Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުގެ އަނިޔާ

އިސްރާއީލުގެ އަނިޔާތައް ކުށްވެރިކޮށް އިނގިރޭސިވިލާތުގައި އިހުތިޖާޖު ކުރަނީ

އިސްރާއީލުގެ ހަމަލާތަކުގައި 600ށް ވުރެ ގިނަ މުސްލިމުނަށް ވަނީ އަނިޔާވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 12 މެއި 2021 | ބުދަ 03:29
އިނގިރޭސިވިލާތުގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހުން ހަރަކާތްތެރިވަނީ

އިނގިރޭސިވިލާތުގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހުން ހަރަކާތްތެރިވަނީ

އިސްރާއީލުގެން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އިނގިރޭސިވިލާތުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ފަލަސްތީން ފޯރަމް އަދި އެނޫން ޖަމިއްޔާތައް ގުޅިގެން ބާއްވާ އިހުތިޖާޖުތައް އިނގިރޭސިވިލާތުގެ މެންޗެސްޓާ އަދި ލަންޑަންގައި ކުރަމުންދާއިރު، އެތައް ހާސް ބަޔަކު މި އިހުތިޖާޖުތަކުގައި ބައިވެރިވެ އަނިޔާތަކާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ.

މުޒާހަރާގައި ބައިވެރިވި މީހުން ބުނެފައިވަނީ އިނގިރޭސިވިލާތުގެ މުސްލިމުން އަދި އިންސާނިއްޔަތަށް ލޯބި ކުރާ ރައްޔިތުން ތިބީ ފަލަސްތީނުގެ މުސްލިމުންނާއެކުގައި ކަމަށާއި، އިސްރާއީލުގެ ޔަހޫދީން ހިންގަމުން އަންނަނީ ލާއިންސާނީ އަމަލުތަކެއް ކަމަށެވެ. މިކަންކަން ބެލުމަށް ދުނިޔޭގެ ބޮޑެތި ބާރުތައް ނުކުޅެދިފައިވާ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް 1948 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ލިބެމުންދާ ދުއްތުރާތަކުން މިންޖު ކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރަށް ގޮވާލާ ކަމަށެވެ.

މި އިހުތިޖާޖުގެ ބައިވެރިން ވަނީ މަސްޖިދުލްއަގްސާއަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އިނގިރޭސި ސަރުކާރަށް ގޮވާލައިފައެވެ. އިސްރާއީލު ކުންފުނިތައް ބޮއިކަޓް ކުރުމަށާއި، އަނިޔާވެރިން އިނގިރޭސިވިލާތަށް އެރުން މަނާ ކުރުމަށް ވެސް ވަނީ ގޮވާލައިފައެވެ.

ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 600ށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި އޭގެ ތެރެއިން 100ށް ވުރެ ގިނަ މީހުނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އަނިޔާވި މީހުންގެ ތެރޭގައި ކުޑަ ކުދިންވެސް ހިމެނެއެވެ.

މަސްޖިދުލްއަގްސާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ހަމާސް ޖަމާއަތުން ވަނީ ބަދަލު ހިފުމުގެ ގޮތުން، އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާފައެވެ. މި ހަމަލާތަކަކީ ހޯމަ ދުވަހުގެ އިރުއޮއްސި 6 ޖެހުމުގެ ކުރިން މަސްޖިދުލްއަގްސާގެ ގޯތި ތެރެއިންނާއި ޝެއިޚްޖައްރާހުން އިސްރާއީލްގެ ސަލާމަތީ ބާރުތަކުން ފޭބުމަށް މުހުލަތެއް ދިނުމަށްފަހު ދިން ހަމަލާތަކެކެވެ.

އިނގިރޭސިވިލާތްފަލަސްތީންއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
16 ނޮވެމްބަރު 2025

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި
11 ނޮވެމްބަރު 2025

ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި

11 ނޮވެމްބަރު 2025
ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު