Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގުގެ ފައިނަލް

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ޕޯޗުގަލުގައި ކުޅުމުގެ ފުރުސަތު

10 މެއި 2021 | ހޯމަ 23:23

ފައިނަލް މެޗު އިންގްލެންޑަށް ބަދަލުކުރުމުގެ ފުރުސަތުވެސް އެބައޮތް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 މެއި 2021 | ހޯމަ 23:23
ޔުއެފާ ޗެމްޕިއަންސް ލީގުގެ ޓްރޮފީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޓްރޮފީ

ތުރުކީގެ އިސްތަންބޫލުގައި ކުޅެން ހަމަޖެހިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ހޯސްޓްކުރަން ޕޯޗުގަލުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުވެސް އެންމެ ފުރަތަމަ ކުޅެން ހަމަޖެއްސީ އިސްތަންބޫލުގައެވެ. އެކަމަކު އޭރު ކޮވިޑް-19 ގެ ހާލަތު މުޅި ދުނިޔޭގައިވެސް ވަރަށް ބޮޑަށް ގޯސްކޮށް އޮތުމުން، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހަމައިން ފަށައިގެން މެޗުތައް ކުޅެފައިވަނީ ސެންޓްރަލައިޒްކޮށްގެން ޕޯޗުގަލުގެ ލިޒްބަންގައެވެ.

އެއާއެކު މި ސީޒަނުގެ ފައިނަލް މެޗު އިސްތަންބޫލުގައި ކުޅެން ޔުއެފާއިން ނިންމި ނަމަވެސް، އިސްތަންބޫލުގައި ކޮވިޑުގެ ހާލަތު ދާދި ފަހުން ވަނީ ގޯސްވެފައެވެ. މި މަހު 29 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ވާދަކުރަން އޮތީ އިންގްލެންޑުގެ ދެ ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ޗެލްސީއެވެ. ގިނަ ގައުމުތަކުން ތުރުކީއަށް ދަތުރު ކުރުމުގައި ސަމާލުވާން އަންގާފައިވާއިރު، އިނގިރޭސިވިލާތުންވެސް ވަނީ ތުރުކީއަށް ދަތުރުކުރުމުގައި ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައެވެ.

އެހެންކަމުން މި މެޗު އިސްތަންބޫލުގައި ނުކުޅޭނެ ކަމަށް ރިޕޯޓުތައް ބުނިއިރު، ދާދި ފަހުން ޕޯޗުގަލުން ވަނީ މި މެޗު ހޯސްޓްކުރަން ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިނގިރޭސި ދެ ޓީމު ވާދަކުރާތީ، އެ ގައުމުގެ ސަރުކާރުން އަންނަނީ މި މެޗު އިންގްލެންޑުގައި ކުޅެން މަސައްކަތްކުރަމުންނެވެ. އެހެންކަމުން މި މެޗު ކުޅުން އެންމެ ގާތީ އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީ އާއި ޗެލްސީ ބައްދަލުކުރާއިރު، މުބާރާތުގެ ފައިނަލަށް ސިޓީ ދަތުރުކުރީ ސެމީ ފައިނަލުން ޕީއެސްޖީ ކަޓުވާލުމަށްފަހުއެވެ. އަދި މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކުރީ ސެމީން މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހުއެވެ.

ޗެމްޕިއަންސް ލީގު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
08 މެއި 2024

51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް

08 މެއި 2024
51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް
08 މެއި 2024

11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް

08 މެއި 2024
11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް
07 މެއި 2024

މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް

07 މެއި 2024
މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް
01 މެއި 2024

ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން

01 މެއި 2024
ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން
29 އެޕްރީލު 2024

ރެއާލް މެޑްރިޑަށް ބަޔާނަކީ ނުރައްކާތެރި ޓީމެއް: އެންޗެލޯޓީ

29 އެޕްރީލު 2024
ރެއާލް މެޑްރިޑަށް ބަޔާނަކީ ނުރައްކާތެރި ޓީމެއް: އެންޗެލޯޓީ
11 އެޕްރީލު 2024

ބާސެލޯނާ އަތުން ބަލިވުމަކީ ބޮޑު ދެރައެއް: އެންރީކޭ

11 އެޕްރީލު 2024
ބާސެލޯނާ އަތުން ބަލިވުމަކީ ބޮޑު ދެރައެއް: އެންރީކޭ
11 އެޕްރީލު 2024

އަހަރުމެން ވަރަށް ރަނގަޅަށް އެމްބާޕޭ ހިފަހައްޓާލިން: ޒަވީ

11 އެޕްރީލު 2024
އަހަރުމެން ވަރަށް ރަނގަޅަށް އެމްބާޕޭ ހިފަހައްޓާލިން: ޒަވީ
10 އެޕްރީލު 2024

ގަދަ އަށެއްގައި އޮތް އެންމެ އުނދަގޫ ޓީމަކީ ޑޯޓްމުންޑް: ސިމިއޯނީ

10 އެޕްރީލު 2024
ގަދަ އަށެއްގައި އޮތް އެންމެ އުނދަގޫ ޓީމަކީ ޑޯޓްމުންޑް: ސިމިއޯނީ
10 އެޕްރީލު 2024

ހަރުކަށި ޖަމާއަތްތަކުގެ އިންޒާރާއެކު ޗެމްޕިއަންސް ލީގުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

10 އެޕްރީލު 2024
ހަރުކަށި ޖަމާއަތްތަކުގެ އިންޒާރާއެކު ޗެމްޕިއަންސް ލީގުގެ ސެކިއުރިޓީ ވަރުގަދަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް