Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނޭޕާލް

ސަރުކާރު މަސައްކަތް ކުރަން ޖެހޭނީ ޖެން-ޒީން ގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ

"ކޮރަޕްޝަނާ ދެކޮޅު މުޒާހަރާތަކުގައި 70 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން، ނޭޕާލްގެ ސަރުކާރު ވައްޓާލެވި އިންޓަރިމް ބޮޑުވަޒީރެއްގެ ގޮތުގައި ސުޝީލާ ކާރކީ އައްޔަނު ކުރެވުނު އިރު އޭނާ ވިދާޅުވީ ޖެން ޒީން ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2025 | އާދީއްތަ 12:43
ކާރކީ އަކީ ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރެއްގެ އިތުރުން ނޭޕާލްގެ ލީޑަރުކަން ކުރައްވާ ފުރަތަމަ އަންހެން ބޭފުޅާ

ކާރކީ އަކީ ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރެއްގެ އިތުރުން ނޭޕާލްގެ ލީޑަރުކަން ކުރައްވާ ފުރަތަމަ އަންހެން ބޭފުޅާ | ރޮއިޓާސް

ނޭޕާލުގެ އައު ސަރުކާރު މަސައްކަތް ކުރާނީ ޖެން-ޒީންގެ ވިސްނުމާ އެއްގޮތައް ކަމަށް ނޭޕާލުގެ އައު ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.

ނޭޕާލްގެ އައު ވަގުތީ ބޮޑުވަޒީރު އެމަޤާމުގައި 6 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ނުހުންނަވާނެ ކަމަށް ވެސް އޭނޭ ވިދާޅުވިއެވެ.

ހުކުރު ދުވަހު ހުވާކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ސުޝީލާ ކާރކީ ވިދާޅުވީ އޭނާ އެ މަގަމާ ހަވާލުވީ މަގާމު ބޭނުންވެގެން ނޫން ކަމަށާއި، އެހެން ނަމަވެސް ގިނަ ބަޔަކު އެކަމަށް އެދުމުން މަގާމާ ހަވާލުވާން މަޖުބޫރިވީ ކަމުަގައެވެ.

އަންނަ އަހަރުގެ މާރޗް 5 ގައި ބޭއްވޭ އިންތިޚާބަށްފަހު އުފެދޭ އައު ސަރުކާރާ ބާރުތައް ހަވާލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮރަޕްޝަނާ ދެކޮޅު މުޒާހަރާތަކުގައި 70 އަށްވުރެ ގިނަ މީހުން މަރުވެ، ނޭޕާލްގެ ސަރުކާރު ވައްޓާލުމަށްފަހު ކާރކީ ވަނީ ބޮޑު ވަޒީރު ކަމަށް އައްޔަން ކޮށްފައެވެ.

އޭނާ މަގާމަށް ހަމަޖެއްސީ މުޒާހަރާތައް އިންތިޒާމު ކުރި "ޖެން ޒީ" ގެ އިސް ފަރާތްތަކާއެކު އެއްބަސްވުމަކަށް އައުމަށްފަހުގައެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ ޖެން ޒީ ޖީލުގެ ވިސްނުމާ އެއްގޮތަށް" އޭނާ ވިދާޅުވިއެވެ. "މިގްރޫޕުން އެދެނީ ކޮރަޕްޝަން ނައްތާލުމާއި، ހެޔޮ ވެރިކަމަކާއި، އިޤްތިޞާދީ ހަމަހަމަ ކަމެވެ." އޭނާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ނޭޕާލުގައި މަނާކުރުމާ ގުޅިގެން މުޒާހަރާތައް ސެޕްޓެމްބަރ 8 ގައި ފެށި، ދެ ދުވަހުގެ ތެރޭގައި ހަމަނުޖެހުމާއި އަނިޔާވެރިކަމަށް ބަދަލުވެ، ސިޔާސީ އިސް ފަރާތްތަކުގެ ގެތަކަށް ގެއްލުންދީ، ޕާލިމެންޓް އަންދާލެވުނެވެ. އޮފިޝަލުން ބުނާ ގޮތުގައި މުޒާހަރާގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު 72 އަށް އަރާފައިވެއެވެ. މީގެ ތެރޭގައި 3 ފުލުހުން ހިމެނެއެވެ.

ކުރީގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކާރކީ އަކީ ސާފު އިމޭޖެއް އޮތް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރުކަމުގެ 11 މަސްދުވަހުގެ ދައުރުގައި އިތުބާރުނެތް ކަމުގެ މައްސަލައަކާ އޭނާ ކުރިމަތިލައްވަން ޖެހުނެވެ.

ކާރކީ ގެ ވަގުތީ ސަރުކާރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި ޤާނޫނީ ހަމަތައް އަލުން ޤާއިމުކުރުމާއި، ހަމަލާދެވުނު ޕާލިމެންޓާއި އެހެނިހެން މުހިންމު އިމާރާތްތައް އަލުން އިމާރާތްކުރުމާއި، ބަދަލު ގެންނަން ބޭނުންވާ ޖެން ޒީ މުޒާހަރާކުރި ފަރާތްތައް ރުއްސުމާއި، ޑިމޮކްރަސީއާއި ޤާނޫނީ ނިޒާމު ނެތިދާނެ ކަމަށް ބިރުގަންނަ އެހެން ނޭޕާލީންނަށް ޔަޤީންކަން ދިނުން ހިމެނެއެވެ.

ސުޝިލާ ކާރކީނޭޕާލްޖެން ޒީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ 21 އަހަރުގެ އަންހެނެއް ހައްޔަރު ކޮށްފި

16 ފެބުރުއަރީ 2026
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!

ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!

05 ޑިސެމްބަރު 2025
ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

27 ސެޕްޓެމްބަރު 2025
ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި

ހުޅުމާލޭގައި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު