Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނޭޕާލް

ޖެން-ޒީ ލީޑަރުންގެ ރުހުމާ އެކު ނޭޕާލުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރު ކަމަށް ގެނެސްފި

ކޮރަޕްޝަނާ ދެކޮޅު ހިނގި ވަރުގަދަ މުޒާހަރާތަކަކަށްފަހު، ނޭޕާލްގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާރކީ އެ ޤައުމުގެ ފުރަތަމަ އަންހެން ވެރިޔާގެ ގޮތުގައި ބޮޑުވަޒީރު ކަމަށް ވަނީ އިސްކޮށްފައެވެ. ސޯޝަލް މީޑިއާ މަނާކުރުމާ ގުޅިގެން ފެށުނު މުޒާހަރާތަކުގައި 50 އަކަށްވުރެ ގިނަ މީހުން މަރުވެ، އަލިފާނުގެ ހާދިސާތަކާއެކު މިއީ އެ ޤައުމުގައި ފާއިތުވި އަހަރުތަކުގައި ދިމާވި އެންމެ ނުރައްކާތެރި ހަމަނުޖެހުމަށް ވެގެން ދިޔައެވެ.

ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2025 | ހުކުރު 17:40
ޝުޝިލާ ކާރކީ އަކީ ސާފު އިމޭޖެއް އޮތް މީހެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ

ޝުޝިލާ ކާރކީ އަކީ ސާފު އިމޭޖެއް އޮތް މީހެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ

ކޮރަޕްޝަނާ ދެކޮޅަށް ހިނގި މުޒާހަރާތަކުން ސަރުކާރު ވައްޓާލުމާ ގުޅިގެން، ނޭޕާލްގެ ކުރީގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާރކީ، އެ ޤައުމުގެ ވަގުތީ ބޮޑުވަޒީރު ކަމަށް އައްޔަން ކޮށްފިއެވެ.

73 އަހަރުގެ ކާރކީ، ކުރު ރަސްމިއްޔާތެއްގައި ވަނީ މަގާމުގެ ހުވައި ކުރައްވާފައެވެ.

ހިމާލަޔަން ސަރަހައްދުގައި އޮންނަ ނޭޕާލުގައި މިދިޔަ ހަފްތާގައި ހިނގި މުޒާހަރާތަކުގައި ރައިޓް ފުލުހުންގެ ހަމަލާތަކުގައި 50 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މި މުޒާހަރާތައް ފެށުނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާކުރުމާ ގުޅިގެންނެވެ. ފަހުން މި މަނާކުރުން ނިމުމަކަށް ގެނެވުނު ނަމަވެސް، އޭގެ ކުރިން މުޒާހަރާތައް ވަނީ ބޮޑު ހަރަކާތަކަށް ބަދަލުވެފައެވެ. އަންގާރަ ދުވަހު ރުޅިގަދަވެފައިވާ މުޒާހަރާތަކުގެ ބައިވެރިން ވަނީ ޕާލިމެންޓާއި ސަރުކާރުގެ އިމާރާތްތަކަށް އަލިފާން ޖަހާފައެވެ. މިކަމާ ގުޅިގެން ބޮޑުވަޒީރު ކޭޕީ ޝަރމާ އޯލީ އިސްތިއުފާ ދެއްވިއެވެ.

ހުކުރު ދުވަހުގެ ކުރީކޮޅު، ރައީސް ރާމް ޗަންދްރާ ޕައުޑެލް އާއި މުޒާހަރާގެ ލީޑަރުންނާ ދެމެދު އެއްބަސްވުމަކަށް އާދެވުނީ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރުމަށްފަހުގައެވެ. ޤާނޫނީ މާހިރުން ވެސް މަޝްވަރާތަކުގައި ބައިވެރިވިއެވެ.

ވަގުތީ ބޮޑުވަޒީރަށް ޕާލިމެންޓް އަވަހަށް އުވާލައި، 6 މަސްދުވަހުގެ ތެރޭގައި އާންމު އިންތިޚާބު ބޭއްވުމަށް ވަނީ ހަވާލުކުރެވިފައެވެ. ކާރކީ އަކީ ސާފު އިމޭޖެއް އޮތް ބޭފުޅެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ބެލެވެއެވެ. އަދި "ޖެން ޒީ" ގެ ލީޑަރުން ވަގުތީ ސަރުކާރުގެ ވެރިޔަކަށް އޭނާއަށް ތާއީދުކުރެއެވެ.

އަންގާރަ ދުވަހު، ވަގުތީ ބޮޑު ވަޒީރު ވަނީ ކަތުމަންޑޫގައި މުޒާހަރާ ތައް ހިނގި ސަރަޙައްދަށް ޒިޔާރަތްކުރައްވާފައެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ޒަޚަމްވި ބައެއް މީހުންނާވެސް ބައްދަލުކުރެއްވިއެވެ.

ގާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތް ފެއްޓެވި ކާރކީ 2016 ގައި ނޭޕާލްގެ އުއްތަމަ ފަނޑިޔާރުކަމަށް ވަޑައިގަތުމުގައި ފިރިކަލުންގެ އެހީތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކާރކީ އުއްތަމަ ފަނޑިޔާރުކަމުގެ 11 މަސްދުވަހުގެ ދައުރުގައި އިތުބާރުނެތް ކަމުގެ މައްސަލައަކާ ވެސް ކުރިމަތިލާން ޖެހިވަޑައިގެންނެވިއެވެ.

ނޭޕާލްގެ އަސްކަރިއްޔާ އިން ވަނީ ކަތުމަންޑޫގެ މަގުތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމާ ހަވާލުވެފައެވެ.

ސަރުކާރާ ދެކޮޅު މުޒާހަރާތައް ފެށުނީ ސަރުކާރުން ވަޓްސްއެޕް، އިންސްޓަގްރާމް އަދި ފޭސްބުކް ހިމެނޭ 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ. ނަމަވެސް މިކަން ފަހުން ބަދަލުވެގެން ދިޔައީ ނޭޕާލްގެ ސިޔާސީ އިސްވެރިންނާ ދޭތެރޭ އޮތް ފުން ނުރުހުމަކަށެވެ.

ސޯޝަލްމީޑިއާ މަނާ ކުރުމުގެ ކުރިން ހަފްތާތަކެއް ވަންދެން، ސިޔާސީ ވެރިންގެ ދަރިންގެ ޚަރަދުބޮޑު ދިރިއުޅުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ފާހަގަކުރާ "ނެޕޯ ކިޑް" ކެމްޕޭނެއް ސޯޝަލް މީޑިއާގައި ފެތުރެމުން ގޮސްފައިވެއެވެ.

މަސްދަރު: ބީބީސީ

ސުޝިލާ ކާރކީނޭޕާލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!

ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!

05 ޑިސެމްބަރު 2025
ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި

ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި

27 ސެޕްޓެމްބަރު 2025
ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ ޖެން-ޒީން ގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ

ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ ޖެން-ޒީން ގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ

14 ސެޕްޓެމްބަރު 2025
ކަރަޕްޝަން އާ ދެކޮޅަށް ނޭޕާލްގެ ޒުވާނުން ކުރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުގެ އިސްތިއުފާ - ދެންވާނީ ކިހިނެއް؟

ކަރަޕްޝަން އާ ދެކޮޅަށް ނޭޕާލްގެ ޒުވާނުން ކުރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުގެ އިސްތިއުފާ - ދެންވާނީ ކިހިނެއް؟

10 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު