Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފުލަމް ރެލިގޭޓް ވެއްޖެ

11 މެއި 2021 | އަންގާރަ 04:31

ސީޒަން ނިމުމުގެ ދެ ހަފުތާ ކުރިން ރެލިގޭޓްވާ ހުރިހާ ޓީމެއް ވަނީ ކަށަވަރުވެފައި

| 11 މެއި 2021 | އަންގާރަ 04:31
ފުލަމް އާއި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން: ފުލަމް މިހާރު ވަނީ ޗެމްޕިއަންޝިޕަށް ރެލިގޭޓް ވެފައި

ފުލަމް އާއި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން: ފުލަމް މިހާރު ވަނީ ޗެމްޕިއަންޝިޕަށް ރެލިގޭޓް ވެފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބާންލީއަތުން ބަލިވުމުގެ ސަބަބުން ފުލަމަށް ރެލިގޭޝަން ޔަގީންވެއްޖެއެވެ.

ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ޑޮމިނޭޓްކޮށްގެން ގިނަ ހަމަލާތައް އުފެއްދީ ފުލަމުން ކަމަށްވިޔަސް ލަނޑު ޖަހައި ދޭއް ސުމަކުން މޮޅުވީ ބާންލީއެވެ. މި ގޯލްތައް ޖަހައިދިނީ ފުރަތަމަ ހާފުގެ ފަހު ފަސް މިނިޓްގެ ތެރޭގައި ވެސްޓްވުޑާއި ވުޑެވެ. މިއީ ތިން ސީޒަނުގެ ތެރޭގައި ފުލަމް ރެލިގޭޓްވި ދެވަނަ ފަހަރެވެ.

ސީޒަނުގައި ކޮންމެ ބަޔަކަށްވެސް އަދި ބާކީ ތިން މެޗު އެބައޮތެވެ. ޕްރިމިއާ ލީގުގެ ތާރީޚުގައިވެސް މިފަހަރު ނޫނީ މިއަދަދަށް ބާކީ ހުއްޓައި ރެލިގޭޓްވާ ތިން ޓީމު ކަށަވަރެއް ނުވެއެވެ. ފުލަމްގެ އިތުރަށް ދެން ރެލިގޭޓް ވެފައިވަނީ ވެސްޓް ބްރޮމާއި ޝެފީލްޑް ޔުނައިޓެޑެވެ.

އަނެއްކޮޅުން ނޮރިޗް ސިޓީއަށް ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް ޕްރޮމޯޝަން ވަނީ ކަށަވަރުވެފައެވެ. އެ ޓީމު ޕްރިމިއާ ލީގަށް މިއަންނަނީ އެއް ސީޒަނުގެ މެދުކެނޑުމަކަށް ފަހުގައެވެ. ދެން ޕްރިމިއާ ލީގަށް ޗެޕްޕިއަންޝިޕުން އަންނާނެ ދެ ޓީމުކަމަށް ބޮޑަށް ބެލެވެނީ ވޮޓްފަޑާއި ބްރެންޓްފަޑެވެ. ޗެމްޕިއަންޝިޕަކީ އިނގިރޭސިވިލާތުގެ ދެވަނަ ޑިވިޝަނެވެ.

ރެލިގޭޝަން ކަށަވަރުވުމާ ގުޅިގެން ފުލަމްގެ ޒުވާން ކޯޗު ސްކޮޓް ޕާކާ ބުނީ ހިތާމަ ފާޅުކުރުން ފިޔަވައި ދެން ބުނެވޭނެ އެއްޗެއް އަދި ދައްކަންވީ ވާހަކައެއް ނެތް ކަމަށެވެ. ކުރިއަށް އޮތީ އަލުން ޕްރިމިއާ ލީގަށް އައުމަށް ރާވަންޖެހޭ ރޭވުންތަކުގެ ދައުރު ކަމަށްވެސް ބުންޏެވެ.

ރެލިގޭޓްވާ ހުރިހާ ޓީމެއް ކަށަވަރުވުމުން ރެލިގޭޝަން ޒޯނާ ގާތުގައިވާ އެހެން ޓީމުތަކަށް މިހާރު އެއްވެސް ޕްރެޝަރެއް ނެތެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭ ސައުތްހެމްޓަނާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރާ މެޗުގެ މުހިންމުކަންވެސް މިހާރު ވަނީ ކުޑަވެފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅޭ ދެ މެޗުގެ ތެރެއިން އެންމެ ފޯރިގަދަ މެޗަކަށް ވާނީ ތާވަލުގެ ދެވަނައިގައިވާ މެންޗެސްޓާ ޔުނައިޓެޑާއި ހަތަރުވަނައިގައިވާ ލެސްޓާ ސިޓީގެ މެޗެވެ. މިއީ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިގެން ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށްޓަކައި ކޮންމެހެންވެސް ލެސްޓާއަށް މުހިއްމު މެޗެކެވެ. މެޗު ފަށާނީ ޔުނައިޓެޑުގެ ދަނޑުގައި މާލޭގަޑިން ރޭގަނޑު ދިހައެއް ޖަހާއިރުއެވެ. މި މެޗުން ޔުނައިޓެޑް މޮޅުނުވެއްޖެނަމަ، މެންޗެސްޓާ ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.

ޕްރިމިއަރ ލީގު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް