Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް

މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމު ނުކުރެވޭހާ ހިނދަކު ހަތިޔާރު ނުބަހައްޓާނެ ކަމަށް ހަމާސް އިން ބުނެފި

ހަމާސް އިން މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމު ނުކުރެވޭހާ ހިނދަކު ހަތިޔާރު ނުބަހައްޓާނެކަމަށް ބުނެ، ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް އިސްރާއީލުން ކުރި މުހިންމު ޑިމާންޑަށް ޖަވާބު ދީފިއެވެ. ހަތިޔާރު ބެހެއްޓުމަކީ ހަނގުރާމަ ނިންމުމަށް އިސްރާއީލުން ކުރާ މައިގަނޑު އެއް ޝަރުތު ކަމަށްވާއިރު، މިހާރު ވެސް އެ ސަރަހައްދުގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެ، 60،000 އަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ރާއްޖެ އެމްވީ | 2 އޯގަސްޓު 2025 | ހޮނިހިރު 16:21
ފަލަސްތީނުގެ ހަމާސްގެ ހަނގުރާމަވެރިން ޣައްޒާގެ ޣައްޒާ ސިޓީގައި ޖުލައި 20، 2017 ގައި ބަނީ ސުހައިލާ ޑިސްޓްރިކްޓްގައި އަސްކަރީ ހަރަކާތްތައް ދައްކާލަނީ

ފަލަސްތީނުގެ ހަމާސްގެ ހަނގުރާމަވެރިން ޣައްޒާގެ ޣައްޒާ ސިޓީގައި ޖުލައި 20، 2017 ގައި ބަނީ ސުހައިލާ ޑިސްޓްރިކްޓްގައި އަސްކަރީ ހަރަކާތްތައް ދައްކާލަނީ

މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމު ނުކުރެވޭހާ ހިނދަކު އެ ޖަމާޢަތުން ހަތިޔާރު ނުބަހައްޓާނެ ކަމަށް ހަމާސްއިން ހޮނިހިރު ދުވަހު ބުނެފި އެވެ.

މިއީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން ކުރާ މުހިންމު އެއް ޑިމާންޑަށް ހަމާސް އިން ދިން ޖަވާބެއް ކަމަށް ބެލެވެއެވެ.

ޣައްޒާގެ ހަނގުރާމަ 60 ދުވަހުގެ މުއްދަތައް މެދުކަނޑާލުމަށާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކަށް ވާސިލުވުމަށް ހަމާސް އާއި އިސްރާއީލާ ދެމެދު ކުރެވުނު ނުސީދާ މަޝްވަރާތައް ނިމިގެން ދިޔައީ ފާއިތުވި ހަފުތާގައި އެއްވެސް ނަތީޖާއެއް ނުނެރެވިއެވެ.

ހަނގުރާމަ ވަގުތީ ގޮތުން ހުއްޓުމަކަށް ގެނައުމުގެ މަސައްކަތުގައި މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ޤަޠަރާއި މިޞްރުން، އަދި ފަރަންސޭސި ވިލާތާއި ސަޢޫދީ ޢަރަބިއްޔާ އިން އިސްރާއީލު-ފަލަސްޠީނު ގެ މައްސަލަ އަށް ދެ ދައުލަތުގެ ހައްލެއް ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރެއިން ހަމާސް އިން އެ ޖަމާޢަތުގެ ހަތިޔާރުތައް ހަވާލުކުރަން ޖެހޭނީ ހުޅަނގުގެ ތާއީދު ލިބިފައިވާ ޕެލަސްޓައިން އޮތޯރިޓީ އަށް ކަމަށް ބުނެފައިވާ ބުނުމަށް ތާއީދު ކޮށްފައި ވެއެވެ.

2007 އިން ފެށިގެން ޣައްޒާގެ ވެރިކަން ކުރަމުން އަންނަ، އެހެން ނަމަވެސް މި ހަނގުރާމައިގައި އިސްރާއީލުގެ އަތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ހަމާސްގެ ބަޔާނުގައި ބުނެފައި ވަނީ "މިނިވަން، ފުރިހަމަ އަމިއްލަ ވެރިކަމެއް އޮތް، ވެރި ރަށުގެ ގޮތުގައި ބައިތުލްމަޤްދިސް އޮންނަ ގޮތައް ފަލަސްޠީނު ދައުލަތެއް" ޤާއިމު ނުކުރެވޭހާ ހިނދަކު "ހަތިޔާރުން ދިފާޢުވުމުގެ" ޙައްޤު ދޫނުކުރެވޭނެ ކަމަށެވެ.

އިސްރާއީލުން ދެކޭގޮތުގައި ހަމާސް ހަތިޔާރު ބެހެއްޓުމަކީ ހަނގުރާމަ ނިންމުމަށް ވެވޭ ކޮންމެ އެއްބަސްވުމެއްގައި ވިޔަސް ހިމެނެންޖެހޭ މުހިންމު ޝަރުޠެކެވެ. ނަމަވެސް ހަމާސް އިން ތަކުރާރުކޮށް ބުނެފައި ވަނީ އެ ޖަމާޢަތުން ހަތިޔާރު ބެހެއްޓުމަށް ތައްޔާރު ނޫން ކަމަށެވެ.

ފާއިތުވި މަހު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ ކުރިމަގުގައި މިނިވަން ފަލަސްޠީނު ދައުލަތެއް އުފެދުމަކީ އިސްރާއީލު ފަނާކުރުމަށް ބޭނުން ކުރެވޭނެ މަންސައެއް ކަމަށާއި، އެހެން ކަމުން ފަލަސްޠީނުގެ ސަރަޙައްދުތަކުގެ ސަލާމަތީ ބާރު އޮންނަން ޖެހޭނީ އިސްރާއީލުގެ އަތުގައި ކަމަށެވެ.

އިނގިރޭސިވިލާތާއި ކެނެޑާ ފަދަ ޤައުމުތަކުން އިސްރާއީލުގެ ހަމަލާތަކާއި ބްލޮކޭޑުގެ ސަބަބުން ޣައްޒާ އަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކަށް އިޖާބަ ދިނުމުގެ ގޮތުން ފަލަސްޠީނު ދައުލަތެއް ބަލައިގަތުމުގެ ވިސްނުން އިޢުލާނުކޮށްފައިވާތީ އެކަމަށް ވެސް ނަތަންޔާހޫ ވަނީ ފާޑު ވިދާޅުވެފައެވެ. އޭނާ މިކަން ސިފަކޮށްފައި ވަނީ ހަމާސްގެ ޢަމަލުތަކަށް ދެވޭ އިނާމެއްގެ ގޮތުގައެވެ.

މި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އެވެ.

އޭގެ ފަހުން އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުގެ ބޮޑު ބައެއް ވަނީ ވީރާނާވެފައެވެ. މި ހަމަލާތަކުގައި 60,000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން މަރުވެ، އިންސާނީ ބޮޑު ކާރިސާ އެއް ކުރިމަތިވެފައިވެއެވެ.

އެންމެ ފަހުން ބޭއްވުނު މަޝްވަރާތައް ނަތީޖާ އެއް ނުނެރެވި ނިމުމާ ގުޅިގެން އިސްރާއީލާއި ހަމާސް އިން އެއްބަޔަކު އަނެއް ބަޔަކު ބަދުނާމު ކުރަމުން ގެންދިޔައެވެ.

ހަމާސްއިޒްރޭލްޣައްޒާނަތަންޔާހޫފަލަސްތީނުޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު