސް އަމިއްލަޒާތުގައި އާންމުކޮށް ފަސޭހަވާ ބައްޔެކެވެ. ކަން އެހެން އޮތް ނަމަވެސް، ބަލި ޖެހުމުން ފުރާނައަށް ނުރައްކާވާ އާބާދީގައި ކުޑަކުދިން ގިނަވުމަކީ ދުނިޔޭގެ ޑަބްލިއުއެޗްއޯއާއި އެފަދަ އެހެން އިދާރާތަކުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނިސެފް އިން ބުނަނީ ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުދިން ކަމަށް!

ޔުނިސެފް އިން ބުނަނީ ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުދިން ކަމަށް!

10 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު