Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ

ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި

ހާދިސާ ހިނގާފައިވަނީ މެންދުރު ފަހު 12:45 ހާއިރު ކަމަށާއި އަނިޔާ ލިބުނު އަންހެން މީހާ ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ

އަލީ ޝާހީން
އަލީ ޝާހީން | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 12:04
ފުލުހުން މަގުމަތި ބަލަހައްޓަނީ (ފައިލް ފޮޓޯ)

ފުލުހުން މަގުމަތި ބަލަހައްޓަނީ (ފައިލް ފޮޓޯ)

ހުޅުމާލޭގެ ފިހާރައެއްގައި މަސައްކަތްކުރަމުންދިޔަ 21 އަހަރުގެ އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މެންދުރު ފަހު 12:45 ހާއިރުއެވެ. އަނިޔާ ލިބުނު އަންހެން މީހާއަކީ ނޭޕާލަށް ނިސްބަތްވާ މީހެއް ކަމަށާއި، އޭނާ މަސައްކަތް ކުރަމުން ދިޔައީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ފިހާރައެއްގައި ކަމަށް ފުލުހުން ހާމަކުރިއެވެ.

Advertisement - newsAdvertisement

ހަމަލާ ލިބުނު އަންހެން މީހާ ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް، އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ހޮސްޕިޓަލުން މިހާތަނަށް ހާމަ ނުކުރި ނަމަވެސް އެ އަންހެން މީހާ މިހާރު ސްޓޭބަލް ކަމަށް މައުލޫމާތު ލިބެ އެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާކަމަށެވެ.

މި ފަހަކަށް އައިސް މިކަހަލަ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެ އެވެ. މީގެ ދެ ހަފުތާއެއް ކުރިން މާލޭގެ މަޖީދީމަގުގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، މިދިޔަ މަހުގެ ފަހުކޮޅު ސޯސަންމަގުގައި ވެސް މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވެއެވެ.

ހުޅުމާލެނޭޕާލްމޯލްޑިވްސް ޕޮލިސް ސަރވިސްމާލެއަނިޔާވެރި ހަމަލާހުޅުމާލެ ހޮސްޕިޓަލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
09 ޑިސެމްބަރު 2025

ދިވެހި ފިރިހެނަކު "ހައިޟު ވެގެން" ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް ސެޓްފިކެޓް ހަދައިދީފި

09 ޑިސެމްބަރު 2025
ދިވެހި ފިރިހެނަކު "ހައިޟު ވެގެން" ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް ސެޓްފިކެޓް ހަދައިދީފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު