Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާރާމާރީ

ހުޅުމާލޭގައި އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ފިހާރައެއްގައި މަސައްކަތްކުރި 21 އަހަރުގެ ނޭޕާލް އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 20:43
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން

ހުޅުމާލޭގެ ފިހާރައެއްގައި މަސައްކަތްކުރަމުންދިޔަ 21 އަހަރުގެ އަންހެނެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާ ދިން ހާދިސާއާ ގުޅިގެން ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު މެންދުރު ފަހު 12:45 ހާއިރުއެވެ. އެނގިފައިވާ ގޮތުގައި ވަޅިން ހަމަލާ ދިނީ އަންހެން މީހާގެ ކަރަށެވެ. ނަމަވެސް ފަރުވާ ދިނުމަށްފަހު މިހާރު އެ އަންހެން މީހާ ދޫކޮށްލާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

Advertisement - newsAdvertisement

އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ބަންގްލްދޭޝްއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޖަހަންގިރް މިއާ ކިޔާ މީހެކެވެ. އޭނާ ހައްޔަރު ކުރީ ސީސީޓީވީ ފުޓޭޖުންނާއި އެހެނިހެން ގޮތްގޮތުން ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުންޏެވެ.

ޖަހަންގިރް ހައްޔަރު ކުރީ ފުލުހުންގެ ތަހުގީގަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އޭނާ ހުރިތަން ލޮކޭޓު ކޮށްގެން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރު ކުރީ ހޮނިހިރު ދުވަހު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހިން ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އަނިޔާވީ އުމުރުން 21 އަހަރުގެ ނޭޕާލް އަންހެނަކަށެވެ. އޭނާއަށް ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުންނެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހުޅުމާލެޖަހަންގިރް މިއާބަންގްލަދޭޝްނޭޕާލްހުޅުމާލެ ހޮސްޕިޓަލްކޯރާޑިއަކުން ހަމަލާދިނުންމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
09 ޑިސެމްބަރު 2025

ދިވެހި ފިރިހެނަކު "ހައިޟު ވެގެން" ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް ސެޓްފިކެޓް ހަދައިދީފި

09 ޑިސެމްބަރު 2025
ދިވެހި ފިރިހެނަކު "ހައިޟު ވެގެން" ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް ސެޓްފިކެޓް ހަދައިދީފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު