Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހަމާސްގެ ހަތިޔާރުގެ ބާރުވެރިކަން އޮވެގެން ނުވާނެ: ފްރާންސްގެ ފޮރިން މިނިސްޓަރު

ބަރޮޓް އޭނާގެ އެކްސް އެކައުންޓުގައި ކުރަށްވާ ފައިވާ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރަހީނުން ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2025 | އާދީއްތަ 12:51
މީގެ ކުރިން އޮތް ބައްދަލުވުމެއްގައި ފްރާންސްގެ ފޮރިން މިނިސްޓަރު ބަރޮޓް ވާހަކަ ދައްކަވަނީ

މީގެ ކުރިން އޮތް ބައްދަލުވުމެއްގައި ފްރާންސްގެ ފޮރިން މިނިސްޓަރު ބަރޮޓް ވާހަކަ ދައްކަވަނީ

ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ، ހަތިޔާރުގެ ބާެރުވެރިކަން އޮވެގެން ނުވާނެ ކަމަށް ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޮއެލް ބަރޮޓް ވިދާޅުވެއްޖެ އެވެ.

ބަރޮޓް މިހެން ވިދާޅުވެފައި ވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރަހީނުންގެ ވީޑިއޯ ތަކެއް އާންމު ކޮށްފައި ވަނިކޮށެވެ. އެ ވީޑިއޯ ތަކުގައި ފެންނަނީ އިސްރާއީލްގެ ރަހީނުން ކޮންކްރީޓް ޓަނަލެއްގެ ތެރޭގައި ތިބޭ މަންޒަރެވެ. 

މީގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ، އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ބާރުވެރިންގެ ފަރާތުން ވެސް، އިސްރާއީލީ-ޖަރުމަނު ރަހީނެއްގެ ވީޑިއޯ އާންމު ކޮށްފަ އެވެ.

ފްރާންސްގެ ފޮރިން މިނިސްޓަރު ބަރޮޓް ވިދާޅުވެފައި ވަނީ، ހަމާސް އިން ޣައްޒާގައި 666 ދުވަސް ވަންދެން ބަންދު ކޮށްފައި ތިބި އިސްރާއީލްގެ ރަހީނުންގެ ވީޑިއޯ އަކީ ނުބައި އަދި ބަލަން ކުޅަދާނަވާ ވާރުގެ މަންޒަރުތަކެއް ނޫން ކަމަށެވެ. 

ބަރޮޓް އޭނާގެ އެކްސް އެކައުންޓުގައި ކުރަށްވާ ފައިވާ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރަހީނުން ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށެވެ. އަދި ހަމާސް ޖަމާއަތުގެ ހަތިޔާރު ނައްތާލައި، ޣައްޒާގައި ވެރިކަން ކުރުމުން ވެސް ހަމާސް އެއްކިބާ ކުރަން ޖެހޭ ކަމަށް ބަރޮޓް ވިދާޅުވެފައިވެ އެވެ. 

އިސްރާއީލްގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ، ލެފްޓިނެންޓް ޖެނަރަލް އެޔާލް ޒަމީރު ވިދާޅުވެފައި ވަނީ، ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތައް އަވަސް މުސްތަޤުބަލެއްގައި ކާމިޔާބު ނުވާ ނަމަ، ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ މަޑު ޖައްސައި ނުލާނެ ކަމަށެވެ.

ހަމާސް އިން ވަނީ އިސްރާއީލަށް ދިން ހަމަލާތަކުގައި 251 މީހަކު ރަހީނު ކޮށްފަ އެވެ. ހަނގުރާމަ ހުއްޓާލުމަށް ކުރި މަޝްވަރާތަކުގައި ހަމާސް އިން ވަނީ އޭގެ ތެރެއިން ގިނަ ބަޔަކު މިނިވަން ކޮށްފަ އެވެ. ނަމަވެސް މިވަގުތު ހަމާސްގެ ބެލުމުގެ ދަށުގައި 50 ރަހީނުން ތިބިއިރު، އޭގެ ތެރެއިން ދުނިޔޭގައި ތިބީ 20 މީހުން ކަމަށް އެކި އެކި މަސްދަރު ތަކުން ވަނީ ހާމަކޮށްފަ އެވެ. 

ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 60،000 އަށް ވުރެ ގިނަ މީހުން އިސްރާއީލްގެ އަސްކަރިއްޔާ އިން ޝަހީދު ކޮށްލާފައިވާއިރު، އިސްރާއީލްގެ ހަމަލާތަކުގައި އެތައް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަ ކުދިން ހިމެނޭ ކަމަށް ޣައްޒާގެ އިދާރާ ތަކުން ވަނީ ހާމަކޮށްފަ އެވެ. 

ޣައްޒާ އަށް ހަމަލާތައް ދިނުމުގެ އިތުރުން، އިސްރާއީލް އިން ވަނީ ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ އާއި، ކާބޯ ތަކެތި އެތެރެ ކުރުމަށް ވެސް ވަަރަށް ބޮޑަށް ދަތި ކޮށްފަ އެވެ. އެކަމުގެ ސަބަބުން ޣައްޒާގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތި ވެދާނެ ކަމުގެ އިންޒާރު ބައިނަލްއަޤުވާމީ އިދާރާ ތަކުން އަންނަނީ ދެމުންނެވެ.

މިވަގުތު ވެސް ޣައްޒާގައި ބަނޑު ހައި ހޫނުކަން ބޮޑުވެ، ބަނޑު ހައި ހޫނު ކަމުގައި ގިނަ ބަޔަކު ވަނީ ޝަހީދުވެފަ އެވެ. ބަނޑު ހައި ހޫނު ކަމުގެ ސަބަބުން ގިނަ އަދަދެއްގެ ކުޑަ ކުދިންގެ ޙާލަތު ދަށްވެފައިވާއިރު، ޝަހީދު ވަމުން އަންނަ ކުދިން ވެސް އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.

ހަމާސްޣައްޒާއިޒްރޭލްޣައްޒާ ހަނގުރާމަޖީން ނޯއެލް ބެރޮޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު