Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލުގެ އުދުވާން

އިސްރާއީލުން ގާޒާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ގެދޮރު ދޫކޮށްދާންޖެހުން މީހުންގެ އަދަދު 10،000ން މައްޗަށް

15 މެއި 2021 | ހޮނިހިރު 02:01

ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 126 މީހަކު ވަނީ ޝަހީދުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 މެއި 2021 | ހޮނިހިރު 02:01
ގާޒާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި އެތައް ބަޔަކު އަންނަނީ ޒަޚަމްވަމުން

ގާޒާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި އެތައް ބަޔަކު އަންނަނީ ޒަޚަމްވަމުން

އިސްރާއީލުން މެދުކެނޑުމެެއްނެތި ގާޒާއަށް ވައިގެ މަގުންނާއި އެއްގަމު މަގުން ދެމުން ގެންދާ ހަމަލާތަކުން ސަލާމަތްވުމަށް ގެދޮރު ދޫކޮށްދާން ފަލަސްތީނުގެ 10،000ށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާކަމަށް އދ.ން ބުނެފިއެވެ.

މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 126 މީހަކު ވަނީ ޝަހީދުވެފައެވެ. މީގެތެރޭގައި 31 ކުޑަކުދިން ހިމެނެއެވެ. މިހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 920ށް އަރައެވެ. އިސްރާއީލުން ދެމުންދާ ހަމަލާތަކުން ސަލާމަތްވުމަށް އެތައް އާއިލާއެއް ހިޔާވަހިކަން މިހާރު ހޯދަމުން އަންނަނީ ޣައްޒާގެ އުތުރުގައި ހުންނަ އދ.ން ހިންގަމުންދާ ސްކޫލްތަކުގައެވެ. އެތަނުގައި އެމީހުން ވަގުތީ ހިޔާތަކުގައި ތިބި އިރު އދ.ން ބުނީ އެތަންތަނުގައި ފަލަސްތީނުގެ 10،000 ރައްޔިތުން އެބަތިބި ކަމަށެވެ.

ހަމަލާތައް ދިނުން ވަގުތުން ހުއްޓާލުމަށް އދ. ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސް ހިމެނިވަޑައިގަންނަވާ ގޮތަށް ބައިނަލްއަގްވާމީ މުޖުތަމައުން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ އިސްރާއީލަށް ސުލްހަ ގެނައުމަށްޓަކައި ހަމަލާތައް ކުރިޔަށް ގެންދަންޖެހޭކަމަށެވެ.

ހުކުރު ދުވަހުގެ ހެނދުނު ހަމާސް އިން ވަނީ އިސްރާއީލްގެ އެހެން ސިޓީއަކަށް ރޮކެޓް ހަމަލާތައް ފޮނުވާލާފައެވެ. މިހަމަލާތަކުގައި އިސްރާއީލްގެ ހަ މީހުންނާއި އިންޑިޔާއާ ނިސްބަތްވާ މީހަކު ވަނީ މަރުވެފައެވެ. އިސްރާއީލުން ބުނީ ގާޒާގެ ތެރެއިން އިސްރާއީލްގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ރޮކެޓް ހަމަލާތައް ދީފައިވާކަމަށެވެ.

ގާޒާގެ އިތުރުން ހުޅަނގު އައްސޭރި ސަރަހައްދުގައިވެސް އިސްރާއީލާއި ފަލަސްތީނާ ދެމެދު އަންނަނީ މިހާރު ހަމަނުޖެހުންތައް ހިނގަމުންނެވެ. އިސްރާއީލުން ހުޅަނގު އައްސޭރިއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 11 މީހުން ވަނީ ޝަހީދުވެފައެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރެޑް ކްރެސެންޓްގެ މެޑިކަލް ޓީމުން ވަނީ އެސަރަހައްދުގެ އެކި ހިސާބުތަކުން ޒަޚަމްވެފައިވާ 1334 މީހަކަށް ފަރުވާ ދީފައިވާ ކަމުގައެވެ.

އަނެއްކޮޅުން އިސްރާއީލާއި ލުބުނާން ގުޅޭ ބޯޑަރު ސަރަހައްދުން ދެކުނު ލުބުނާނާ ވީ ސަރަހައްދުން އިސްރާއީލަށް އަމާޒުކޮށް 3 ރޮކެޓް ހަމަލާ ވަނީ ފޮނުވާލާފައެވެ. މިކަމާއި ގުޅިގެން އެސަރަހައްދުގެ މަސްރަހުވެސް ވަނީ ހޫނުވެފައެވެ. އެސަރަހައްދުގައި މުޒާހަރާކުރަމުންދިޔަ ލުބުނާން މީހެއްގެ ގަޔަށް އިސްރާއީލުން ބަޑިޖަހާ މަރާލުމާއި ގުޅިގެން އެކަން އދ. ން އަންނަނީ ތަހުގީގުކުރަމުންނެވެ.

ފަލަސްތީންއިޒްރޭލް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
11 ނޮވެމްބަރު 2025

ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި

11 ނޮވެމްބަރު 2025
ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި
10 ނޮވެމްބަރު 2025

2014 ވަނަ އަހަރު މަރާލި އިސްރާއިލުގެ ސިފައިންގެ މީހެއް ހަށިގަނޑު ހަވާލުކުރާނެ ކަމަށް ހަމާސްއިން ބުނެފި

10 ނޮވެމްބަރު 2025
2014 ވަނަ އަހަރު މަރާލި އިސްރާއިލުގެ ސިފައިންގެ މީހެއް ހަށިގަނޑު ހަވާލުކުރާނެ ކަމަށް ހަމާސްއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް