Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ފަލަސްޠީނިއަން ރެޑް ކްރެސެންޓުގެ މައި އޮފީހަށް ދިން ހަމަލާގައި އެކަކު ޝަހީދު ވެއްޖެ

އެ ހަމަލާގައި އިމާރާތުގެ ފުރަތަމަ ފަންގިފިލާ ގައި އަލިފާން ރޯވެފައިވާ ކަމަށް ވެސް، ޕީއާރްސީއެސް އިން ވަނީ ހާމަކޮށްފަ އެވެ. އަދި ހަމަލާގެ ފުރަތަމަ ވަގުތު ތަކުގެ ވީޑިއޯއެއްގައި އަލިފާން ރޯވެ، ތަޅު ވަޅު ގަނޑު ތަކުން ފުރިފައިވާ މަންޒަރު ފެންނަން ހުއްޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އޯގަސްޓު 2025 | އާދީއްތަ 11:47
ފަލަސްތީނުގެ މެމްބަރުން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން އެމީހުންގެ ދެ އެކުވެރި ޕެރެމެޑިކްސްގެ ހަށިގަނޑު ކައިރީގައި ހިތާމަ ފާޅު ކުރާ މަންޒަރު

ފަލަސްތީނުގެ މެމްބަރުން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން އެމީހުންގެ ދެ އެކުވެރި ޕެރެމެޑިކްސްގެ ހަށިގަނޑު ކައިރީގައި ހިތާމަ ފާޅު ކުރާ މަންޒަރު

ފަލަސްޠީނިއަން ރެޑް ކްރެސެންޓުގެ މައި މަރުކަޒަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ދިން ހަމަލާގައި، އެ އިދާރާގެ މުވައްޒަފަކު ޝަހީދުވެފައިވާ ކަމަށް ހާމަ ކޮށްފި އެވެ.

ފަލަސްޠީނިއަން ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރްސީއެސް) އިން އާދިއްތަ ދުވަހު ބުނެފައި ވަނީ، ޣައްްޒާގެ ޚާން ޔުނިސްގައި ހުންނަ އެ ޖަމިއްޔާގެ މައި އޮފީހަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ހަމަލާގައި އެ އިދާރާގެ މުވައްޒަފަކު ޝަހީދުވެފައިވާ ކަމަށެވެ. 

މީގެ އިތުރުން އެ ހަމަލާގައި އިތުރު ތިން މުވައްޒަފަކަށް އިތުރު އަނިޔާ ތަކެއް ލިބިފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ. އެ ހަމަލާގައި އިމާރާތުގެ ފުރަތަމަ ފަންގިފިލާ ގައި އަލިފާން ރޯވެފައިވާ ކަމަށް ވެސް، ޕީއާރްސީއެސް އިން ވަނީ ހާމަކޮށްފަ އެވެ. އަދި ހަމަލާގެ ފުރަތަމަ ވަގުތު ތަކުގެ ވީޑިއޯއެއްގައި އަލިފާން ރޯވެ، ތަޅު ވަޅު ގަނޑު ތަކުން ފުރިފައިވާ މަންޒަރު ފެންނަން ހުއްޓެވެ.

އިސްރާއީލް އިން ހަމަލާ ދީ، މި ހާދިސާ ހިނގާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް، އެމެރިކާގެ އެހީގެ މަރުޒަކަށް ޒިޔާރަތް ކުރިތާ ދެ ދުވަސް ފަހުންނެވެ. 

އދ އިން ވަނީ ޣައްޒާ ބަނޑުހައި ހޫނު ކަމުގެ ބޮޑު ކާރިސާ އަކަށް ވެއްޓިދާނެ ކަމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ހާމަކޮށްފަ އެވެ. އަދި ޣައްޒާގައި މިހާރު އޮތް ޙާލަތު ބަަދަލުކޮށް، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަން ވެސް އދ އާއި ބައިނަލްއަޤުވާމީ ޖަމިއްޔާ ތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ. 

މިއަހަރުގެ މާޗު މަހުގެ ތެރޭގައި ދެކުނު ޣައްޒާގައި އިސްރާއީލް އިން ދިން ހަމަލާއެއްގައި ރެޑް ކްރެސެންޓުގެ އަށް މުވައްޒަފުންނާއި، ސިވިލް ޑިފެންސްގެ ހަ މުވައްޒަފުން އަދި އދ ގެ ފަލަސްޠީނިއަން ރެފިއުޖީ އެޖެންސީގެ އެއް މުވައްޒަފަކު ވެސް ވަނީ ޝަހީދުވެފަ އެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާ ތަކުގައި އަންނަނީ، ޣައްޒާގައި މަސައްކަތް ކުރަމުން އަންނަ އިންސާނީ އެހީގެ ޖަމިއްޔާތުގެ މުވައްޒަފުންނާއި، ކުއްލި ނުރައްކަލުގެ ޚިދުމަތް ދެމުން އަންނަ ފަރާތްތަކުގެ އިތުރުން، ނޫސްވެރިންނަށް އަމާޒުކޮށް ވެސް ހަަމަލާ ދެމުންނެވެ. 

ފަލަސްތީނުގެ ރެޑްކްރެސެންޓްޣައްޒާއިޒްރޭލްއިންސާނީ އެހީޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު