Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެމްޕިއަންސް ލީގް

ހަރުކަށި ޖަމާއަތްތަކުގެ އިންޒާރާއެކު ޗެމްޕިއަންސް ލީގުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

މިފަދަ އިންޒާރުތަކަކީ ބިރުވެރިކަން އުފައްދަން ހިންގާ ޕްރޮޕެގަންޑާ ހަރަކާތެއް: މެޑްރިޑްގެ އެކްޓިން މޭޔަރު

ރާއްޖެ އެމްވީ | 10 އެޕްރީލު 2024 | ބުދަ 03:04
ޕީއެސްޖީގެ ދަނޑު ބޭރުގައި ފުލުހުން ފޯރިމަރަނީ

ޕީއެސްޖީގެ ދަނޑު ބޭރުގައި ފުލުހުން ފޯރިމަރަނީ

އިސްލާމިކް ސްޓޭޓްގެ ނަން ދީފައިވާ ހަރުކަށި ޖަމާއަތަކުން ޗެމްޕިއަންސް ލީގު ގަދަ އަށެއްގެ މެޗުތައް ކުޅޭ ސްޓޭޑިއަމްތަކުގެ ފޮޓޯ އާއްމު ކުރުމާއެކު މުބާރާތުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި އެވެ.

އިސްލާމިކް ސްޓޭޓް ޗެނަލުން ފޮޓޯ އާއްމުކުރީ ހަތަރު ދަނޑެއްގެ ފޮޓޯ އެވެ. އެއީ ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމާއި ސްޕޭނުގެ ސެންތިއާގޯ ބާނަބައު އާއި މެޓްރޯޕޮލިތާން އާއި ފްރާންސްގެ ޕީއެސްޖީގެ ދަނޑެވެ. ނަމަވެސް އިސްލާމިކް ސްޓޭޓް ޖަމާއަތާއި މި ޗެނަލާއި ރަސްމީ ހައިސިއްޔަތުން ގުޅިފައިނުވެ އެވެ. އެ ޖަމާއަތުން ބުނެފައިވަނީ މިއީ ސަޕޯޓަރުން ހިންގާ ޗެނަލެއް ކަމަށެވެ.

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން ބުނީ މި ފަދަ އިންޒާރެއް ލިބުނު ނަމަވެސް މެޗުތައް ޝެޑިއުލާއެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް މިއާއެކު ފްރާންސާއި ސްޕޭން އަދި އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އެ ދެ ގައުމުގައި ކުޅޭ މެޗުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.

ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ޖެރަލްޑް ޑަރްމައިން ވިދާޅުވީ ފްރާންސްގެ ޕީއެސްޖީ އާއި ސްޕޭނުގެ ބާސެލޯނާ އެ އޭނާގެ ގައުމުގައި ކުޅޭ މެޗަށް ސެކިއުރިޓީގެ ކަންކަން ކުރިއަށްވުރެ ހަރުދަނާކޮށްފައިވާނެ ކަމަށެވެ.

ސްޕޭނުގެ ކުޅިވަރާ ބެހޭ ވަޒީރު ޕިލާ އަލެގްރިއާ ވިދާޅުވީ ރޭ އެ ގައުމުގައި ރެއާލް މެޑްރިޑާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ކުޅުނު މެޗުގެ ސަލާމަތީ ކަންކަން ބަލަހައްޓަން 2000ވުރެ ގިނަ ފުލުހުންނާއި ސިވިލް ގާޑުން ނެރުނު ކަމަށެވެ. މިހެންވެ މަސްރަހު އޮތީ އަމާންކޮށް ކަމަށެވެ.

މެޑްރިޑްގެ އެކްޓިން މޭޔަރު އިމަކުލާޑާ ސާންޒް ސްޕޭނުގެ މީޑިއާތަކަށް އިންޓަވިއު ދެއްވަމުން ވިދާޅުވީ ޓެރަރިސްޓް އެޓޭކެއް ދީފާނެ ކަމުގެ އިންޒާރާއެކު ރިސްކް ލެވަލް ފަހަކުން ހަތަރަށް މަތިކުރި ނަމަވެސް ކަންބޮޑުވާންވީ ކަމެއް ނެތް ކަމަށެވެ.

ނަމަވެސް ޔޫރަޕުގެ ގައުމުތަކުން މިކަމާމެދު ސީރިއަސްކޮށް ވިސްނަނީ ހުސްވި މަހު ރަޝިޔާގެ މޮސްކޯގެ އިވެންޓެއް ބޭއްވި ހޯލަކަށް ކޮންބައެއްކަން ނޭނގޭ ބަޔަކު ހަމަލާދިނުމާ ގުޅިގެންނެވެ.

ޗެމްޕިއަންސް ލީގު

ކޮމެންޓް

އިތުރަށް ކިޔާލަން

  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް

51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް

08 މެއި 2024
11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް

11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް

08 މެއި 2024
މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް

މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް

07 މެއި 2024
ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން

ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން

01 މެއި 2024

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު