Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލުގެ ކޮވިޑް ހާލަތު

ނޭޕާލުގެ ހާލަތު ދަށަށް ދާން ފެށުމުން ބޭރުގެ އެހީއަށް އެދިއްޖެ

މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 13 މެއި 2021 | ބުރާސްފަތި 05:03
ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 8000 މީހުން ޕޮޒިޓިވްވޭ

ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 8000 މީހުން ޕޮޒިޓިވްވޭ

ނޭޕާލުގައި ކޮވިޑްގެ ކަންތައް ގޯސްވެ ބޭރުގެ އެހީއަށް އެދެން ފަށައިފިއެވެ.

ދުވާލެއްގެ މައްޗަށް އަށެއްކަހާސް މީހުން ބައްޔަށް މިހާރު ދަނީ ޕޮޒިޓިވް ވަމުންނެވެ. އަދި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެއް ދުވަހެއްގެ ތެރޭގައި 255 މީހުން މަރުވެ 9483 މީހުން ވެސް ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ނޭޕާލުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 4،084 އެވެ. އަދި ޕޮޒިޓިވްވި މީހުންގެ ޖުމްލައަކީ 413،111 އެވެ. ނަމަވެސް ފަރުވާ ނުލިބި އަދި ބަލި ޖެހިފައިވާކަން ނޭނގި އެތައް ބަޔަކު ތިބޭނެތީ އަސްލު އަދަދު މިއަށް ވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވެއެވެ.

އެކި ގައުމުތަކުން ނޭޕާލަށް އެހީގެ ސާމާނު މިހާރު ވަނީ ފޮނުވަން ފަށާފަައެވެ. ޗައިނާއިން މިހާރު ވެސް ވަނީ އެހީ ފޯރުކޮށްދީފަ އެވެ. އެގޮތުން 400 އޮކްސިޖަން ސިލިންޑަރާއި، 160 އޮކްސިޖަން ކޮންސެންޓްރޭޓަރާއި، 10 ވެންޓިލޭޓަރު ބުދަ ދުވަހު ފޮނުވިއެވެ.

ޗައިނާއިން ވައުދުވެފައި ވަނީ ޖުމްލަ 20،000 އޮކްސިޖަން ސިލިންޑަރާއި އިތުރު އެހީތައް ނޭޕާލަށް ދިނުމަށެވެ. އެ ތަކެތި ނޭޕާލަށް ގެންދާނީ ނޭޕާލް އެއާލައިންސްގެ ޚާއްސަ ފްލައިޓެއްގަ އެވެ. ޗައިނާއިން ވައުދުވީ 780،000 އެމެރިކާ ޑޮލަރުގެ ސާމާނު ފޮނުވުމަށެވެ.

ނޭޕާލުގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގައި ހާލަތު ގޯސްވެފައިވާ އަފްޣާނިސްތާނާއި، ބަންގްލަދޭޝް، ޕާކިސްތާނު އަދި ސްރީލަންކާއަށް ވެސް އެހީދޭނެ ކަމަށް މިދިޔަ ހަފުތާގައި ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ ވިދާޅުވިއެވެ.

ނޭޕާލުގައި އެއްމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވަނީ އިންޑިއާ އާއި ނޭޕާލް ގުޅޭ ބޯޑަރު ސަރަހައްދުގެ ހިސާބުތަކުންނެވެ.

ނޭޕާލްކޮވިޑް-19

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!

05 ޑިސެމްބަރު 2025
ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
27 ސެޕްޓެމްބަރު 2025

ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
14 ސެޕްޓެމްބަރު 2025

ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ ޖެން-ޒީން ގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ

14 ސެޕްޓެމްބަރު 2025
ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ ޖެން-ޒީން ގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ
12 ސެޕްޓެމްބަރު 2025

ޖެން-ޒީ ލީޑަރުންގެ ރުހުމާ އެކު ނޭޕާލުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރު ކަމަށް ގެނެސްފި

12 ސެޕްޓެމްބަރު 2025
ޖެން-ޒީ ލީޑަރުންގެ ރުހުމާ އެކު ނޭޕާލުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރު ކަމަށް ގެނެސްފި
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
10 ސެޕްޓެމްބަރު 2025

ކަރަޕްޝަން އާ ދެކޮޅަށް ނޭޕާލްގެ ޒުވާނުން ކުރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުގެ އިސްތިއުފާ - ދެންވާނީ ކިހިނެއް؟

10 ސެޕްޓެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ނޭޕާލްގެ ޒުވާނުން ކުރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުގެ އިސްތިއުފާ - ދެންވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު